ފުރަތަމަ ސަފްހާ | ޚަބަރު | ކުއްލި ނުރައްކަލުން ސަލާމަތްވުމާއިބެހޭ ވޯކްޝޮޕެއް ގައްދޫގައި ފެށިގެން ކުރިޔަށް އެބަދޭ.

ކުއްލި ނުރައްކަލުން ސަލާމަތްވުމާއިބެހޭ ވޯކްޝޮޕެއް ގައްދޫގައި ފެށިގެން ކުރިޔަށް އެބަދޭ.

ފޮންޓް ސައިޒް: Decrease font Enlarge font
image ވަރކްޝޮޕްގެ ބައެއް ބައިވެރިން

ގދ އަތޮޅުމަދަރުސާގައި ކުރިޔަށްދާ ވޯރކްޝޮޕްގައި 40 ކަށް މީހުން ބައިވެރިވެފައވޭ..

ކުއްލި ނުރައްކަލުން ސަލާމަތްވެ ތިބުމާއި ބެހޭ  ތަމްރީނުދިނުމުގެ ވޯކްޝޮޕެއް ގައްދޫގައި ފެށިގެން  ކުރިޔަށް އެބަދެއެވެ. ރޭ 08:30 ގައި މި ވަރކްޝޮޕް ހުޅުއްވައިދެއްވާފައިވަނީ  ގައްދޫ ކުޑަކަތީބް އަލްފާޟިލް އަބުދުއްﷲ އިމާދެވެ މި ވޯކްޝޮޕަކީ އދ.ގެ އިކޮނޮމިކު އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ އެން އެސް ކޭޕް ) ގެ ދަށުން ކާރިސާތަކުން ލިބޭގެއްލުން ކުޑަކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަމާޒްކުރެވިގެން އެކުލަވާލެވިފައިވާ ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމެންޓް ޕޮރްގުރާމް ގެ ދަށުން ކުރިއަށް ގެންދާ ވަރކް ޝޮޕެކެވެ. މި ވަރކްޝޮޕް  އަތޮޅުގެ 7 ރަށެއްގައި ހިންގުމަށް ހަމަޖެހިފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ

 މިޕްރޮގުރާމް ކުރިޔަށް ގެންދަނީ  ޔޫ އެންޑީޕީ ޑިޒާސްޓަރ މެނޭޖްމެންޓް ޕޮރްގުރާމް އާއި ޑިޕާޓްމެންޓް އޮފް މިޓިއުރޮލަޖީ އާއި މިނިސްޓްރީ އޮފް އެޓޯލްސް ޑިވަލޮޕްމެންޓާއި އަދި  ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ގުޅިގެންނެވެ. .

 މިވޯކްޝޮޕާއި ބެހޭ  މައުލޫމާތު ދިނުމަށްޓަކައި މިދިޔަ ޖޫންމަހުގެ ތެރޭގައި ބޭއްވުނު ބައްދަލުވުމުން ނިންމާފައިވާ ގޮތާއި ބައެއް ކަންކަން ތަފާތު ވެފައިވާތީވެ  ވޯކްޝޮޕުގެ ބައިވެރިއަކު ހިތްހަމަނުޖެހުންފާޅުކުރެއްވިއެވެ.

  ގާތްގަޑަކަށް ސާޅީހަކަށް ބައިވެރިން ހާޟިރުވި މި ވޯކްޝޮޕް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެވެސް  08:30 އިން  10:30 އަށް 5 ދުވަހުގެ މުއްދަތަކަށެވެ.  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  03 August, 2008 02:58:07
avatar
ގައްދޫ އަކީ އެންމެ ބަނދަރެއް އޮންނަ ތަނެއް. ދެން ކީއްވެ އެތަނުން އަރުވާ އެއްޗެހި ނުހިފެހެއްޓެންވީ؟ މީ ހަމަ އަލުގަނޑުމެންގެ ލޮބުވެތި ސަރުކާރު ގެ ދޯދިޔާކަން ކޮންމެމީ ހަކު ވެސް ރަންގަޅަށް ވިސްނާލީމަ އިނގޭ.
ބަރާބަރު ސަކަރާތް
0
  24 July, 2008 11:23:49
avatar
ތިތާ ތިތިއްބެވީ ކަމެއް ކުރެވޭވަރުގެ ބައެއްހެނެއް ހިއެއްނުވޭ .
ބަރާބަރު ސަކަރާތް
0
  24 July, 2008 11:17:02
avatar
ސާބަހޭ ތިކަހަލަ ވޯކްޝޮޕްތައް ބާއްވާކަން ހާދަ ރަނގަޅޭ. ކުއްލި ނުރައްކާތަކުގެ ސަބަބުން ގައްދޫ އެއޮތީ ދާއިމީ ބިރުވެރިކަމުގެ އަނދަވަޅަކަށް ވެއްޓިފައި.ސަލާމަތްކަންހުރި ހިޔާވައްސެއްގެ މަލަމަތިވެސް ފެންނާކަށް ނެތް.ބާއްޖަވެރި މުސްތަޤުބަލެއް ނެތް. މިއީ ހައްތަހާވެސް ހިތާމަކުރާ ކަންތައްތައް..މިދައްކަނީ ގައްދޫގެ މަސްތުވާތަކެތީގެ މައްސަލަ. އެންމެ ހިތާމަކުރަނީ ގައްދޫ އިން އަންހެންކުއްޖަކަށް ކަމުދާ ޒުވާންފުރައިގެ ފިރިހެންކުއްޖަކު ނެތްކަމަށްޓަކައި.ނުވިތާކަށް ދެން އަންނަން އޮތް ޖީލަށްވެސް މިކަމުގެ ޚަބަރު މިހާރި ވަނީ ލިބިފައި.ހިތާމައިގެ ކޮޅެއްނެތް.
ބަރާބަރު ސަކަރާތް
0
  24 July, 2008 10:14:14
avatar
ކުރިން ގައްދޫ މީހުންގެ ފަރާތުން ތިކަހަލަ ކަންތަކެއް ދިމާވި. އެކަމަކު މިހާރު ހީވަނީ ގައްދޫ ވަރަށް ބޮޑު ތަން ބަދަލުވެއްޖެހެން. މިފަހަކުން އެކަހަލަ އަޑުތަކެއް ގައްދޫ އެކޭ ކިޔާފައި އަޑެއްނީވޭ. ހީވަނީ ގައްދޫ މީހުނަށް ވިސްނުނީހެން.
ބަރާބަރު ސަކަރާތް
0
  23 July, 2008 09:56:36
avatar
ކޮމެންޓު ކުރިޔަސް ތީތަންކޮޅެއް ބޮޑުވަރުދޯ؟ ގައްދޫ މިހުންނަކީ ރީތިބަޔެކޭ އެކަމަކު ރަށަށް އަރާބީރައްޓެހިން ގައިގާ ތަޅާތީ. އެކަން ހުއްޓާލީމާ ގައްދޫ މުޅިން އޯކޭވީ.
ބަރާބަރު ސަކަރާތް
0
  23 July, 2008 08:47:15
avatar
ހާދަ ސަޅި ބިޓުންނޭދޯ ގައްދޫގައި ތިބެނީ. ފިރިހެންކުދިން އަދި މާރީތި.
އިއްޔެ ލާފަ އިން ފޮޓޯ ލައިދީބަ ޕްލީޒް.
ބަރާބަރު ސަކަރާތް
0
  22 July, 2008 02:38:39
avatar
އަލޭ ކީއްވެތަ ތަންކޮޅެއް ސަޅި ފޮޓޯއެއް ނުލީ! ހުސްފިރިހެނުންތަ ބައިވެރިވީ؟
ބަރާބަރު ސަކަރާތް
0
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0