ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގެ ފަޅު ތިލަވުމުގެ ސަބަބުން ވީނަސްބޯޓް ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެ

ގައްދޫގެ ފަޅު ތިލަވުމުގެ ސަބަބުން ވީނަސްބޯޓް ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދޫ ޖެޓީއަށްބޯޓެއް ކައިރިކުރަނީ

ފަޅުތިލަވުމާއި ފަޅުގެ ޖާގަނެތުމުގެ މައްސަލަ ދަނީ ކުރިމަތިވަމުން

އިއްޔެ ރޭފަތިހުގެ ވަގުތެއްގައި ގައްދުއަށް މުދާހިފައިގެން އައި ބޯޓެއްކަމުގައިވާ ވީނަސްބޯޓް ގައްދޫގެ ފަޅުތިލަވުމުގެ ސަބަބުން ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.

މި ބޯޓް ގައްދުއަށް ފަތިހުގެ ވަގުތެއްގައި ބަނދަރުކުރި ނަމަވެސް މިމައްސަލަ ދިމާވުމުގެ ސަބަބުން ހެނދުނު 09:00 އާއި ހަމައަށް މުދާނުބޭލި ފަޅުތެރޭގައި އޮންނަން ޖެހުނު ކަމަށްވެއެވެ.

ގައްދޫގެ ފަޅަކީ ރާއްޖޭގައި އެންމެފުރަތަމަ ފަޅުފުންކުރި ދުވަސްވަރު ކޮނެފައިވާ ފަޅެއްކަމަށްވުމުގެ ސަބަބުން މިހާރު ފަޅުވަނީ ވަރަށްބޮޑަށް ތިލަވެ ފަޅުގެ ބޭނުންކުރާ އުޅަނދު ފަހަރުތަކަށް ދަނީ ގިނަގުނަ ދަތިތަކެއް ދިމާވަމުންނެވެ. އަދި މީގެ އިތުރަށް ފަޅުގެ ޖާގަ ކުޑަވުމުގެ މައްސަލަ ވެސް ވަނީ ކުރިމަތި ވެފައެވެ.

ގައްދޫގެ ބަނދަރުބޭނުންކުރުމުގައި ގިނަދަތިތަކެއް ދިމާވަމުން ދިޔަނަމަވެސް ބަނދަރު ހެދޭނެ ދުވަހެއް ކައިރި މުސްތަގްބަލެއްގައި ފެންނާކަށްނެތެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  31 July, 2008 12:49:31
avatar
ކޮންކަމެއް ކުރެވޭނީ؟ އެކިޔަނީ ބަޖެޓްގައި ލާރިއެއްނެތޭ. އެހެންވީމަ ބަނދަރެއް ކިއްކުރަން އެހެންކަމެއްވެސް ނުކުރެވޭނެ.
ބަރާބަރު ސަކަރާތް
0
  31 July, 2008 11:30:45
avatar
ގައްދޫ ބަނދަރު މިއިންދުވަހަކު އަޕްގްރޭޑް ކުރުމަށް ލިސްޓްކޮށްފައި ނުވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ވިދާޅުވި. އެހެން ކަމުން އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ. ޔާމީން
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0