ފުރަތަމަ ސަފްހާ | ޚަބަރު | ސާފް ޗެމްޕިޔަންޝިޕް ތަށި ގައްދުއަށް އެރުވިޔަ ނުދިނުމަށް އެދި ބަޔަކު ރަށުއޮފީހަށް ހިގައްޖެ

ސާފް ޗެމްޕިޔަންޝިޕް ތަށި ގައްދުއަށް އެރުވިޔަ ނުދިނުމަށް އެދި ބަޔަކު ރަށުއޮފީހަށް ހިގައްޖެ

ފޮންޓް ސައިޒް: Decrease font Enlarge font

މިމައްސަލައިގައި ރައްޔިތުން ހިތްހަމަނުޖެހޭކަން އެންގުމަށްޓަކައި ތިރީހަކަށް މީހުން އޮފީހަށް ދިޔަކަމަށް އެނގިފައިވޭ.

ސާފް ޗެމްޕިޔަންޝިޕްގެ ތަށި ގައްދުއަށް އެރުވިޔަނުދިނުމަށް އެދި ގައްދޫގެ ރައްޔިތުންގެ ބަޔަކު މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ގައްދޫ އޮފީހަށް ގޮސްފިކަމަށް ޚަބަރު ލިބިއްޖެއެވެ.

މިގޮތުން ރައްޔިތުންގެ 30 ހަކަށް މީހުން ގައްދޫ ކަތީބު އިސްމާއީލް ޝަމީމާއި ބައްދަލުކޮށްފައިވާކަމަށް ވަނީ އެނގިފައެވެ. އެމީހުން ކަތީބަށް ދެންނެވިކަމަށްވަނީ ރާއްޖެ މިއަދު އޮތް ހާލަތަށް ވިސްނާއިރު ގައްދުއަށް ތަށިގެނައުމަކީ ބޭކާރު ޚަރަދެއްކަމަށެވެ. އަދި ގައްދޫގެ ފާޚާނާ ނިޒާމްވެސް ގާއިމްނުވެފައިވަނީ ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުންކަމަށް އެނގިފައިވާއިރު، މިފަދަ ބޮޑު ޚަރަދެއް ކުރުމަކީ ރައްޔިތުން އެދޭކަމެއް ނޫންކަމަށެވެ.

ރަށު އޮފީހަށް ހާޒިރުވި ބޭފުޅެއް ވިދާޅުވިގޮތުގައި ކަތީބު ވަނީ ރައްޔިތުން އެދޭގޮތް އަތޮޅުވެރިންނަށް ދަންނަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގައްދުއަށް ތަށިގެންނަގޮތަށް ހަމަޖެހިފައި ވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  07 August, 2008 12:54:58
avatar
ދެން ހަމަ ސާބަސް!!!!!!!!!!
ތި ކުރި ކަމަކުން ހަރަދު އިތުރު ހަމަ ގައިމުވެސް
ސާބަސް ސާބަސް ސާބަސް . . . .
ބަރާބަރު ސަކަރާތް
0
  01 August, 2008 07:51:56
avatar
ތިބޭފުޅާތިގޮތަށްވާހަކަ ދައްކާއިރު ސަރުކާރުން ރައްޔިތުން ކުރިއަރަމުންދާ މިންވަރު އެނަލައިޒް ނުކުރީ ކީއްވެ؟ ރައްޔިތުންގެ އަސާސީ ޚިދުމަތް ފޯރުކޮށްދެވޭ މިންވަރަށް ރާއްޖެއަށް ލާރިލިބޭ ޖީ8ގެ ގައުމަކަށް ނުވިޔަކަސް. ކީއްވެ އެއްވެސް ޕްލޭނެއްނެތި 150ހަކަށް މީހުންއުޅޭރަށްރަށަށްވެސް މިލިއަނުން ޚަރަދުކުރަނީ؟ ރާއްޖެއަށް ލިބޭ ލާރި އެންމެ އެފިޝިއެންޓްކޮށް މެނޭޖްނުކުރެވެނީ ކީއްވެ؟ ރާއްޖޭގެ ތަރައްގީ ހަލުވިކަމާއިއެކު ކުރިޔަށް ދެވެންއޮތީ ރަށްތައް އެއްފަސްކޮށްގެން ކަމަށްވީއިރު ނަމެއްގައި މިހުރިހާ ދުވަހަކު އެޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ކީއްވެ؟ އާބާދީ ބޮޑެތި ރަށްތައް އެއްކައިރިކޮށްފައި އާބާދީގެ ގޮތުން ކުޑަރަށްތަކެއްގައި އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ ބޭނުމުގައި ޕްރްޖެކްޓްތައް ހިންގަނީ ކީއްވެ؟ މިކަހަލަ ކިތަންމެ މައްސަލައެއް އެބައުޅޭ. ރާއްޖެ މިވަގުތު މިވަނީ އިގްތިސާދީ އަޑިގަނޑެއްގައި. އެހެންވީއިރު 1.5 މިލިއަން ރުފިޔާ ރައްޔިތުންގެ ޒަރޫރޫ ބޭނުންތައް ފުއްދުމަށްޓަކައި ޚަރަދުކުރަން ބެހެއްޓިނަމަ މާފުރިހަމަވީސް. އާބާދީގައި 200 މީހުން އޅެފައި އަތޮޅުވެރިކަން ނުކުރާ ރަށެއްގައި 4000 މީހުން އޅުނަސް އަތޮޅުވެރިކަން ކުރާރަށެއްގެ ލަގަބު ލިބިއްޖެނަމަ އެރަށަކަށް އިސްކަންދީ އާބާދީގޮތުން ބޮޑުރަށްއޮންނަނީ އެއްކައިރިކޮށްފައި. މީމިކަން ވާންވީ ގޮތެއްނޫން.
ބަރާބަރު ސަކަރާތް
0
  01 August, 2008 01:21:13
avatar
ގައްދޫގެ ނަރުދަމާ ނިޒާމް.. އެހެންރައްރަށުގެ މަތި ހިޔާކުރުން، ދެނތިބި ރައްރަށުގެ ގޭތެރެ އެއަރކޯންކުރުން....މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މިފަހަރު ޑޮމެސްޓިކް އެއަރޕޯރޓެއް.... ހަނދާންކޮށް މިކަންތައް ނުކޮށްދީފިއްޔާ ވޯޓްނުދޭތި....ބަލަ ގައުމަކީ ޖީ8ގެ ގައުމެއްތޯ...ތީދެން ބޮޑުވަރެއް.....ވެބްސައިޓްގައި ކޮމެންޓްލިޔަން ވަންނަގޮތަށް މުޅިދުނިޔޭގެ ގައުމުތަކާއި އެގައުމުތަކުގެ ހާލަތާއި ދިމާވެފައި ހުރި ގޮންޖެހުންވެސް ބެލޭނެ...އަމިއްލަ ގައުމުގެ ހާލަތު ބަދަލުކުރާނީ އަމިއްލައަށް...އެދުން ފުއްދޭނީ އެވަރު ހުރެގެން ... ވީމާ، ވަރުހުރި މިންގަނޑު ތިކުދިން ސާފުކުރަންވީ.. ގައުމުގައި އެކިފެންވަރުގެ އިގްތިސާދީ މާހިރުން އެބަތިބި...ޓީޗަރުންނަށް މުސާރަ ބޮޑުކުރަން ފައިސާދެވޭނެ ވަރެއް ނެތޭ މިއަދުދުބުނީ ތިއަތޮޅުގެ ދަރިއެއް(ފިނޭންސް މިނިސްޓަރ). ދެން ވެރިކަން ކުރާ ޕާޓީގެ ހަރުގޭގައި ގައުމުގެ އިގްތިސާދާއި ބެހޭ ގޮތުން މިރޭ ވާހަކަދެއްކީ ތިރަށު މުނީރު....އޭނަހުރިހާވާހަކއެއްވެސް ދެއްކީ އޭގެ ހެކިތަކާ ދަލީލުތަކާ އެކު.."ޝުކުރިއްޔާ"
ބަރާބަރު ސަކަރާތް
0
  31 July, 2008 09:47:00
avatar
އެއްގޮތަކަށްވެސް ތަށި އެރުވާނެކަމެއްނެތް !!! މައުމޫން ކެންޕެއިން ކުރަން އޭނަ ހިތުން ކުރާނެ ކަމެއް . ސުނާމީގަ ހާލުގަ ޖެހިފައި ކިތައްމީހުން މިހާރުވެސް ބިކަ ހާލުގައި ޖެހިފަތބީ... އެކަމަކުވެސް އޭނަ ލާރި ގަޑު ތަޅާ ބާލަނީ.
ބަރާބަރު ސަކަރާތް
0
  31 July, 2008 08:04:09
avatar
ކަތީބަށް އަޅުގަނޑު ދަންނަވަން އޮތީ ދާދި ފަހުން މާލެ ދުރުވެ އެނާޖީ މިނިސްޓަރާއި ބައްދަލުކުރުމުން ވިދާޅުވީ ކީކޭތޯ؟ ބަޖެޓެއް ނެތޭ ލިބޭނެކަމުގެ އުންމީދެއްވެސް ފިނޭންސް މިނިސްޓަރ ނުދެއްވާކަމަށް. ދެން މިކަމުގައި ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް އަމަލުކުރެއްވުމަކީ ކަތީބުގެ ޒިއްމާއެއް. އަޅުގަނޑުމެން މިތިބީ ބަލަން.
ބަރާބަރު ސަކަރާތް
0
  31 July, 2008 08:01:10
avatar
އެއްގޮތަކަށް ވެސް ގައްދޫއަށް ތިޔަ ތަށި އަރުވަދީގެންނުވާނެ. ރައްޔިތުން ތަޣައްޔަރުވެފައިވާ ފެނުގެ ބޭނުންކުރުމަށް މަޖުބޫރުކޮށް، ނަރުދަމާ ނިޒާމެއް ގާއިމުކޮށް ދެވޭނެ ފައިސާ ނެތްކަމަށް ބުނާއިރު ތަށި ހިފައިގެން މިލިޔަން ރުފިޔާ ޚަރަދުކުރުމަށް އެއްވެސް ޖެހިލުމެއް ނެތި ސިޔާސީ ދަތުރުތައްކޮށް ގައްދޫއަށް ދިއުމަކީ އަޅުގަނޑުމެންގެ މޫނުމަތީގައި އަޅާ ތަފާލަކަށް ނޫން އެހެންކަމަކަށް ނުވާނެ. ތިނަދޫ ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް ފަންޑް ހޯދީވެސް ދާދި ފަހުން ގައްދޫ ނަރުދަމާ ނިޒާމްގެ މައްސަލައެއް ކުރިމަތިވެ، ސަރުކާރުގައި އެތަށްގޮތްގޮތަށް ދަންނަވާފައި ވަނިކޮށް. އެހެންވީއިރު ރައްޔިތުން ރުއްސަން ދައްކާ އެއްވެސް ދަޅައެއް ބަލައިގަތުމަކީ އެގޮތް ރައްޔިތުން ރުހޭކަން ދެއްކުން. އެހެންނޫންތޯ؟
ބަރާބަރު ސަކަރާތް
0
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0