ފުރަތަމަ ސަފްހާ | ޚަބަރު | ގދ. ގަމާއި ގައްދޫ ގައި ހިންގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިއްޖެ.

ގދ. ގަމާއި ގައްދޫ ގައި ހިންގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font
image ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ތެރެއިން

  ގދ.ގަމާއި ގައްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމާއި، މަސްވެރިކަން އަދި އިކޯޓޫރިޒަމްގެ ޢަމަލީ މަސައްކަތް ފެއްޓިގެން މިހާރު ހިނގަމުން އެބަދެއެވެ. މިގޮތުން ދަނޑުވެރި ކަމުގެ ބައެއްކަމުގައިވާ ހައިޑްރޯޕޯނިކްސް (ފެނުގައި ގަސްހެއްދުން) ގެ މަސައްކަތް ފެއްޓުމަށްޓަކާ ހަދާ ގްރީން ހައުސް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިމަސައްކަތް ކުރިޔަށް ދަނީ ގައްދޫ ރަށްވެހިގޭ ސްކޫލާއިވީ ފަޅީގައި އޮންނަ ހުސްބިމުގައެވެ. މިޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭބައެއް ކަންތައްތަކުގެ ތެރޭގައި ގަމާއި ގައްދުއާއި ދޭތެރޭ ގައި ދަތުރުފަތުރު ކުރުމަށް ފެރީ އެއްހޯދުމާއި، ގަމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމާއި، ގަމުގައި އިކޯޓޫރިޒަމް ތަރއްގީކުރުމުގެ ގޮތުން ބައެއްކަހަލަ ކަންތައް ކުރުމަށް ރާވާފައި ވެއެވެ. އަދި މީގެ އިތުރުން ގައްދޫގައި ތިމާވެއްޓާއި މެދު ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން މައުލޫމާތާއި އިރުޝާދު ދޭ މަރުކަޒެއް ގާއިމް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިޕްރޮޖެކްޓް ވަނީ މިއަހަރު. ޖެނުއަރީ 18-19 އަށް ގދ ގައްދޫ ގައި އިފްތިތާހް ކޮށްފައެވެ. މިޕްރޮޖެކްޓަކީމިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެފް އޭ އޯ ގުޅިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އަދި މިޕްރޮޖެކްޓަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މައުލޫމާތް ލިބެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  11 April, 2008 09:01:51
avatar
10 މިލިޔަން ރުފިޔާ ޚަރަދުވެޔޭ ބުނާއިރު އެކަން ޔަގީން ކުރަނީ ކޮންގޮތަކައްބާ؟ ތެދެއް މުޅި ޕޮރިޖެކްޓަށް 10 މިލިޔަން ކަޑައަޅާފަ އެބައޮތް. އެކަމަކު 1 އަހަރު ދުވަސްވީ އިރު ޚަރަދުވީ ވަރު އެކަކަށްވެސް އެގޭބާ؟ ގައްދޫގައި މިޕްރޮޖެކްޓް ހިނަގާށޭ ކިޔާފައި މީހަކު ބަހައްޓާފައި ހުރީ ކީކުރަން ކޮންކަމަކުބާ؟ އެމީހާ ނެތަސް ތިކުރާ ކަންތައް ކުރެވިދާނެ. އެއިރުން ތިކުރާ ބޭކާރު ޚާރަދު ސަލާމަތްކުރިވިދާނެ. މިކަމުގައި ގައްދޫ ވެރިންގެ ޒިންމާ ނުއުފުލޭކަން ދޭހަވޭ<
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
2.40