ސާފް ޗެމްޕިއަންޝިޕްގެ ތަށިހިފައިގެން ގައްދުއަށް އައިޓީމް ރަށަށް އެރިޔަނުދީ އަނބުރާ ފޮނުވާލައިފި
ތަށި އެރުވިޔަ ނުދިނުމަށްޓަކައި ޖެޓީ ސަރަހައްދަށް ގިނަބަޔަކު އެއްވި.
މިއަދު 10:30 އެހާކަންހާއިރު ސާފް ޗެމްޕިއަންޝިޕްގެ ތަށިހިފައިގެން ގައްދއަށް ލޯންޗް އައުމުން އެމީހުން ރަށަށް ނާރުވާ އަނބުރާ ފޮނުވާލައިފިއެވެ. މިގޮތުން އެމީހުން ރަށަށް ނޭރޭގޮތްހެދުމަށްޓަކައި ނެރުގައި ވަނީދޯނިފަހަރު ހުރަސްކޮށް ނެރު ބަންދުކޮށްފައެވެ.ގައްދުއަށް ތަށިއެރުވުމާއިދެކޮޅަށް ވަރަށް ގިނައަދަދެއްގެ މީހުން ޖެޓީ ސަރަހައްދަށް ޖަމާވެފައި ތިބިއިރު ތަށިއެރުވުމަށްޓަކައި އެއްވެސް ބަޔަކު ހަރަކާތްތެރިވި ތަނެއް ފެނިފައެއްނުވެއެވެ.
އެއްވެފައި ތިބި ގިނަމީހުން ގޮވަމުންދިޔައީ ގައްދޫގެ ފާޚާނާ ނިޒާމް ގާއިމްކުރެވޭ ވަރަށް ބަޖެޓްގައި ލާރިނެތް އިރުގައި އެތައްމިލިއަން ރުފިޔާއެއް ޚަރަދުކޮށްފައި ގައްދުއަށް ތަށިހިފައިގެން އައުމަކީ އެމީހުން ރުހޭ ކަމެއް ނޫންކަމަށެވެ. އަދި ޖެޓީ މަތީގައި ފާޚާނާ ނިޒާމް ރަމްޒުވާގޮތަކަށް ފާޚާނާތައްޓެއް ބަހައްޓައި އެއަށް ހޮޅިގުޅައި ތައްޔާރުކޮށްފައިވެއެވެ. މީގެ އިތުރަށް ގައްދޫގެ ޒުވާނުންގެ ބައެއްވަނީ ތަށިގެނައުމާއި ދެކޮޅުކަން ދެއްކުމުގެ ގޮތުން ޕެޓީޝަނެއް ތައްޔާރުކޮށްފައި ކަމަށްވެސް ޚަބަރު ލިބިފައި ވެއެވެ.
މިހަރަކާތްތައް ހިނގަމުން ދިޔައިރު ބައެއްމީހުން ދަޅާއި ބިސްކޯދުފަދަ ތަކެތި އެއްވެފައިވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދިޔައެވެ. އަދި ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްވަމުން ދިޔައެވެ. އެހެންނަމަވެސް މިކަމާއި ފާޅުގައި ދެކޮޅުހަދާ ބައެއް ނެތުމުގެ ސަބަބުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން އައިޓީމް ވަނީ ގައްދޫ އަށް ކައިރިކުރުމަށްޓަކައި މަސައްކަތްކޮށް ނެރުބަންދުކޮށްފައި ހުރުމުގެ ސަބަބުން ނުވަދެވި އަނބުރާ ގޮސްފައެވެ. ގައްދުއަށް ފަހު ލޯންޗް ދިއުމަށް ހަމަޖެހިފައިވަނީ ގދ. ވާދުއަށް ކަމަށްވެއެވެ.



ކޮމެންޓްސް (6 ލިބިއްޖެ):
އޭރުން ދުރުގަތިބޭ މީހުންނަށް ދޭހަވާ ގޮތް އަވަސް ވާނެ ކަން ޔަގީން!!!!!!!!!!!!!!!!!!!!!!!!!
\
އުޅޭ ނިކަމެތިންނަށް ސަދަޤާތް ކުރިއްޔާ ވާނީ ކީއް؟
ކޮމެންޓްސް ފުނުއްވާ