ފުރަތަމަ ސަފްހާ | ޚަބަރު | ގައްދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި

ގައްދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދުއަށް އެތެރެކުރުމަށް މަސައްކަތްކުރި ދެ ބްލެޓާއި ރަބަރު ޕަކެޓް

މިތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ބިސްކޯދު ޑަބިޔަލެއްގެ ތެރެއަށް ލައިގެން ކަމަށްވޭ.

ގދ. ގައްދު އަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނުބައެއް ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. މިގޮތުން ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ގދ.ގައްދޫ މާލިލީގެ އުމުރުން 22 އަހަރުގެ އަލީ ހަމީދާއި ގދ. ގައްދޫ ފިޔާތޮށިގެ އުމުރުން 30 އަހަރުގެ އަހުމަދު ހަސަން ކަމަށްވެއެވެ.

މޯލްޑިވްސް ޕްލިސް ސަރވިސް އިން ވިދާޅުވާ ގޮތުގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ މާލެއިން ގައްދުއަށް ފުރައިގެން އަންނަ ބޯޓެއްގައި ބިސްކޯދު ޑަބިޔަލެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން އަންނަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މިބޯޓް ގދ.ގައްދުއަށް ގޮސް މިބޯޓުން ބިސްކޯދު ޑަބިޔާ ބޭލުމަށްފަހު ޖެޓީމަތީގައި ބަހައްޓާފައި ހުއްޓާ މިދެމީހުން ގޮސް ބިސްކޯދު ޑަބިޔާ ގެންދަން އުޅުމުން ފުލުހުންގެ ބެލުމުގެ ދަށަށް މި ބިސްކޯދު ޑަބިޔާ ގެނެސްގެން ޗެކް ކުރިއިރު މި ޑަބިޔާގެ ތެރެއިން މަސްތުވާ ތަކެތި ފެނުމުންނެވެ.

މިގޮތުން މި ޑަބިޔާގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓަކާއި އިންސްލޭޝަން ޓޭޕް އަޅާ ބަންދުކޮށްފައިއިން 2 ބުލެޓް ފެނިފައިވާ ކަމަށް ވެއެވެ.

މިމައްސަލަ މިހާރު ގދ.ތިނަދޫ ޕޮލިސްސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕަރޓްމެންޓް ގުޅިގެން ތަހްގީގް ކުރައްވަމުން ދާކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.    

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (3 ލިބިއްޖެ):

  14 July, 2008 03:38:04
avatar
މަސްތުވާ ތަކެތި ގައްދޫއަށް އެތެރެ ކުރުން ހުއްޓުވުމަށް ގައްދޫގެ ޒުވަނުން އިސްނަގައިގެން ގިނަ އަދި ބުރަ މަސައްކަތަށް ކުރަން ޖެހޭ!!!!! ފުލުހުން އެކަނި މަސައްކަތް ކުރިޔަސް ނުފުދޭނެ...........
ބަރާބަރު ސަކަރާތް
0
  14 July, 2008 03:35:10
avatar
ގައްދޫގެ ތިއްބަވާ ފުލުހުންގެ ބޭފުޅުން ކުރައްވާ މަސައްކަތަށް ޟުކުރުވެރިވަން ........ ހިތަށް އަރަނީ ގައްދޫއަށް މިހާ ގިނައަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާއިރު ގައްދޫގެ ރައްޔިތުން އަދިވެސް ބަލަން ތިބެނީ ތޯއޭ؟؟؟
ބަރާބަރު ސަކަރާތް
0
  13 July, 2008 01:04:26
avatar
މިމީހުން ދޫކުރުމަކީ އަހަރުމެން އެހާހިންހަމަޖެހޭ ކަމެއްނޫން! މިމީހުން ދޫކޮއްލައިފިނަމަ އަދި ވެސް މިކަހަލަ ކިތަންމެ ބްލެޓެއްވެސް ގެންނާނެއެވެ. 10-އޭ ޔުނެއިޓެޑު
ބަރާބަރު ސަކަރާތް
0
ޖުމްލަ: 3 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 3

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
2.75