ޑީ އާރ ޕީގެ ގައުމީ ޖަލްސާގައި ގައްދޫއިން ބައިވެރިވާ މެންބަރުން ހޮވުމަށް ބައްދަލުވުމެއް ބާއްވައިފި
މިބައްދަލުވުމުގައި ގައްދޫ އާއި މާލޭގައި ތިބި ޑީއަރޕީގެ ގައްދޫގެ މެމްބަރުންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާނެ ފަރާތްތައް ހޮވާލެވުނު ކަމަށްވޭ.
ޑީ އާރ ޕީ ގެ ގަވްމީ ޖަލްސާގައި ބައިވެރިވާ ގައްދޫ ގެ މަންދޫބުން އައްޔަން ކޮށްފިކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިދިޔަ ހުކުރުދުވަހު ހަވީރު ގައްދޫގައި ތިއްބެވި ޑީ އާރ ޕީގެ މެންބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ހަމެންބަރަކު ހޮވުންއޮތެވެ. މި ހަމެންބަރުން ހޮވާފައިވަނީ ހާޒިރުވި މީހުންގެ ތެރެއިން ނަންތަކެއް ހުށަހެޅުމަށް ފަހު އެނަންތަކަށް އަތްމައްޗަށްނަގައިގެން ވޯޓަށް އަހައިގެން އެންމެގިނަ ވޯޓްލިބުނު ފަރާތްތައް ކަމަށް ވެއެވެ.
އެގޮތުން ގައްދޫއިން 4 މެންބަރުން ހޮވުނު އިރު މާލެއިން ހޮވިފައިވަނީ 2 މެންބަރުންނެވެ. ގައްދޫ އިން ހޮވުނު 4 މެންބަރުންނަކީ މުހަންމަދު ނައީމް އަތިރީވިލާ، އާއި އަބުދުﷲ އިމާދު ބީޗްރެސްޓް، އާއި މޫފީނާ އަބުދުއްސަމަދު ނޫމަރާގެ، އާއި އަބުދުﷲ އާދިލް ރަންގިރީގެއެވެ. އަދި މާލެއިން ހޮވުނު 2 މެންބަރުންނަކީ އާމިނަތު ޝާޒީން ރޯޝަނީގެ އާއި މަދުރަސާދޮށުގެ ނާޒިމް ކިޔާކުއްޖެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިބައްދަލުވުން އިންތިޒާކުރެއްވުމުގައި އިސްކޮށް އުޅުއްވި އަލްފާޟިލް ޒާހިރު އުސްމާން ވިދާޅުވިގޮތުގައި، ޑީއާރޕީގެ ގަވްމީ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ ކެއުމާއި މާލޭގައި ތިބުމުގެ ޚަރަދު ހަމަޖެހިފައިވާ ގޮތެއް އަދިއެނގިއެއްނުލައްވާ ކަމަށެވެ.
"ތިކަންތައްތައް އެގޭނީ ޑީއާރޕީގެ އޮފީހަށް. ތިއީ އަހަންނަށް އެގޭކަމެއްނޫން." ޒާހިރު އުސްމާން ވިދާޅުވިއެވެ.
އެހެންކަމުން މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދަވާލެއްވުމަށްޓަކައި ޑީއާރޕީގެ އޮފީހާއި ގުޅާލުމުން އެތަނުން ވިދާޅުވީ ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ހުރިހާ އިންތިޒާމްތަކެއްވެސް މިހާރު ރޭވަމުން ދާކަމަށާއި، އަދި ވަކިއެއްޗެއްބުނަން ދަތިކަމަށެވެ.



ގައްދޫ ޒުވާނެއް
ކޮމެންޓްސް ފުނުއްވާ