ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގެ ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ގާތައް ގެންނަން ފަށައިފި

ގައްދޫގެ ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ގާތައް ގެންނަން ފަށައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ގާތައް ބަނދަރު ސަރަހައްދުގައި.

ފުރަތަމަ ބުރުގައި 3000 ގާވަނީ ގައްދުއަށް ގެނެސްފައި.

ގައްދޫގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ގާތައް ގައްދުއަށް ގެންނަން ފަށައިފިއެވެ.  މިގޮތުން ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ސާޅީސް ދެހާސް ގަލުގެ ތެރެއިން ތިންހާސް ގާ ހިފައިގެން ބާޖެއްވަނީ ގައްދޫގެ ބަދަރަށް އައިސްފައެވެ. ބާޖަށް ފަހަރަކު ލޯޑް ކުރެވެނީ 3000 ގާ ކަމަށް އެނގިފައިވެއެވެ.

މިއަދު ހެނދުނު ގައްދޫ އަށް ބަނދަރުކުރި މިބާޖުން ގާ ބޭލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިކަމުގެ އިތުރު ތަފްސީލް ހޯދާލުމަށްޓަކައި ގައްދޫގެ ރިވެޓްމެންޓް ޖެހުމަށްބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި ހަވާލުވެހުންނެވި ގައްދޫ ގައުމާތުގެ މުހަންމަދު ރަޝީދު އާއި ގުޅަންކުރި މަސައްކަތް ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން ވަނީ ނާކާމިޔާބު ވެފައެވެ.

  އަދި މިކަމާއި ބެހޭގޮތުން ގައްދޫ ކަތީބު އިސްމާއީލް ޝަމީމު އާއި ގުޅާލުމުން  ވިދާޅުވީ  އޭނާ އަށްވެސް އަދިމިހާތަނަށް  މާ ބޮޑު މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، ރިވެޓްމެންޓް ޖެހުމާއި ބެހޭ މައުލޫމާތު އިރާދަކުރެއްވިއްޔާ މާދަމާ ހިސާބުގައި ލިބޭނެކަމަށާއި އެއިރުން ތަފްސީލްކޮށް ދޭނެކަމަށެވެ

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  27 July, 2008 06:31:43
avatar
ރިވެޓްމެންޓް ޖެހުމަށް ގެންދިޔަ ގަލަކީ ވަރަށް ފެންވަރު ދަށް ގާތަކެއްކަމަށް މައުލޫމާތު ލިބޭ. މީ ކޮންކަހަލަ ވާހަކައެއް؟ މާލޭގައި ހުރި ގައްދޫ ރައްޔިތެއް.
ބަރާބަރު ސަކަރާތް
0
  26 July, 2008 10:37:18
avatar
ބުއްދިގަބޫލުކުރެވޭތޯ.ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ގާތައް ގައްދުއަށް ގެންދިއުމާއި ގާއެތުރުމަށް އެސްޓިމޭޓް ހުށަހެޅުމަށް ބޭނުންވާފަރާތްތަކަށް މައުލޫމާތުދިނުމާއި'އެސްޓިމޭޓް ބަލައިގަތުން ގައްދޫ އޮފީހުންވެސް ކުރިއަށްގެންދިޔަ.ވީއިރު އަދިމިހާތަނަށް މާ ބޮޑު މައުލޫމާތެއް ލިބިފައިނުވާ ކަމަށް ކަތީބު ޝަމީމް ވިދާޅުވިޔަސް ކިހިނެއްތޯ އެކަންގަބޫލުކުރާނީ.މީގެކުރިންވެސް ކަތީބަކަށް އެނގޭ އެއްވެސްކަމެއް ނުހުރޭ.މިކަހަލަ ދޮގުހަދާ ކަތީބުންނަށް ކިހިނެއް މިވަރުން އިތުބާރުކުރާނީ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00