ފުރަތަމަ ސަފްހާ | ޚަބަރު | ގއ.ގެ ފަސްރަށަކުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ތަށިއެރުވިޔަނުދީ ފުނުވާލައިފައިވާ ކަމަށް ޚަބަރުލިބިއްޖެ.

ގއ.ގެ ފަސްރަށަކުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ތަށިއެރުވިޔަނުދީ ފުނުވާލައިފައިވާ ކަމަށް ޚަބަރުލިބިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font

ތަށި އެރުވިޔަ ނުދީ ފޮނުވާލައިފައިވާ ރަށްތަކަކީ ގއ. ކޮލަމާފުއްޓާއި މާމެންދޫ، ނިލަންދޫ، ދާންދޫ އަދި ކޮނޑޭ ކަމަށްވޭ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރުގައި ހުވަދުއަތޮޅު އުތުރުބުރީގެ ފަސްރަށަކުން ތަށި ނާރުވާ އަނބުރާ ފޮނުވާލައިފިކަމަށް ކަބަރުލިބިއްޖެއެވެ.

މިގޮތުން މިހާތަނަށް ތަށި ނާރުވާ ފޮނުވާލާފައިވާ ކަމަށް އެނގިފައިވާ ރަށްތަކަކީ ކޮލަމާފުއްޓާއި މާމެންދުއާއި ނިލަންދޫ އަދި ދާންދު އާއި ކޮނޑޭ އިންނެވެ. މިއަދު ހެނދުނު ތަށި ހިފައިގެން ގއ. ކޮލަމާފުށްޓަށް ދިޔައިރު އެރަށު ކަނޑިންމައިން ލޯންޗަށް ނުވަދެވޭ ގޮތަށް ދެ މަސްދޯނިން ކަނޑިންމަ ހުރަސްކޮށް ބާއްވާފައިވާ ކަމަށްވެއެވެ. އަދި އެއަތޮޅު މާމެންދޫއަށް ދިޔައިރު އެރަށު ރައްޔިތުންގެ ތެރެއިންވެސް ބަޔަކު އަތިރިމައްޗަށް އެއްވެ، ތަށި އަރުވައިގެން ނުވާނެ ކަމަށާއި ތަށި ހިފައިގެން ދިޔުމަށް ގޮވާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިރަށުން ތަށި އެރުވުމަށް ތާއީދުކޮށް އަތިރިމައްޗަށް އެއްވެސް މީހަކު ނިކުމެފައިނުވާ ކަމަށްވެސް އެނގިފައިވެއެވެ. 

ހަމަ މިއާއިއެކު ގއ.ނިލަންދޫއަށް ތަށި ހިފައިގެން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދިޔައިރު އެރަށު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ދެކޮޅުވެރިކަމުގެ ބެނާތަކާއެކު އަތިރިމައްޗަށް ނިކުމެ ތަށި އެރުވިޔަނުދީ ފޮނުވާލާފައިވާކަމަށްވެއެވެ.

ގއ. ދާންދޫއަށް ތަށި ހިފައިގެން ދިއުމުން އެރަށުންވަނީ ލޯންޗަށް ގާއުކާ ތަށި އަނބުރާ ފޮނުވާލާފައި ކަމަށްވެއެވެ. އަދި އެއަތޮޅު ކޮނޑޭއިންވެސް ވަނީ ތަށި ނާރުވާ ހިފަހައްޓާފައި ކަމަށާއި އެހެންނަމަވެސް ތަށިހިފައިގެން ދިޔަ ބައެއްމީހުން ރަށަށް އަރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށިހިފައިގެން ރަށްރަށަށް މިކުރާ ދަތުރުގައި ޖުމްލަ 19 ރަށަކުން ތަށި އެރުވިޔަނުދީ ފޮނުވާލާފައިވާކަމަށް މިހާތަނަށް އެނގިފައިވެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0