ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ގާއަތުރައިފި

ގައްދޫ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ގާއަތުރައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image

މިފަހަރު މިސްކިތުގެ ގޯތިތެރޭގައި ގާއެތުރުމަށް ނިންމީ ކަށިވެލިނުލިބުމުގެ ސަބަބުން ކަމަށްވޭ.

ގައްދޫ ހުކުރު މިސްކިތު ކުރިމަތީގައި ގާއަތުރަން ފަށައިފިއެވެ. މިފަހަރު ގާއަތުރާގޮތަށް ހަމަޖެއްސެވީ، އެތަނަނަށް އަޅާނެ އޮށްވެލި ނުލިބިގެން ކަމަށް ރަށު އޮފީހުން ވިދާޅުވިއެވެ.

"މީގެކުރިން މިސްކިތުގެ ގޯތިތެރެއަށް ކޮންމެ އަހަރަކު ރޯދައަށް ވެލި އަޅަމުން އަންނަނީ. ނަމަވެސް މިފަރު ވެލި ލިބުންދަތިވީ. އެހެންވެ ގިނަދުވަހަށް ވެލި އަޅަން ނުޖެހޭ ގޮތަށް މިހަމަޖެއްސީ. އެހެންނޫންނަމަ މިފަހަރު މިސްކިތު ގޯތިތެރެއަށް ހުންނާނީ ވެލިނާޅާ. މިކަން ކުރަން ކުރިންވެސް އޮތީ ވިސްނިފައި. ނަމަވެސް ރޯދަމަހާއި ކައިރިކޮށްފައި ގާ މިއެޅީ. މިސްކިތު ގޯތި ތެރެއަށް ގާއެޅުމުގެ ހުރިހާ ޚަރަދެއް ކުރީ ރަށު އޮފީހުން ބަޔަކާއި ހަވާލު ކޮށްގެން." ކަތީބު ވިދާޅުވިއެވެ.

ކަތީބު އިތުރަށް ވިދާޅުވިގޮތުގައި އަދިމީގެ ހައެއްކަދުވަސްފަހުން އެތާގެ ގާތަކުގެ މަތީގައި ދަވާދުލާނެކަމަށާއި ގިނަދުވަސްވަންދެއް ދެމިއޮންނަ ގޮތަކީ ގާ އެޅުންކަމަށްވާތީ މިފަހަރު އެކަންކުރީކަމަށެވެ. އަދި މިއީ ރަމްޟާންމަހަށް މިސްކިތް ޒީނަތްތެރިކުރުމުގެ އިތުރުން މިސްކިތަށް އަރާފައިބާ މީހުންނަށްވެސް ވަރަށްބޮޑުފަސޭހަކަށްވާނެކަމެއްކަމަށް ކަތީބު ވިދާޅުވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  08 July, 2008 05:15:01
avatar
ގައްދޫ ހުކުރުމިސްކިތަކީ ޒަމާންތަކެއް ވެފަހުރި މިސްކިތެއް. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒަމާނީ މިސްކިތްތައް ސަރުކާރުން އިމާރާތްކުރަމުންގެންދާއިރު ގައްދޫގައި އެފަދަ މިސްކިތެއް އެޅުމުގެ ހިޔާލު ނުގެންގުޅޭބާ؟؟ ނޫނީ ގައްދޫގެ ވެރިން އެފަދަކަމަކަށް އެދިނުލައްވަނީބާ؟؟؟؟؟؟؟؟؟؟؟؟؟؟ އެހެނީ ގައްދޫ އަށްވުރެ އާބާދީގެ ގޮތުން މާކުޑަރަށްރަށުގެ މިސްކިތްތައްވެސް މިހާރުވެސް އިމާރާތްކުރެވެމުންދާތީ................
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00