ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ގައްދޫގައި ބޭސްފިހާރައެއް އަޅާގޮތަށް ހަމަޖެހިއްޖެ
ބޭސްފިހާރަ އެޅުމަށް ހަމަޖެހިފައިވަނީ ގައްދޫ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ފެންތާންގީތައް ތިބި ސަރަހައްދުގައި
ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ގައްދޫގައި ބޭސްފިހާރައެއް އަޅާގޮތަށް ހަމަޖެހއްޖެއެވެ. މިގޮތުން ބޭސްފިހާރަ އެޅުމަށް ހަމަޖެހިފައިވަނީ ގައްދޫ ހުކުރުމިސްކިތުގައި ފެންތާންގީތައް ތިބި ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބޭސްފިހާރަ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ގައި ހުރި ތާންގީގެ ބުޑު ނެގުމަށާއި އެ ސަރަހައްދުގައި ގަބުރުތައް ވަޅުލައިފައިތިބެދާނެކަމަށް ބެލެވޭތީ 25 ފޫޓް 15 ފޫޓްގެ ސަރަހައްދެއް ކޮނެ ގަބުރު ކަށިތައް ނަގައި ބިންސާފް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށްޓަކައި އިއްޔެ ގައްދޫ އޮފީހުގައި ވަނީ ޕްރިބިޑް މީޓިންގ އެއް ބާއްވާފައެވެ.
ގައްދޫ ރަށްކުރިއަރުވާ ކޮމިޓީންވަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށްވެސް މިމަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވާ ބޭސްފިހާރައިގެ ބޮޑުމިނަކީ 13ފޫޓް 22 ފޫޓްކަމަށްވެސް ޚަބަރުލިބިފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ