ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ރަށްވެހިގޭގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ފައްޓައިފި

ގައްދޫ ރަށްވެހިގޭގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ފައްޓައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image

31 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފާރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރިންދާގެ އަހުމަދު ރަޝީދާ

ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން އެސްޓިމޭޓް އުސޫލުން ބަޔަކާއި ހަވާލުކޮށްގެން ގައްދޫ ރަށްވެހިގޭގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް ފައްޓައިފިއެވެ.

31 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ގައްދޫ ސަރިންދާގެ އަހުމަދު ރަޝީދާއި ހަވާލުކޮށްފައިވާ  މިމަސައްކަތުގެ ޖުމްލަ އަގަކީ 79600/- އެވެ. މިގޮތުން އުސްކުރުމަށް ހަމަޖެހިފައިވާ ފާރުތަކަކީ ރަށްވެހިގޭގެ ހުޅަނގު ފާރާއި ދެކުނު ފަރާތުގެ ފާރުކަމަށްވެއެވެ. ހުޅަނގުމަތީފާރުގެ ބޮޑުބައެއް ކްންކްރީޓް ފައުންޑޭޝަން އަޅައިގެން އެޅިގަލުން ރާނާ ގޮތަށް ހަމަޖެހިފައިވީނަމަވެސް ދެކުނުފަރާތުގެ ފާރު އުސްކުރަން ހަމަޖެހިފައިވަނީ އިހުގެ ފާރުގެމަތީ އެޅިގަލުން ރާނައިގެންނެވެ. 

ތަފާތު ސަބަބު ތަކާއި ހުރެ މިމަސައްކަތަށް ހުށަހެޅި އެސްޓިމޭޓްތައް ދެ ފަހަރެއްގެ މަތިން ކެންސަލްކޮށްފައިވާ ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައި ވެއެވެ.

ގައްދޫ ރަށްވެހިގެ އިމާރާތް ކުރުމަށްޓަކައި ކުރީގެ އެޓޮލްސް މިނިސްޓަރ އަބުދުﷲ ހަމީދު އެޅުއްވި ބިންގާ އެމަސައްކަތް ނުފެށިގިނަ ދުވަސްތަކެއް ވަމުން ދިޔުމުގެ ސަބަބުން ވަނީ މުޅިން ފެހި ޖަހާ ފީވެފައެވެ. އަދި ސަރުކާރުން މިމަސައްކަތް ކުރާގޮތަށް ހަމަޖެހިފައިނުވާކަން ޔަގީންވުމުން ގައްދޫ ރަށްކުރިއަރުވާކޮމިޓީން ވަނީ ކުރީގެ ބާ އިމާރާތް އަލުން މަރާމާތު ކޮށްފައެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00