އޮޅުއަލަ އާއި ބެހޭރިޕޯރޓް އެކުލަވާ ލެއްވުމަށްޓަކައި ވަޑައިގެންނެވި ކޮންސަލްޓަންޓް ގައްދޫ ޕަރޓްނަރޝިޕް ގްރޫޕަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
މިޕްރޮޖެކްޓްގައި ނަމޫނާ އޮޅުއަލަ ދަނޑުތަކެއް ހަދާ ގޮތަށް ހަމަޖެހިފައިވޭ.
ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ގދ. ގައްދު އާއި ގދ. ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ އޮޅުއަލައާއި ބެހޭ ދިރާސާ ރިޕޯރޓެއް އެކުލަވާލުމަށްޓަކައި އޮސްޓްރޭލިއާގެ ކޮންސަލްޓެންޓެއް މިދެރަށުގައި މަސައްކަތްކުރެއްވުމަށްފަހު އެކަމާއިބެހޭ ބައެއް ތަފްސީލް ތައް ގައްދޫ ޕަރޓްނަރޝިޕް ގްރޕާއި ހިއްސާކޮށްލުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ބާއްވައިފައިވަނީ ރޭ 08:30 ގައި ގައްދޫ އޮފީހުގެ ކޮންފަރެންސް ރޫމްގައެވެ.
މިބައްދަލުވުމުގައި އޭނާ ވިދާޅުވިގޮތުގައި ގަމުގެ އަލަ އޮޅުދަނޑުތަކަކީ އެހެން ގައުމުތަކުގެ ދަނޑުތަކާއި އަޅާބަލާއިރު އުފެއްދުންތެރިކަން ރަނގަޅު ދަނޑުތަކެއް ކަމަށާއި އަދި މިދަނޑުތަކުން ސީރިއަސް ބަލިތަކެއް ފެނިފައި ނުވާ ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޅުއަލައިގެ ތަފާތު 9 ވައްތަރެއްގެ އަލަ ހައްދަމުންގެންދާކަމަށާއި އޭގެ ތެރޭގައި ޗަކަވެލީގައި ހެދޭ ވައްތަރަކާއި އަދި ހިކިފަސްތަންތަނުގައި ހައްދާ ވައްތަރުތަކެއް ހިމެނޭކަމަށްއޭނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް އޮޅުއަލައިގެ ފަތަކީވެސް ނިއުޓްރިޝަނަލްގެ ގޮތުން ވަރަށް ފައިދާހުރި އެއްޗެއް ކަމަށާއި އެހެންނަމަވެސް ގައްދޫ ރައްޔިތުން އޮޅުއަލައިގެ ފަތުން ތަފާތު އެއްޗެހި ހަދައިގެން ބޭނުންކުރާކަމެއް އެނގިވަޑައިގެންފައި ނުވާކަމަށާއި، ފަތުން ތައްޔާރުކުރާ ސަޓަނި އާއި ސޫޕާއި އަދި އޮޅުއަލައިން ހަދާ އެހެނިހެންވެސް ގިނަ އުފެއްދުންތަކަކީ ޓޫރިސްޓް މަރކެޓަށް ނެރެވިދާނެ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިޕްރޮޖެކްޓްގައި ނަމޫނާ އޮޅުއަލަ ދަނޑުތަކެއް ތައްޔާރުކުރާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ. މި ދަނޑުތައް ތައްޔާރު ކުރާ ގޮތަށް ހަމަޖެހިފައިވަނީ ގައްދޫގައި މިހާރުވެސް އޮޅުއަލަ ދަނޑުތައް ހައްދާ މީހުން ބައިވެރިކޮށްގެން ނެވެ. މިގޮތުން އާންމު އިއުލާނެއް ކުރުމަށްފަހު ކުރިމަތިލާފަރާތްތަކުގެ ތެރޭގައި ގުރުއަތު ލުމަށްފަހު ގުރުއަތުން ހޮވޭބައެއް މިކަމަށް ކަނޑައެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
ވިއްސާރަ މޫސުމްގައި ގަމުގެ އޮޅުއަލަ ދަނޑުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތި ވަމުންދާތީވެ އެކަންހައްލުކުރުމަށް ފަރުމާ ކުރާ ސިސްޓަމް ގެ ކޮންސަލްޓެންސީ ހެދުމަށްޓަކައި ކަމާއި ބެހޭ ތަޖްރިބާ ކާރެއްވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ގައްދއަށް ވަޑައިގަންނަވާނެ ކަމަށް މިބައްދަލުވުމުގައި ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް އަބޫބަކުރު މުހައްމަދު ވިދާޅުވިއެވެ.
ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ދެވަނަ ބައްދަލުވުން އަންނަ އޮގަސްޓްމަހުގެ 2 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކޮމެންޓްސް ފުނުއްވާ