ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ގައްދޫގައި ކޭކު ޑެކަރޭޝަން ކޯހެއް ފައްޓައިފި

ގައްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ގައްދޫގައި ކޭކު ޑެކަރޭޝަން ކޯހެއް ފައްޓައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image

މިކޯސް ހިންގަމުންދަނީ ތަޖްރިބާ ކާރު އިންސްޓަކްޓަރެއް ގައްދުއަށް ގެނެސްގެން ކަމަށްވޭ.

ގައްދޫގެ ޒުވާން އަންހެން ކުދިންނަށް  އަމާޒުކޮށްގެން ގައްދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން   ކޭކް ޑެކަރޭޝަން ކޯހެއް ފެށިގެން ކުރިޔަށް އެބަދެއެވެ.  15 ބައިވެރިންނާއެކު ކުރިޔަށްދާ މިކޯހުގައި ކިޔެވައިދެއްވަނީ ރ. އަތޮޅު ޒުވާން އަންހެން ބޭފުޅެއް ކަމަށްވާ އަލްފާޟިލާ ފާތުމަތު ޝަބުނަމް އެވެ.  އޭނާ އަކީ ކޭކު ޑެކަރޭޝަންގެ ދާއިރާއިން  މަތީ ތަމްރީނު ހޯއްދަވައިގެން ހުންނެވި ޒުވާން އަންހެންބޭފުޅެއްކަމަށް ވެއެވެ.

އަންހެނުން ކޮމެޓީގެ ރައީސާ އަލްޟިލާ އާއިޝަތު ޙަބީބާ ވިދާޅުވި ގޮތުގައި ގައްދޫ އަށް މިފަދަ ޒުވާނެއްގެ އެހީތެރިކަން އެންމެބޮޑަށް ބޭނުންވެފައިވާ ވަގުތެއްގައި އަޅުގަނޑުމެން (ކޮމެޓީންއިން) އެދުނު އެދުމެއްގެ މަތިން  ޝަބުނަމް މިކޯސް ހިންގަވައި ދެއްވުމަށް އެއްބަސް ވެލެއްވީތީ  އޭނާ އަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.  

 " މިއީ، ގައްދޫގެ ޒުވާން އަންހެން ކުދިން ނަށް ލިބޭ ހުސްވަގުތުތަކުގައި ގޭތެރޭގައި ތިބެގެން އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ރަގަނޅު މަސައްކަތަކަށް ވާތީ ކޮމެޓީން މިފުރުސަތު އެބޭފުޅުންނަށް ހޯއްދަވާދެއްވީ. މިއަދު މިހުޅުވުނު ކޭކް ޑެކަރޭޝަން ކޯހަކީ މިކަމުގެ ފެށުން.  އިރާދަކުރެއްވިއްޔާ ކުރިމަގުގައިވެސް މިއަށްވުރެ އެޑުވާންސް ކޯހެއްވެސް ފެށިދާނެ. މީގައި އޮތީ އަންހެނުންގެ ބައިވެރިވުން. އަޅުގަނޑުމެން މިތިބީ އެބޭފުޅުންގެ ކުރިއެރުމަށް މިނޫނަސް އިތުރު ކޯސްތައް ބާއްވަން. މިސާލަކަށް ގައްދޫ މަޝްހޫރުވެފައިވަނީ ކުނާވިއުމަށް. ނަމަވެސް މިމަޝްހޫރުކަން މިހާރު މިދަނީ ނެތެމުން. ސަބަބަކީ ކުނާވިއުމަށް ގިނަ ޒުވާން އަންހެން ކުދިން އިސްނުނަގާތީ. މިއީ މިކަން ވާންވީ ގޮތެއްނޫން. އަޅުގަނޑުމެންގެ މާމަ އިންނާއި މުނިމާމަ އިން ކުރެއްވި މިއަގުހުރި މަސައްކަތް އަންނަން އޮތްޖީލުތަކަށް ދަމަހަށްޓަން ތިބީ އަޅުގަނޑުމެން ފިޔަވާ ކޮންބައެއްތޯ. މިއީވެސް މިއަދު އަޅުގަނޑުމެން ވިސްނަން ޖެހިއްޖެ ކަމެއް. މިސަރަހައްދަށް ރިސޯޓް ތައް މިހާރުމިވަނީ ތައާރަފްވެފައި. ޓުވަރިސްޓުންނަށް ސުވެނިއަރ ގެ ގޮތުގައި ކުނަލަކީ ރަގަނޅު އެއްޗެއް. ގެސްޓުން ނަށް ރީތިއެއްޗެއް. އަގުބޮޑުކޮށް ވިއްކާލެވިދާ އެއްޗެއް. އެކަމަކު ކޮންމެވެސް ބަޔަކު މިކަން ކޮށްގެންނޫނީ މިކަމެއްދެމިއެއް ނޯނާނެ. މިގޮތުން ކުނާވިއުމުގެ ކޯހެއްވެސް އޮތީ ރޭވިފައ. މީގައި އޮތީ ޒުވާން އަންހެންކުދިންގެ އެހީތެރިކަމާއި އެއްބާރުލުން. އަޅުގަނޑުމެން މިތިބީ މަގުފަހިކޮށްދޭން." އާއިޝަތު ހަބީބާ އިތުރަށް ވިދާޅުވިއެވެ.

އިއްޔެ މިފެށުނު ކޭކު ޑެކަރޭޝަން ކޯހާއިމެދު ކޯހުގެ ބައިވެރިން ދެކެނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން ކޯހުގެ ބައިވެރިއެއްކަމަށްވާ ގައްދޫ ފީރޯޒުގެ ފާތިމަތު ޝަދީނާ ހާމަކުރެއްވި ގޮތުގައި މިއީ މިވަގުތަށް ގައްދޫގެ އަންހެންބޭފުޅުންނަށް ނުލާހިކު ބޭނުންތެރި، އަދި އެހާމެ ފައިދާހުރި ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި މިމަސައްކަތަކީ މިވަގުތަށް މާބޮޑު ޑިމާންޑެއްނެތްކަމެއް ކަމުގައިވިޔަސް ކުރިމަގުގައި މީގެފައިދާ ކުރާނެކަމެކެވެ.

"މިއީ އިގުތިސާދީ ގޮތުން ފައިދާތަކެއްކުރާނެ، ދިރިއުޅުމުގައި ޟަރޫރީ ބޭނުންތައް ފުއްދުމަށް ކޮށާލެވުނު މަގެއް. އަޅުގަނޑުމެން އެދެނީ ކުރިމަގުގައިވެސް ކޮމެޓީން މިފަދަ ފުރުސަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވުން." ޝަދީނާ އިތުރަށް ވިދާޅުވިއެވެ.    

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0