ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރާޣިބު ތިނަދޫ ރިޖަނަލް ހޮސްޕިޓަލަށް ފުރުވާލުމަށްޓަކައި ބަޔަކު ޖެޓީ މަތީގައި މަޑުކޮށްލައިގެން

މި އެކްސިޑެންޓްގައި އެންމެބޮޑަށް އަނިޔާވި ގައްދޫ ކޯޓުގެ މެޖިސްޓްރޭޓްވަނީ އިމަރޖެންސީގައި ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި

މިއަދު ހެދުނު 11:15 އެހާކަންހާ އިރު ގައްދޫ ކާރުނޭޝަން މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ. މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާ ވެފައިވަނީ ސައިކަލް ދުއްވަން އިން ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހަންމަދު ރާއިބު އަށް ކަމަށް ޚަބަރު ލިބިފައިވެއެވެ.

ހާދިސާ އެންމެ ކައިރިން ދުށް އެކަކު ކަމުގައިވާ ގދ. ގައްދޫ ކާށިދޫގޭ ޚަދީޖާ ވިދާޅުވިގޮތުގައި އެކްސިޑެންޓް ހިނގިވަގުތު އޭނާ ހުރީ އެމަގުގައި ހުރި އާން ޝޮޕް ފިހާރަ ކައިރީގައިކަމަށާއި އެވަގުތު މަގުގެ ދެކުނުން އުތުރަށް ވަރަށްބާރަށް ބައިސްކަލެއް އައިސް އޭނައާއި ވަރަށް ކައިރިން ދިޔަކަމަށެވެ. އަދި އެމަގުގެ އުތުރުން ދެކުނަށް އަންނަ ސައިކަލެއްގެ އަޑުވެސް އިވުނުކަމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަޑުފައްގަނޑެއް އިވިގެން ބަލާލިއިރު ސައިކަލަކާއި ބައިސްކަލް އޮތީ އެކްސީޑެންޓް ވެފައެވެ. "އެއިރު ރާޣބު އާއި ބައިސްކަލުގައި އިންކުއްޖާ (ހުސައިން ނިހާލް ) ވެސް އޮތީ ވެއްޓިފައި. ރާއިބުގެ އަނގައިންނާއި ނޭފަތުން ގިނައިން ލޭއަންނަތަން ފެނުނު. ނިހާލުގެ ވައަތްފަރާތު ކަންފަތް ވަނީ ފެޅިފައި. ރާޣބު ތެދުވަން މަސައްކަތް ކުރި. ނަމަވެސް ތެދުވެވޭ ގޮތެއް ނުވި. ދެން އަވަހަށް ޕިކަޕެއްގެނެސް މަރުކަޒަށް ގެންދިޔައީ. ޚަދީޖާ އިތުރަށް ވިދާޅުވިއެވެ.

މި އެކްސިޑެންޓްވި ދެފަރާތަށް ޖިސްމާނީގޮތުން ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްތޯ ގައްދޫ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެހުންނެވި އަދީލާ ރަޝީދު ގެ ކައިރިން އަހާލުމުން ޑޮކްޓަރާއި ހަވާލާދެއްވާއި އޭނާ ވިދާޅުވިގޮތުގައި ރާޣިބުގެ ފައަތްފަރާތުގެ ބުމައިގެ މަތިން ދޮޅުއިންޗިއެއްހާތަން  ފަޅައިގެންގޮސްފައިވެއެވެ. "ނޭފަތުގެ ކަށިގަނޑު ފަޅައިގެންގޮސް އެތެރެއަށް ލޭފޭބުމުން ނޭފަތުންނާއި ކަރުން ލޭ އަންނަމުންދަނީ. މި އަނިޔާ ލިބިފައިވަނީ މޫނަށް ކަމަށްވާތީ ރާއިބުގެ މޫނުގެ ވައަތްފަރާތް ވަނީ ވަރަށްބޮޑަށް ދުޅަވެފައި. މަރުކަޒަށްގެނައުމާއިއެކު ރާއިބުވަނީ ވަރަށްގިނައިން ހޮޑުވެސް ލާފައި. އެހެންވުމުން ވަރަށް ވަރުދެރެވެފައި އޮތީ. އިތުރު ޓެސްޓް ހެދުމަށް މިހާރު ރާއިބުވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި. އޭގެ އިތުރަށް އެކްސިޑެންޓްވި އަނެއް ކުއްޖާ ކަމަށްވާ ހުސައިން ނިހާލްގެ އެއްކަންފަތް ވަނީ ފަޅައިގެން ގޮސްފައި. އަދިވައަތު މުލަތްދަޑި ދުޅަވެފައި ވޭ. މަރުކަޒުން ފަރުވާދިނުމަށްފަހު ހުސައިން ނިހާލް މިހާރު ވަނީ ގެއަށް ފޮނުވާލެވިފައި." އަދީލާ އިތުރަށް ވިދާޅުވިއެވެ.

މި އެކްސިޑެންޓާއި ބެހޭގޮތުން ޕޮލިހުންގެ ބަހެއްލިބޭތޯ ގުޅާލުމުން ލާންސް ކޯޕަރަލް އަބުދުލް ހަންނާނު ވިދާޅުވީ ހިގަމުންދާ މައްސަލައަކަށް ވާތީ އަދި މިކަމާއި ބެހޭގޮތުން މައުލޫމާތު ދެވެންނެތްކަމަށެވެ. މި އެކްސިޑެންޓާއި ބެހޭ ގޮތުން  އާންމުންގެ ޚިޔާލުވެސް ހޯދާލީމެވެ.  ގިނަ ފަރާތްތަކުން ވިދާޅުވި ގޮތުގައި ހުސައިން ނިހާލަކީ އާންމުކޮށް ވަރަށް ބާރަށް ބައިސްކަލް ދުއްވާ ކުއްޖެއް ކަމަށާއި  ، އަދި ދުއްވާއިރު އޭނާގެ ކަންފަތުގައި އިޔާރ ފޯން ހުންނަކަމަށެވެ  ރާޣިބަކީވެސް އާންމުގޮތެއްގައި ބާރަށް ސައިކަލް ދުއްވާ މީހެއްކަމަށް ގިނަފަރާތްތަކުން ފާހަކުރެއްވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  26 June, 2008 09:10:53
avatar
ބޮޑަށް ލަފާކުރެވެނީ އެއީ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވި ހތާމަވެރި ހާދިސާއެއްކަމަށް
ބަރާބަރު ސަކަރާތް
0
  17 June, 2008 10:59:13
avatar
ހެދިފައި ހުންނަ ގަވާއިދު ތަކަށް ބަލައިގެން ނުއުޅޭތީ ލިބޭ ގެއްލުން ކަމަށް ބެލެވޭ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00