ގައްދޫ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ޓީޗަރަކު ވައްދައިގެން އުޅުނު ހާދިސާ: މައްސަލަ ތަހުގީގް ކުރުމަށްޓަކައި ވަފުދެއް އަތުވެއްޖެ.
މިޓީމް ތަހުގީގް ނިންމާލުމަށްފަހު އިއްޔެވަނީ ފުރައިގެން ގޮސްފައި
ގައްދޫ ޕޮލިސް ސްޓޭޝަނާއި ކުރިން ހަވާލުވެ ހުންނެވި އިންޗާޖް ސަރޖެންޓް މުހައްމަދު ޝިފާއު ގދ. އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކުއްޖަކު އެތަނުގެ ކޮޓަރިއަކަށް ވައްދައިގެން އުޅުނު ހާދިސާ ތަހުގީގް ކުރުމަށްޓަކައި ގައްދުއަށް ތަހުގީގް ޓީމެއް އަތުވެއްޖެއެވެ.
މިތަހުގީގް ޓީމުން ގައްދޫގެ އެކި ފަރާތްތައް ހާޒިރުކޮށް އެފަރާތް ތަކުގެ ބަޔާންތައް ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ބެހޭ ގޮތުން މައުލޫމާތު ސާފް ކޮށްލުމަށްޓަކައި މޯލްޑިވްސް ޕޮލިސްސަރވިސްގެ މީޑިއާ އޮފިޝަލަކާއި ގުޅާލުމުން އެފަރާތުން ވިދާޅުވީ މިމައްސަލައާއި ބެހޭ އިންޓަރނަލް އިންވެސްޓިގޭޝަނެއް ކުރިއަށް އެބަދާކަމަށެވެ.
މީގެ އިތުރަށް މިކަމާއި ދޭތެރޭގައި ބެލެނެވެރިން ދެކޭގޮތް ބަލާލުމައްޓަކައި ބެލެނިވެރިއެއްގެ ޚިޔާލު ހޯދާލުމުން އެފަރާތުން ވިދާޅުވީ މިމައްސަލާގައި ހިމެނޭ އަންހެންކުއްޖާ ވަޒީފާ އަށް ނުކުންނަމުންދާ ކަމަށް ޚަބަރު ލިބޭ ކަމަށާއި އެހެން ކަމުން އަޚްލާގީ ގޮތުން މިހާ ދަށްފެންވަރުގެ އަމަލެއް ހިންގާފައިވާކަމަށް ބެލެވޭ މީހެއް ކުދިންނަށް ކިޔަވައިދެއްވުމަށް އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.
އެހެންކަމުން މިކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށްޓަކައި ގދ. އަތޮޅު މަދަރުސާގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މރ. ފްރެޑްރިކް ސޭމް އަށް ގުޅާލުމުން އޭނާ ވިދާޅުވީ މިމައްސަލައިގެ ތަހުގީގް ކުރިއަށް ދާތީވެ އޭނާ ހަމައެކަނި އޮފީހަށް އައިސް ސޮއިކޮށްލަނީ ކަމަށާއި އެއްވެސް އިތުރު މަސައްކަތެއް އޭނާ އާއި އަދި ހަވާލު ނުކުރައްވާ ކަމަށެވެ.



ކޮމެންޓްސް ފުނުއްވާ