ފުރަތަމަ ސަފްހާ | ޚަބަރު | ގދ.އަތޮޅު މަދަރުސާގައި ގަސް އިންދުމުގެ ޕޮރްގުރާމެއް ބާއްވައިފި

ގދ.އަތޮޅު މަދަރުސާގައި ގަސް އިންދުމުގެ ޕޮރްގުރާމެއް ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގަސް އިންދުމުގެ ޕޮރްގުރާމްގެ ތެރެއިން ޕީޓީއޭގެ މެމްބަރުންކޮޅެއް ހަރަކާތްތެރިވަނީ

މިޕްރޮގްރާމަކީ ކޫއްޑޫ ހަމަތި ކުލަބާއި އަތޮޅުމަދުރަސާގެ ތިމާވެށި ކުލަބު ގުޅިގެން ހިންގި ޕޮރްގުރާމެއް.

   ގދ އަތޮޅު މަދަރުސާގެ ތިމާވެށި ކްލަބާއި ކޫއްޑޫ ހަމަތި ކްލަބް ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ގދ އަތޮޅު މަދަރުސާގެ ތިމާވެށި ޖަމްޢިއްޔާ ސޮސައިޓީ ފޯރ އެންވަޔަރމެންޓަލް އެޑިޔުކޭޝަން (ސީ) އާއި ކޫއްޑޫ ހަމަތި ކްލަބް ގުޅިގެން އިއްޔެ ކުރިޔަށްގެން ދިޔަ މި ޕްރޮގްރާމަކީ މިއަހަރުގެ ގަސްއިންދުމުގެ ދުވަހާއި ގުޅުވައިގެން ހިންގި ޕްރޮގްރާމެކެވެ.  

 މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ހިޔާދޭ ގަސްތަކެއް އާލަކުރުމާއި ރަށްރަށުގެ ތިމާވެށީގެ މާހައުލު އިތުރަށް ފެހި ކުރުމެވެ. ހަމަ އެހެންމެ ތަރައްޤީގެ ގޮތުން ކުރިއަރާފައިވާ ބައެއް ރަށްރަށާއި މިފްކޯއާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީވެސް މި ޕްރޮގްރާމުގެ އެއް މަޤްސަދު ކަމުގައި ހަމަތި ކްލަބުގެ އިސް މެމްބަރަކު ވިދާޅުވިއެވެ.   ހަމަތި ކްލަބާއި "ސީ" ގުޅިގެން ގދ އަތޮޅު މަދަރުސާގެ ގޯތިތެރޭގައިވަނީ ފަންސާހަށްވުރެ ގިނަ ހިޔާދޭ ގަސްތަކެއް އިންދާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އޮފިއެލޭ ގަހާއި ނިކަ ފަދަ ގަސްތައް ހިމެނެއެވެ. 

މި ޕްރޮގްރާމުގައި ސްކޫލުގެ ސީނިޔަރ އެސިސްޓެންޓް ޕްރިންސިޕަލް މިސްޓަރ ފްރެޑްރިކް ސޭމްގެ އިތުރުން ބައެއް ޓީޗަރުންނާއި ޕީޓީއޭގެ މެންބަރުންނާއި ބެލެނެވެރިން ވަނީ ބައިވެރިވެފައެވެ.   މިފްކޯއިން އިސްނަގައިގެން ވަނީ ހުވަދު އަތޮޅުގެ ހަތްރަށެއްގައި 700 އަށްވުރެ ގިނަ ހިޔާދޭ ގަސްތައް އިންދާފައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
4.00