މާވެއްދޫ އެއަރޕޯރޓް އެޅުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދޭ.
ރަސްމީގޮތުން މަސައްކަތް ފެއްޓުމަށްޓަކައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވޭ.
ގދ ގައްދު އާއި އެއްފަޅަކަށް އޮންނަ ގދ. މާވެއްދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯރޓް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މިކަމާއި ބެހޭ ގޮތުން އިތުރު މައލޫމާތު ހޯދާލުމަށްޓަކައި އެއިމް އާއި ގުޅާލުމުން އެފަރާތުން ވިދާޅުވީ ނުރަސްމީ ގޮތެއްގައި މަސައްކަތް ފެށިގެންކުރިޔަށް އެބަދާކަމަށެވެ. ނަމަވެސް އެއަރޕޯރޓް ގެ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ވަރަށް އަވަސް މުސްތަގްބަލެއްގެ ތެރޭގައި މާވެއްދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ. ކުރިން އޮތީ މިދިޔަ މަހުގައި ރަސްމީ ގޮތުން މަސައްކަތް ފެއްޓުމަށްޓަކައި ވަޑައިގަންނަވާގޮތަށް ކަމަށާއި ނަމަވެސް ދިމާވި ސަބަބުތަކާއި ހުރެ އެތާރީޚްގައި އެމަނިކުފާނަށް ވަޑައިގެންނެވޭ ގޮތް ނުވީ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
ހުވަދު އަތޮޅުގައި ކާޑެއްދޫގެ އިތުރުން ދެ އެއަރޕޯރޓެއް ތަރައްގީ ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އެއީ ގދ. ގައްދޫ އެއަރޕޯރޓާއި ގއ. ވިލިނގިލީގައި ތަރައްގީ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ އެއަރޕޯރޓެވެ.



ޝުކްރިއްޔާ!!!!
ކޮމެންޓްސް ފުނުއްވާ