ޓީޗަރުންގެ މުސާރައާއި މެދު އިހުތިޖާޖު ކުރުމުގެ ގޮތުން ގައްދޫގެ ބައެއް ޓީޗަރުން އިއްޔެ ސްކޫލަށް ނުދާކަމަށް ޚަބަރު ލިބިއްޖެ.
މިއިހުތިޖާޖުގައި ގައްދޫގައި ތިބި ހުރިހާ ދިވެހިޓީޗަރުން ހިމެނޭ ކަމަށް ވޭ.
ޓީޗަރުންގެ މުސާރައިގެ މައްސަލާގައި ގައްދޫ ސްކޫލްގައި މަސައްކަތްކުރާ އެއްވެސް ދިވެހި ޓީޗަރަކު އިއްޔެ ސްކޫލަކަށް ހާޟިރު ނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ހެނދުނު ސްކޫލް ހުޅުވުނު އިރު ދިވެހި ޓީޗަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ހާޟިރު ނުވުމުގެ ސަބަބުން ހެނދުނު ސެޝަނުގެ ކުލާސްތަކަށް ދިވެހި އިސްލާމް ފިލާވަޅު ވަނީ ކިޔަވައި ނުދެވިފައި ކަމަށާއި އެހެން ނަމަވެސް އެހެނިއެހެން މާއްދާތަކުގެ ފިލާވަޅުތައް ދަރިވަރުންނަށް ހެނދުނު ސެޝަނުގައި ކިޔަވައި ދެވުނުކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ.
ޓީޗަރުން ވިދާޅުވިގޮތުގައި ގައުމު ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަންތިއްބެވި ޓީޗަރުންގެ މުސާރައާއިމެދު ސަރުކާރުންވަނީ އިހުމާލުވެފައި ކަމަށާއި އަދި މިހާރު މިފެންނަމުންދާ އިހްތިޖާޖް ކުރުމުގެ ކަންތައްތަކަކީ އެބޭފުޅުންގެ މުސާރައާއިމެދު ސަރުކާރުން ފަރުވާކުޑަކުރުމުގެ ނަތީޖާ ކަމަށް ޓީޗަރުން ދެކެއެވެ.
"މިކަމާއިމެދު އެއްވެސް އަހައްމިއްޔަތު ކަމެއް ސަރުކާރުން ދީފައެއްނެތް. ޓީޗަރުންގެ ޝަކްވާތަކަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ އިޖާބައެއްދީފައި ނެތުމަކީ މިކަމުގެ ފެށުން. ސަރުކާރުގެ މަތީ ބޭފުޅުންގެ މުސާރަ ވަކިހުދޫދެއްނެތި ބޮޑުކުރެއްވިއިރު ޓީޗަރުންގެ މަތިން ސަރުކާރުންވަނީ ހަނދާންނެތިފައި. އެހެންވުމުން މިއަދު ސްކޫލުތަކަށް ޓީޗަރުން ނުދިއުމުގެ ސަބަބުން ޓީޗަރުންނާއި ދިމާއަށް ބަދުނާމުގެ ބަސްތަށް ބުނުމުގެ ހައްގެއް އެއްވެސްފަރާތަކަށް ނޯންނާނެ. ގައްދޫގެ ޓީޗަރުން މިކަމުގައި ދައްކާފައިވަނީ ލާމަސީލު ނަމޫނާއެއް. އެބޭފުޅުން އެތިއްބެވީ މާލެއިން ޓީޗަރުންގެ މުސާރައިގެ ކަންތަކާއި ގުޅިގެން ހޮވިފައިވާ ކޮމެޓީއާއި އެކުގައި. އެކޮމެޓީއިން ޓީޗަރުން ސްކޫލް ތަކަށް ހާޟިރުވާށޭ ބުނުމުން މިތިބީ މިހާރުވެސް ހާޒިރުވާން." ގައްދޫގެ ޓީޗަރަކު އިއްޔެ ސައިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޓީޗަރުންނަކީ ގަވްމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަން ތިބިމީހުންކަމަށާއި، އެމީހުންނަށް ދޭންޖެހޭ މުސާރައާއި އެލަވަންސްތައް ކުޑަވުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ . އެހެންކަމުން ހިތްހަމަ ނުޖެހިފައިތިބެގެން ކުދިންނަށް ރަނގަޅަށް ކިޔަވައިނުދެވޭނެތީ ސްކޫލަށް ނުނުކުތީ ކަމަށާއި ޖުލައިމަހުގެ 30 ށް ޓީޗަރުންގެ މުސާރައަށް ހައްލެއް ނައިސްފިނަމަ އަނެއްކާވެސް އެފަރާތްތައް ޓީޗަރުންގެ ކޮމެޓީއިން ނިންމާ ގޮތްތަކެއްގެ މައްޗަށް ބައްލަވައި އެފަރާތްތަކާއި އެއްބާރުލުން ދޭނެކަމަށް ވެސް އެފަރާތުން ވިދާޅުވިއެވެ.



މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ދަރިއާ ދިމާއަށް ޓީޗަރަކު އެއްޗެކޭ ބުނެލީމަ އެވަރުގެ ގޯސް މީހެއް ނުހުރޭ. އޭނަގެ ގޯސް ވާހަކަ ދަރިވަރަކު ދެއްކިޔަސް ކަތި ނަޒަރު ދަނީ އަމާޒު ވަމުން. އެދަރިވަރެއްގެ ހޯހިރު ބަލަން އެކުލާހަށް ކިޔަވައި ނުދޭ ޓީޗރުން ތިބޭ. މިއީ މިހާރު މަދަރުސާގެ ޙާލަތު. އެތަނަށާއި ގައްދޫގެ ކުރިއެރުމަށް މަސައްކަތް ކުރާ މަދު މުދައްރިސުން ކޮޅެއް އުޅޭކަން ބެލެނިވެރިއެއްގެ ޙައިސިއްޔަތުން އަޅުގަނޑު ފާހަގަ ކުރަން. ނަމަވެސް ހިތާމަ ކުރަންޖެހެނީ މަދަރުސާ ހަލާކު ކުރުމަށް އުޅޭ މުދައްރިސުންވެސް އެބައުޅޭކަން. އެތަނަށް ދެވުނީމަ ހިތްހަމަ ޖެހެޔޭ ކިޔާފަ ދާ މުދައްރިސުން އުޅޭކަންވެސް ފާހަގަ ކުރަން. މި މުދައްރިސުންނަކީ ތަނަން ލޯބި ހުރެގެން މަސައްކަތް ކުރާ ބައެއް ނޫން. ދަރިވަރުން ތަމްރީނު ނުހެދިއަސް ކުލާހަށް ތަކެތި ހަމަކޮށް ނުގެނަޔަސް މި މުދައްރިސުން ނުބަލާ!!! އެއީ އެ ދަރިވަރެއްގެ ޒިންމާ އެކޭ. ބެލެނިވެރިޔާ އަށް އަންގާކަށް ނުޖެހޭނެއޭ. ތިމަންނަ މެން ބަލާކަށް ވެސް ނުޖެހޭނެއޭ ބުނެފަ އެބަހުރި... ހުރިހާ މުދައްރިސުންވެސް އެކައްޗެއް ކިޔާ ދަރިވަރުންގެ އުޅުމާ ސުލޫކު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މި މަދަރުސާގައި މިފެންނަނީ އެކަކު އަނެއެއްގެ ހަސަދަ ވެރިކަން.. އެހެންވަނީ ވެސް ބަޔަކަށް ދޫ ދީގެން އުޅެންޖެހޭތީ...... ވަކި ދަރިވަރަކު ގޯސް ކަމެއް ކޮށްފާނެތީ އެއްވެސް ކަމެއް ބަލާކަށް ނުޖެހޭ... ވަކި ދަރިވަރަކު ގޯސް ކަމެއް ކުރީމަ އޭނަ ޖޯކު ކަމުން އެކަން އެކުރީ... މިފަދަ ތަފާތު ތަކެއް އޮންނަންޏާ އެއްވެސް ކަމެއް ރަގަޅެއް ނުވާނެ. ފިތުނަ ތައް ހައްތަހާ ބޮޑުވާނީ.............
ބެލެނިވެރިއެއްގެ ޙައިސިއްޔަތުން މަދަރުސާގެ މެނޭޖްމެންޓަށް ގޮވާލަން ތިޔަފަދަ ތަފާތުތައް ނައްތާލުމަށް....... މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ދަރިއޭ ކިޔާފަ އޭނަކުރާ ގޯސް އަމަލު ތައް ވަޅު ނުޖަހާ ބެލުމަށް....މި ފަހަރު އެދަރިވަރު ކުރި ކަންތައްވެސް (ޓީޗަރެއްގެ ޑިސްޕްލިންގ ފޮތް ވަގަށް ނަގާ އެފޮތް ސީލިންއަށް އެއްލާލާ އެތަނުން އޭތި ނަގާ އެހެން ދަރިވަރަކާ ފޮތް ފޮރުވަން ހަވާލުކުރުން) އެއޮތީ ވަޅު ޖަހާފަ. އެހެންނޫނީ މަދަރުސާގެ މުސްތަގުބަލް ބަނަވެ އަޅުގަނޑުމެންގެ ޅަދަރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. މިފަދަ ކަންތައް ތަކުރާރު ވަނީ ނަމަ ދެން ޖެހޭނީ އަން. އަޅުގަނޑުމެން ބެލެނިވެރިން ނުކުމެ ކަންތައް ހައްލު ކުރަން. އޭރު ދާނީ ގޯހުން ގޯހަށް...................... މި ލިޔުން ކޮޅު ޝާއިއު ކުރާނެ ކަމަށް އުއްމީދުކުރަން
"މަރިޔަމް – ބެލެނިވެރިއެއް"
"-އާމިނަތު- ގައްދޫގެ ޒުވާނެއް"
އަދިވެސް ޓީޗަރުން ކުރައްވާ މަސައްކަތް ވަޒަންނެއް ނުކުރެވޭ...... އަޅުގަނޑުމެން ޓީޗަރުން ކިޔަވައިގެން ތިބީ ސަރުކާރުގެ ފައިސާ އަކު ނޫންކަން ހަނދުމަ ކޮށް އަރުވަން. ޓީޗަރުން ތަމްރީނު ވާއިރު މިހާރު ވިއްޔާ ނުލިބޭ ޖީބު ފައިސާ އެއްވެސް.ޓީޗިން ޑީގްރީ އެއްވެސް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ހެދެނީ އަށްހާސް ކޮންމެވެސް ވަރަކަށް ފައިސާ ދައްކައިގެން. ހަމަ އެފަދަ ގޮތަކަށް ޑިޕްލޮމާ އެއްވެސް ހެދެނީ. މިއީ ޙަޤީޤަތަކީ. އަޅުގަނޑުމެން ގައްދޫ ޓީޗަރުން މިތިބީ ތިޔަ ތަމްރީނުތައް ވެސް އެކި ފެންވަރުގައި ހޯދާފަ. ދެންވެސް ހަޤީޤަތް އޮޅޭ ފަދަ ގޮތަށް "ކޮމެންޓް" ނުކުރެއްވުމަށް ގޮވާލަން.
"ގައްދޫ ސްކޫލުގެ ޓީޗަރެއް"
ކޮމެންޓްސް ފުނުއްވާ