ޑރ. ހަސަން ސައީދު ކެމްޕެއިން ދަތުރުފުޅެއްގައި ގައްދުއަށް ވަޑައިގެންފި
ޑރ. ހަސަން ސައީދާއި އެކު ޑރ. ޖަމީލާއި ޑރ. ޝަހީދު ވަޑައިގެންނެވި
އަންނަ ރިޔާސީއިންތިޚާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްބޭފުޅެއް ކަމުގައިވާ ޑރ. ހަސަން ސައީދާއި އެމަނިކުފާނުގެ ނިއު މޯލްޑިވްސް ޓީމް، ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު މެންދުރު 12 ޖަހާކަންހާއިރު ގައްދުއަށް ވަޑައިގެންފިއެވެ.
މިގޮތުން އެމަނިކުފާނުވަނީ ގައްދޫ އަމީރު އަހުމަދު މަގުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެވަގުތަކީ ފުދޭ ވަރަކަށް ބޮޑަށް ވާރޭ ވެހެމުން ދިޔަ ވަގުތެއްކަމަށް ވީނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއެއްސެވުމަށް ވަޑައިގެންނެވި ކަން ފާހަގަ ކޮށްލެވެއެވެ.
ރައްޔިތުންނާއި ބައްދަލުކުރައްވައިދެއްކި ވާހަކަފުޅުގައި އެމަނިކުފާން ރާއްޖޭގެ ރައީސް ކަމަށް ހޮއްވަވައިފިނަމަ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކޮށްދެއްވާނެކަމަށް މެނިފެސްޓޯގައިވާ ކަންތައް ތަކުގެ ތަފްސީލް ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވެވިއެވެ. މިބައްދަލުވުން ވާރޭގެ ސަބަބުން މާރަނގަޅަކަށް ކުރިއަށް ދަގޮތް ނުވުމުގެ ސަބަބުން ކައިރި މުސްތަގްބަލެއްގައި އެމަނިކުފާނު ގައްދުއަށް ވަޑައިގެންދެއްވުމަށް އެދި ބައްދަލުވުމުގެ ބައިވެރިން ދައުވަތު ދެއްވެވިއެވެ. އަދި މިދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރައްވައި ވަރަށް އަވަސް މުސްތަގްބަލެއްގައި ގައްދުއަށްއަދި ދަތުރުފުޅެއްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޑރ. ހަސަން ސައީދަކީ މިހާތަނަށް ގައްދޫގެ ގިނަބައެއްގެ ތާއީދު އޮތްބޭފުޅެއްކަން ޚިޔާލު ހޯދުންތަކުން ދައްކައެވެ.
މި ބައްދަލުވުމުގެ އޯޑިއޯ އައްސަވާ ލައްވާ!
ފުރަތަމަ ބައި



ކޮމެންޓްސް ފުނުއްވާ