ފުރަތަމަ ސަފްހާ | ޚަބަރު | ޑީއާރޕީއަށް ނިސްބަތްވާ ގައްދޫގެ ބައެއްމެންބަރުން ނުރުހުންފާޅުކޮށްފި

ޑީއާރޕީއަށް ނިސްބަތްވާ ގައްދޫގެ ބައެއްމެންބަރުން ނުރުހުންފާޅުކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font

ޑީއާރޕީގެ ގައުމީ ބައްދަލުވުގައި ބައިވެރިކުރުމަށް ގައްދޫ އިން ހޮއްވެވި ބޭފުޅުން ހޮއްވެވީ ސިއްރު ބައްދަލުވުމަކުން ކަމަށްވޭ.

ޑީ އާރ ޕީ ގެ ގައުމީ ޖަލްސާގައި ބައިވެރިވާ ގައްދޫ ގެ މަންދޫބުން އައްޔަން ކުރިގޮތާއިމެދު ޑީއާރޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ. މިގޮތުން މިކަމާއި މެދު ނުރުހުން ފާޅުކުރި ފަރާތްތަކުން ބުނަމުންދަނީ މިއީ އެއްވެސް އިންސާފަކުން ހޮވިބައެއްނޫންކަމަށެވެ.

"ޑީއާރޕީގެ ވަރަށްގިނަ މެންބަރުން ރަށުގައި ތިބިދުވަހެއްގައި އެ މެންބަރުންނަށް ނައަންގާ މިފަދަ ބައްދަލުވުމެއް ބޭއްވުނީތީ މިތިބެނީ ނުރުހިފައި. މިއީ ގައްދޫގައި ތިބި ޑީއާރޕީގެ މެންބަރުންގެ ތެރެއިން އެބައްދަލުވުން އިންތިޒާމްކުރި ފަރާތުން އަހަރުމެން އެކަހެރި ކޮށްލީ. އެމީހުން ބޭނުންބަޔަކު މާލެ ފޮނުވުމަށް ސިއްރުސިއްރުން މިބައްދަލުވުން ބޭއްވީ މިހެންވެގެން. ވާހަކަ ދައްކަން ނުކެރޭ އަނގަލައްޕައިގެން ތިބޭބަޔަކު ފޮނުވީމާ ގައްދޫއަށް އޮތީ ކޮންފައިދާއެއްތަ؟" މިބައްދަލުވުން ބޭއްވުނު ގޮތާއިމެދު ނުރުހިފަތިބި ގައްދޫ ބޮނޑިބަތްގޭ އަހުމަދު މަނިކާއި ބޯޅަކިންކިރިމާގެ އާމިނަތު ރަޝީދާ ކިޔާދެއްވިއެވެ.

މިއީ، ޑީއާރޕީގެ ގައްދޫ ގޮފީގެ ބައްދަލުވުމެއް ނުބާއްވާތާ ދުވަސްތަކަކަށްފަހު ބޭއްވި ބައްދަލުވުމަކަށްވީއިރު ގައްދޫ ގައި ތިބި އެޕާޓީގެ ހުރިހާމެންބަރުންނަށްވެސް އެކަން ކުރިން އެގެންޖެހޭނެ ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

" ހުރިހާ މީހުންނަކީ ރަށުގައި ތިބޭ ބައެއްވެސްނޫން. ދަތުރުވެރިން، މަސްވެރިން، ދަނޑުވެރިންވެސް އުޅޭނެ. ވީމާ ދުރާލާ ރޭވިގެން މިކަންކުރެވުނުނަމަ މިފަދަ ފާޑުކިޔުންތައް ކުރިމަތިނުވީސްކަން ކަށަވަރު." ޑީ.އާރ.ޕީގެ އެހެން މެންބަރަކު  އޭނާގެ ޚިޔާލުފާޅުކުރެއްވި އެވެ.

ގައްދޫގައި ތިބި ޑީއަރޕީގެ ގިނަމެންބަރުން ބުނަމުންދިޔައީ މިބައްދަލުވުމަށް އެފަރާތްތަކަށް  ދަވްވަތު ނުލިބޭކަމަށެވެ. މިބައްދަލުވުން ބޭއްވި ގޮތާއިމެދު އެފަރާތްތަކުން ނުރުހުން ފާޅުކުރުމުން،  މިބައްދަލުވުން އިންތިޒާމް ކުރެއްވުމުގައި ހަރަކާތްތެރިވެފައިވާ ގައްދޫ ޒާހިރު އުސްމާނާއި ގުޅާލުމުން ވިދާޅުވީ ޑީއަރޕީގެ ގައްދޫ ގޮފީގެ ބައްދަލުވުމެއް އޮންނަކަން ޓީވީ އާއި ރޭޑިއޯ އިން އިއުލާން ނުކުރާ ކަމަށާއި، ނަމަވެސް ރަށުގެ ބައެއްތަންތާގައި އިއުލާން ޖަހާފައިވާނެކަމަށެވެ.

"މިހާރުވެސް ގީތު ހޮޓަލުގައި އެއް އިއުލާން އެބަހުރި. ޗިޓްކޮޅުވެސް ފޮނުވިން. ފަހަރެއްގައި ޗިޓް ބެހިކުދިން މެންބަރުންނާއި ޗިޓް ހަވާލު ނުކުރަނީ ކަމަށްވެސް ވެދާނެ. ނަމަވެސް އިއުލާން ފެނިފައިވާ ކޮންމެ މެންބަރަކު ބައްދަލުވުމަށް އަންނަންވީ. އިއުލާން ކިޔުމަށްފަހު ބައްދަލުވުމަށް ހާޒިރުނުވެ ތިބެގެން ތިގޮތަށް ފާޑުކިޔުމަކީ ވަރަށްބޭއިންސާފުވެރި ފާޑުކިޔުމެއް." ޒާހިރު އުސްމާން ވިދާޅުވިއެވެ.  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  06 July, 2008 01:20:46
avatar
ރޭޑިއޯ އާއި ޓީވީން ނުކުރާ އިޢްލާނެއް ކިހިނެއްތޯ އަޑުއަހާނީ. ކޮމެންޓް ކުރުމުގެ ކުރިން ފުރަތަމަ ޚަބަރު ކިޔާލައްވާ.
ބަރާބަރު ސަކަރާތް
0
  05 July, 2008 05:59:46
avatar
އަންގަންޖެހޭބާ ޓީވީ ރޭޑިއޯއިންކުރި އިޢްލާން އަޑުއެހިނަމަ ތިހެން ނުބުނެވުނީސް ތީ ހަމަ ފާޑު
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.50