ގައުމީ ފުޓްބޯޅަ ތަށި ގައްދު އަށް ގެނައުމާއި ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލުހުރި ގޮތް ބަލާލުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި
ސަރފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ ތަށި ގައްދު އަށް ގެނައުމާމެދު ޒުވާނުންގެ ޚިޔާލު ހުރި ގޮތެއް ބަލާލުމަށްޓަކައި ރޭ ގދ.އަތޮޅުމަދަރުސާގެ ހޯލްގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
ގައުމީ ތަށި ރައްޖެއަށް ލިބުމުގެ އުފަލުގައި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ތަށި ގެންދަވާނޭ ކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރޭގެ ބައްދަލުވުމުގައި ގައްދޫ ކަތީބު އިސްމާއީލް ޝަމީމް ވިދާޅުވަނީ މިހާރު ތަށި ގެންދިޔުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ރައްޔިތުން އެރަށަކަށް ތަށިގެންދަވަން ބޭނުންވެލައްވާ ކަމަށްވާނަމައެވެ.
މިކަމާއި ބެހޭގޮތުން ގައްދޫ ރަށްކުރިއަރުވާ ކޮމިޓީ އާއި މަޝްވަރާކުރުމުން އެފަރާތުން ވަނީ މިކަމަށްޓަކައި ރައްޔިތުންގެ އެކައުންޓުން އެއްވެސް ފައިސާ އެއް ޚަރަދު ނުކުރާ ގޮތަށް ނިންމާފައި ކަމަށް ވެސް އިސްމާއީލް ޝަމީމް ވިދާޅުވިއެވެ. .
ޒުވާނުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގިނަ ފިރިހެނުންދެކޭގޮތުގައި ރާއްޖެއަށް ތަށި ލިބުމާއި އެކު އެކަމުގެ އުފާ އެފަރާތްތަކަށް ލިބިފައިވާ ކަމަށާއި އެހެންކަމުން އިތުރަށް ފުޓްބޯޅަ ތަށި ގައްދުއަށް ގެނައުމަކީ އެހާ ބޭނުންތެރިކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެފަރާތްތަކުން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ތަށިގެންދިޔުމަކީ އެމީހުން ދެކޭގޮތުގައި ބޭކާރު ޚަރަދުތަކެއް ހިނގުމުގެ އިތުރަށް މާބޮޑު ބޭނުމެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް ބައްދަލުވުމުގައި ބައިވެރިވި ގިނަ އަންހެނުން ކުދިން ބޭނުންވީ ގައްދު އަށް ފުޓްބޯޅަ ތަށި ގެނައުމަށެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ތަރުހީބު ދިނުމުގެ ގޮތުން މެޗްތައް ހިނގަމުން ދިޔައިރު ގައްދޫގައިވަނީ އެކި ހިސާބު ތަކުގައި ބޮޑު ސްކްރީންތައް ބަހައްޓައި ވަރަށް ފޯރިއާއި އެކު މެޗްތައް ބަލާފައެވެ.



{އަޝްފާ}
އެއްވެސް ބޭނުންހުރިކަމެއްނޫން ތަށި ގެންދިއުމަކީ.އެކުވެރިކަމާއި އެއްބައިވަންތަކަމެއް ނެތީމައެއްނޫންކަންނޭގޭ އެގޮތަށް ވިސްނާނީ. އެހެންވީމާ ރޯނުއެދުރު ވެސް ތިހެން ނުބުނުއްވާތި.ގައްދޫ އަކީ އެކުވެރިކަންވެސް އެއްބައިވަންތަކަންވެސް އަދި ޤައުމީ ޖޯޝާއި ފޯރިވެސް އޮތް ރަށެއް. -ސ-
ކޮމެންޓްސް ފުނުއްވާ