ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ އޮފީހުގެ ފާރަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ގައްދޫ އޮފީހުގެ ފާރަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ފާރަށް ކަޅުތެޔޮ ޖަހާފައިވާ ތަން ކޮންމެވެސް ވަރަކަށް ސާފްކޮށްފައި

ކަޅުތެޔޮޖެހިކަމެއް ކަތީބަށް އެނގިވަޑައި ނުގަންނަވާ.

ގައްދޫ އޮފީހުގެ އިރުމަތީ ފަރާތު ބިތަށާއި މަގުމަތީ ފާރަށް ބަޔަކު ބުރާސްފަތި ދުވަހު ކަޅުތެޔޮ ޖަހައިފިއެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައިވޭތޯ ބަލާލުމަށްޓަކައި ގައްދޫ ކަތީބު އިސްމާއީލް ޝަމީމް އާއި ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އެކަމަކު ގައްދޫ އޮފީހުގެ މަސައްކަތު މީހާ އަބަދުވެސް ފާރުގައި ތިބޭ ހަޑިއެއްޗެހި ސާފުކުރާ ކަމަށާއި އެގޮތުން ފާރުގައި ތިބި އެއްޗެހި ތަކެއް ސާފްކުރާ ތަން ދެކުނު ކަމަށެވެ.

ނަމަވެސް ގައްދޫ އޮފީހުގެ މަސައްކަތުމީހާ ވަނީ އޭނާ ފާރަށްޖަހާފައިވާ ކަޅުތެޔޮ ތަކެއް ސާފްކޮށްފައިވާ ކަމަށް ބުނެފައެވެ. ރަށުގެ ކަތީބަށް އެނގިވަޑައިނުގެން މިފަދަ ކަމެއް ހިނގުމަށްފަހު އޮފީހުގެ މަސައްކަތުމީހާ އެއެއްޗެހިތައް ސާފުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (5 ލިބިއްޖެ):

  23 July, 2008 02:51:44
avatar
ބެހެންވީމަ ބެހޭނެ. ރައްޔިތުން އެއްވެގެން މުޒާހަރާ އެއްކުރިޔަސް ކަތީބަކަށް ނޭނގެ. އަންހެނުންގެ ކޮމެޓީއިން ކޯހެއް ހިންގިޔަސް ކަތީބަކަށް ނޭނގެ. ބޮޑުމިނުގައި 2 ކިލޯމީޓަރު ހަމަނުވާ، އާބާދީގައި 2000 މީހުންވެސް ހަމަނުވާ ރަށެއްގައި ހިނގާމިފަދަކަންތައްތައް ނޭނގޭ ވަރުގެ ބޭފުޅަކު އެމަގާމުގައި ހުރުމަކީ ރަނގަޅުކަމެއް ކަމަށް ނުފެނޭ.
ބަރާބަރު ސަކަރާތް
0
  23 July, 2008 08:49:49
avatar
ކަތީބާ ނުބެހޭތި . ކަމެއްވާއިރަށް ކަތީބާ ބެހުނީމަ ނިމުނީދޯ؟
ބަރާބަރު ސަކަރާތް
0
  23 July, 2008 03:54:17
avatar
ގައްދޫ ކަތީބެއް އެނގެނީ ކޮންކަމެއްބާ!!!!! ކިތަށްމެ ބޮޑު ހާދީޘާ އެއް ހިނގާގެންވެސް ކަތީބާ ސުވާލުކޮއްލުމުން ދުވަހަކވެސް ކަތީބަށް އެނގޭކޭކަމަކަށްނުވޭ!!! ކަތީބުގެ ޒިންމާ އަކީ ކޮބާބާ؟؟؟ ހެނދުނު 07:30 ގެ ޓައިއަޅާގެން އޮފީއަށް އައުންބާ؟؟؟؟؟؟
ބަރާބަރު ސަކަރާތް
0
  22 July, 2008 10:45:29
avatar
ބުއްދިގަބޫލުނުކުރެވޭ .ކަތީބަށް ނައަންގާ މަސައްކަތުމީހާ އެފަދަތަނެއް ސާފެއްނުކުރާނެ. އަދިހެއްވާ ކަމަކީ ގައްދޫގައި ކިތައްމެބޮޑުހާދިސާއެއްހިނގިޔަސް ކަތީބަށް އެއިންއެއްވެސްކަމެއް އެނގޭކަމަކަށްނުވޭ .މިއީ ކޮންކަހަލަ ކަތީބެއްބާ.
ބަރާބަރު ސަކަރާތް
0
  20 July, 2008 08:57:16
avatar
ހަމަ އަސްލުވެސް ސުވާލް އުފެދޭ ވަރުގެ ކަމެއް. އަބަދުވެސް މި ކަހަލަ ކޫސަނި ކަމެއް ކޮއްގެން ނޫނީ ކޮންމެސް ނުލަފާ ކަމެއްކޮއްގެން ގައްދޫ އޮންނަނީ ބަދުނާމުވެފަ. އަޅުގަނޑުމެން އެއްގޮތަކައް ވެސް ހިތް ހަމަ އެއް ނުޖެހޭ ރާއްޖޭ ގެ އެހެން ހިސާބު ތަކުގެ މީހުން ގައްދޫ އާއި މެދު ދެކޭގޮތް. އަބަދުވެސް ބުނާނީ ނުބައި ނުލަފާ ފާޙިޟް އަމަލު ތައް ކުރުމުގަ ކުރީ ސަފުގައި އުޅޭ މީހުން ގިނަ ރަށެކޭ. މިގޮތް ބަދަލް ކުރެވޭނީ ވެސް ހަމަ ގައްދޫ ރައްޔިތުންނައް. / ފަޒްނާ
ބަރާބަރު ސަކަރާތް
0
ޖުމްލަ: 5 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 5

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0