ފުރަތަމަ ސަފްހާ | ޚަބަރު | ގައުމީ އިއްތިހާދު އުފެއްދުމަށްޓަކައި މެމްބަރުން ހޯއްދެވުމަށް ޑރ. ވަހީދު ގައްދު އަށް ވަޑައިގެންފި

ގައުމީ އިއްތިހާދު އުފެއްދުމަށްޓަކައި މެމްބަރުން ހޯއްދެވުމަށް ޑރ. ވަހީދު ގައްދު އަށް ވަޑައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font
image ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޑރ. ވަހީދާއި އެކު ޑރ. މުސްތަފާ ލުތުފީވެސް ގައްދުއަށް ވަޑައިގެންނެވި ކަމަށްވޭ.

ގައުމީ އިއްތިހާދުގެ ނަމުގައި ޑރ. ވަހީދު އުފެއްދުމަށް މަސައްކަތް ކުރައްވަމުންދާ ޕާޓީ އަށް މެމްބަރުން ހޯދުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ޑރ މުހައްމަދު ވަހީދު ހުސައިން މަނިކު ގައްދުއަށް ވަޑައިގެންފިއެވެ.

މިގޮތުން ގައްދޫގެ ބައެއް ރައްޔިތުންގެ އިސްނެގުމުގެ މަތިން ރޭގެ ވަގުތެއްގައި ގދ. ގައްދޫ ރަންތަރި ގޭގައި ވަނީ އެފަރާތުން ދައުވަތު ދީފައިވާ ބައެއް ފަރާތްތަކާއި އެކު ބައްދަލުވުމެއް ބާއްވައިފައެވެ. މިބައްދަލުވުމުގައި ގައުމީ އިއްތިހާދު ގެ ނަމުގައި ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ މަގުސަދާއި ބެހޭގޮތުން ބައްދަލުވުމުގެ ބައިވެރީންނަށް މައުލޫމާތު ދެއްވުމުގެ އިތުރުން ބައިވެރިންކުރި ބައެއް ސުވާލުތަކަށް ވެސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ޖަވާބު ދެއްވެވިއެވެ. 

ޑރ. ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ މިހާރު މައްސަލަތައް ދިމާވެފައިވާ ދާއިރާތައް ރަނގަޅުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ތެރޭގައި ހަރުދަނާ ބިންގަލެއް  އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައި ވެއެވެ.

ޑރ ވަހީދާއި އެކު މިދަތުރުގައި ޑރ. މުސްތަފާ ލުތުފީ އަދި ރައްޔިތުންގެ ޚާއްސަ މަޖިލިހުގެ އދ. މެމްބަރު އިލްޔާސް ހުސެއިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (4 ލިބިއްޖެ):

  25 July, 2008 07:45:17
avatar
މީ އަޖައިބެއްކަހަލަ ޑޮކްޓަރެއް...އަދި ފަހަތުގައިވެސް ތިބީ ހުސް ޑޮކްޓަރުން.... އެކަމަކު ސްކޫލުތަކުގައި ކިޔަވާދޭނެ ރަގަނޅު ޓީޗަރެއް ނެތޯ އަބަދު ހަމަ މިމީހުން ކިޔާ... ކޮންމެ ބޭފުޅަކު ޕީއެޗްޑީ ހާސިލްކުރުމަށް ގާތް ގަޑަކަށް 1.5މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވޭ ... މައުމޫނު މިކަމުގައި އިހްމާލް ވާން ނުޖެހޭބާ...
ބަރާބަރު ސަކަރާތް
0
  18 July, 2008 10:43:48
avatar
އަނެއްކާ އަނެއްބޯރިހުން. އަހަރެންނަށް ހީވަނީ އެންމެ ފަހުން ކޮންމެ ދެމަފިރިއަކަށް ސިޔާސީޕާޓީއެއް އޮންނާނެހެން. އޭރުން އެންމެ ފައިދާބޮޑުވާނީ ދުރަށްވިސްނައި ގިނައިން ދަރިން ހޯދައިފައި ތިބިމީހުންނަށްދޯ.......... އެހެންޏާ މިހާރު ހަފްތާއެއްގެ މައްޗަށް ސިޔާސީޕާޓީއެއް އެބައުފައްދާވިއްޔަ. "ޝިރޭ"
ބަރާބަރު ސަކަރާތް
0
  17 July, 2008 11:56:03
avatar
ދެން ގޯހެއް ނޫން ދޯ..ހެހެ .. އޭނަވެސް އޭނައަށް ވީވަރެއް ކުރާނެތާ ރައީސްކަމަށް އަންނަން....... އެކަމަކު 2 މަސް ދުވަހަށް ވީމަ ކޮން ސަކަރާތެއް ތީ..ވިސށަލް.{ހަވަރު}
ބަރާބަރު ސަކަރާތް
0
  17 July, 2008 10:30:01
avatar
ތިޔާޓެ ގައްދޫ މީހެންނަށް ހެއްލުންނޫދާ؟ މިކަލަސް މިވޮންނައު ޕާޓީ ގިނޭގެން. އަހަންނަށް ތުރާލެކެ ތިޔާޕާޓީއެކެ ނުހެދިޔެންފައި. ތިދެ އެމްޑީޕީގައިޔަސް ވޮންޑީޔޭ ރައީސްކަން ނުލެބުނެހޭލޭ ފެލެގެ. ތިމާއެދެނެކަމާ ނުވިޔަސް ފެލަންނަށް ނުވެންނައިކުންދާ؟[ހަންޖަރު]
ބަރާބަރު ސަކަރާތް
0
ޖުމްލަ: 4 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 4

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.00