ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ފަންކެފޭގެ ނަމުގައި އިތުރު ކެފޭއެއް ހުޅުވައިފި

ގައްދޫގައި ފަންކެފޭގެ ނަމުގައި އިތުރު ކެފޭއެއް ހުޅުވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ފަން ކެފޭއިން ބަޔަކު ޚިދުމަތް ލިބިގަންނަނީ

މިކެފޭ ތައްޔާރުކޮށްފައިވަނީ ގައްދޫ ނެދުންގޭގައި

މިމަހުގެ ސާދަ ވަނަދުވަހު ގައްދޫ ގައި "ފަންކެފޭ" ގެ ނަމުގައި އިތުރު ކެފޭ އެއް ހުޅުވިއްޖެއެވެ. މިކެފޭއަކީ ޒަމާނާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާ، އަދި ކަސްޓަމަރުންވެސް ހިތްހަމަޖެހޭ ގޮތެއްގައި ބިނާކުރެވިފައިވާ ތަނެއްކަމަށްވެއެވެ. ދެޖިންސްގެ ޒުވާނުންނަށްވެސް ބޭނުންހިފޭ ގޮތަށް ތައްޔާރުކޮށްފައި ވާ މި ކެފޭއިން  އެއްވަގުތެއްގައި 30 މީހުންނަށް ޚިދުމަތްދެވޭ ނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި ކެފޭ އަކީ  ގައްދޫ އަތަގަސްދޮށުގެ އަހުމަދު ޖިނާހު އާއި ގައްދޫ ގައުމާތިގެ އަބުދުﷲ ރަޝީދާ އި ދެމީހުންވެގެން ތައްޔާރު ކޮށްފައިވާ ކެފޭއެކެވެ.

މިދެމީހުންގެ ބުރަމަސައްކަތުން ކުޑަދުވަސްކޮޅެއްގެތެރޭގައި މިފެންވަރުގެ ހޮޓަލެއް ހުޅުވައި ގައްދޫގެ ރައްޔިތުންނަށް ޚިދުމަތްދޭން ފެށިއިރު ގައްދޫގައި މިހާތަނަށް ހިނގަމުންއައި ގީތު ހޮޓަލުގެ އެއްބައި މިހާރުވަނީ ބަންދުކޮށްފައެވެ. ގީތު ހޮޓަލުން ކަސްޓަމަރުންނަށް އެކަށީގެންވާ ގޮތަކަށް ޚިދުމަތް ފޯރުކޮށްނުދެވޭތީ ކަސްޓަމަރުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. "އަހަރެން ބޭނުންއެއްޗެއް އެތާކުން ނުލިބޭ. އަބަދުވެސް އެމީހުންދޭ އެއްޗެއް އަހަރެން ކާންމިޖެހެނީ. އެއްޗެއް ގެނަސްދޭށޭ ބުނެފިއްޔާ ވޭޓަރ އައިސް ބުނަނީ ބޮސް ބުންޏޭ ނެތޭ. މިއީ އެތާގެ ހާލަކީ. ކިހިނެއް އެތަނަށް ދާނީ." ނަންހާމަކުރަން ނޭދޭ ޒުވާނަކު ބުންޏެވެ. ފަންކެފޭގެ ޚިދުމަތްތަކާއި ބެހޭގޮތުން އަހުމަދު ޖިނާހު މުނުއްވާގޮތުގައި މިވަގުތު ކަސްޓަމަރުންނަށް ޚިދުމަތް ދެމުންމިދަނީ ރަށުން ލިބެންހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން ކަމަށާއި،  އެހެންނަމަވެސް ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން އެންމެބޭނުންވާ ފެންވަރަށް ކިދުމަތްދެވޭތޯ މަސައްކަތްކުރާނެކަމަށެވެ. "މިހާރު ފަންކެފޭގައި މަސައްކަތް ކުރަމުން މިދަނީ މުސާރަދޭ ހަތަރު މުއައްޒަފުން. އެއީ ކައުންޓަރުގައި ތިބޭ ދެ އަންހެންކުދިންނާއި، ބަދިގޭ މަސައްކަތްކުރާ ދެމީހުން. އަދި ލަންކާއިން ކައްކާމީހަކު ވަރަށްއަވަހަށް ގެންނާނަން. މިއީވެސް ކަސްޓަމަރުނަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށްޓަކައި ގެނެވޭ މީހެއް." ޖިނާހު ބުނުއްވިއެވެ.

ފަންކެފޭ އާއި ބެހޭގޮތުން ކަސްޓަމަރުން ދެކޭގޮތުގައި މިވީ ކުޑަދުވަސްކޮޅުގެތެރޭގައި ފަންކެފޭގެ ރަހަތަކާއި ޚިދުމަތާއި  ކޮލިޓީ ރަނގަޅުކަމަށެވެ.  މިގޮތަށް ރަހަތަކާއި ޚިދުމަތްތައް އަބަދުވެސް ލިބުމަކީ ކަސްތަމަރުންގެ އުންމީދެކެވެ.   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0