ގައްދޫގެ އޮފީހުގެ ފާރު ސްކްރީންގެ ގޮތުގައި ބޭނުން ކޮށްގެން އިއްތިހާދުގެ ޖަލްސާއެއް ދެއްކި މައްސަލައިގައި ބަޔަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި
ރަށު އޮފީހުން ޕޮލިހަށް މައްސަލަ ހުށަހެޅީ ބަޔަކު އެމައްސަލަ އޮފީހަށް ރިޕޯރޓް ކުރުމުގެ ސަބަބުން އެކަންހުއްޓާލުމަށް އެފަރާތްތަކަށް އެންގުމުންވެސް ނުހުއްޓައިގެން ކަމަށްވޭ.
ގައްދޫ އޮފީހުގެ ފާރަށް ޕްރޮޖެކްޓަރގެ ލައިޓް އަޅުވައިގެން އިއްތިހާދުގެ ޖަލްސާއެއް ދެއްކި މައްސަލައެއްގައި ތިންމީހަކު ގައްދޫ ޕްލިސް ސްޓޭޝަނަށް ހާޒިރުކޮށް އެކަން ހުއްޓުމަށް އަންގާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރޭގެވަގުތެއްގައި މިޖަލްސާ ގެ ރެކޯޑިންގ ދައްކާފައިވަނީ އޮފީސްކައިރީގައި ހުރި ފިހާރައެއްގައި ޕްރޮޖެކްޓަރ ބަހައްޓައިގެން ރަށު އޮފީހުގެ ފާރު ސްކްރީނެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން މި ޖަލްސާގެ ވީޑިއޯ ރަށުގެ އެކި ސަރަހައްދުތަކުގައި ދައްކަމުންދާ ކަމަށް އެނގިފައިވެއެވެ.
ރޭގައި މިމައްސަލަ ދިމާވުމުން ފުލުހުން ވަނީ އެތަނަށްގޮސް ފޮޓޯނަގައި އަދި ޕްރްޖެކްޓަރ ނިއްވާލުމަށް އަންގާފައިވާ ކަމަށް މައލޫމާތު ލިބިފައި ވެއެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މަގު ބަންދުވުމުގެ ސަބަބުން ބަޔަކު ގައްދޫ އޮފީހުގައި އެކަން ރިޕޯރޓް ކުރުމުން އެފަރާތްތަކަށް އެކަންހުއްޓާލުމަށް އެންގުމުންވެސް ހުއްޓާނުލުމުގެ ސަބަބުން ކަމަށް ގައްދޫ ކުޑަކަތީބު އަބްދުﷲ އިމާދު ވިދާޅުވިއެވެ.
އިއްތިހާދުގެ ވީޑިއޯ މިރޭވެސް އެސަރަހައްދުގައި ދެއްކިއެވެ. ނަމަވެސް މިރޭ ސްކްރީނެއްގެ ގޮތުން ލައިޓް އަޅުވާފައިވަނީ ކުރިން ޕްރޮޖެކްޓަރ ބަހައްޓާފައިވާ ފިހާރާއިގެ ފާރު ބޭނުންކޮށްގެންނެވެ.



ކޮމެންޓްސް ފުނުއްވާ