ރކ. ކޮމިޓީގެ ފަރާތުން ގދ. ގަމުގައި ހައްދަމުން އައި ދަނޑު ކުއްޔަށް ދީފި.
ދަނޑުވެރިކަން ކުރުމުގެ ގޮތުން ރކ ކޮމިޓީގެ ފަރާތުން ގދ. ގަމުގައި ހައްދަމުން އައި ދަނޑު ކުއްޔަށްދީފިކަމަށް ޚަބަރު ލިބިއްޖެއެވެ. މި ދަނޑު ކުއްޔަށް ދޭ ގޮތަށް ނިންމީ ކޮމެޓީގެ ފަރާތުން އެމަސައްކަތް ކުރުމަށް ވުރެން ދަނޑު ކުއްޔަށް ދެގޮތަށް ހަމަޖައްސައިފިނަމަ، ދިމާވާ މައްސަލަތައް ކުޑަވެ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ފެންނާތީ ކަމަށް ކޮމިޓީގެ ރައީސް ވިދާޅުވިއެވެ. އަދި މިކަން ކޮމިޓީގެ ފަރާތުން ފެއްޓީ މިމަސައްކަތަށް އާންމުން ޝައުގުވެރި ކުރުމުގެ ބޭނުމުގައި ކަމަށާއި އެހެންކަމުން މިކަން މިހާރު ކާމިޔާބު ވެފައި ވުމުގެ ސަބަބުން ވާދަވެރި ގޮތެއްގައި މިމަސައްކަތް ހުޅުވާލުމަށް ދަނޑު ކުއްޔަށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދަނޑުކުއްޔަށް ދިނުމަށްޓަކައި އިއުލާން ކުރުމުން ދަނޑުގައިވާ ތަކެއްޗަށް އެންމެ ބޮޑު އަގެއް ހުށަހަޅައިފައިވަނީ އަލްފާޟިލް ޒާހިރު އުސްމާނެވެ. އެފަރާތުން ތަކެއްޗަށް ހުށަހަޅާފައިވާ އަގަކީ 7716 ރުފިޔާކަމަށް އެނގިފައިވެއެވެ. އެހެންކަމުން ރޭގައި ބޭއްވި ކޮމިޓީގެ ޖަލްސާއެއްގައި މި ދަނޑުވަނީ އެފަރާތާއި ހަވާލުކޮށްފައެވެ. ގަމުން ދޫކުރާ ދަނޑުބިންތަކަށް ބިމުކުލީގެ ގޮތުގައި ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 2 ލާރިކަމަށްވެސް ވަނީ އެނގިފައެވެ.
މި ދަނޑު ކުއްޔަށް ދޭން ނިންމިފަހުން ދަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުން ތަކެއް ބައަކު ދީފައިވާ ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ