ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ވާތްފަރާތުގައި: ޑޯނަރުންގެ ގޮތުގައި ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން

މިބައްދަލުވުމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ޑޯނަރުންގެ ގޮތުގައި ޖަޕާނުގެ ދެބޭފުޅަކު ވަޑައިގެންނެވި.

ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ގދ. ގަމުގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ދެވަނަ ބައްދަލުވުން، ޕްރޮޖެކްޓަށް ފަންޑް ދޭފަރާތާއި އެކު، އިއްޔެ ގައްދޫ ކަލޭފާނު މާލަމުގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ މިއަހަރުގެ މިހާތަނަށް ކުރުމަށް ކަނޑައަޅައިފައި ހުރިކަންތައްތައް ނުކުރެވި ލަސްވަމުންދާ ސަބަބުތަކާއި ބެހޭގޮތުންނާއި، އަދި ކުރިމަތި ވެފައިވާ މައްސަލަތައް ހައްލުކުރުމާއި ބެހޭގޮތުންނެވެ. މިގޮތުން މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓަށް ބޭނުންވާ ދޯނި ގަތުމަށްޓަކައި އެތައްފަހަރު އިއުލާންކުރުމުންވެސް އެކަށީގެންވާ އުޅަނދެއް ނުލިބުމުގެ ސަބަބުން އާއުޅަނދެއް ބަނުމަށް އެއްބަސް ވެވުނެވެ. މިގޮތުން މިއުޅަނދު ޑިޒައިން ކުރުމުގެ މަސައްކަތް 2 މަސްދުވަހުގެ ތެރޭގައި ނިންމަވައި ދެއްވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެކަމަށް އެގްރިކަލްޗަރަލް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޑރ. އަބުދުﷲ ނަސީރު ވިދާޅުވިއެވެ.  މިގޮތުން ގަތުމަށް، ނުވަތަ ބަނުމަށް ހަމަޖެހިފައިވަނީ 30 ފޫޓަށްވުރެ ކުރުނޫން ދޯންޏެކެވެ. 

މީގެ އިތުރަށް ރަށުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފާޚާނާބަރި ތައް ގާއިމްކުރެއްވުމަށްޓަކައި  އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް މާލެއާއި ގައްދޫގައި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހުޅުއްވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މިކަމަށް ބޭނުންވާ ކުރެހުންތައް މިހާރުވަނީ ކުރަހައި މުޅިން ނިމިފައެވެ. ގަމުގައި ޕަމްޕް ސްޓޭޝަނަކާއި އެކު ފާޚާނާ ބަރިއެއް ހެދުމަށް ހަމަޖައްސާފައިވެއެވެ.

2008 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް އިތުރު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އަތްތެރި މަސައްކަތާއި ބެހޭ ޓްރެއިން ޕްރޮގްރާމެއް ހިންގުމާއި، ގައްދޫ ރައްވެހިގެ ބޭނުންކޮށްގެން "ގައްދޫ އިންފޮރމޭޝަން ސެންޓަރ" ގެ ނަމުގައ މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ މައުލޫމާތު ދޭ ސެންޓަރެއް ގާއިމްކުރުމެވެ. 2008 ވަނައަހަރު މިސެންޓަރުގެ މަސައްކަތް ގައްދޫ ރައްވެހިގޭގައި ހިންގިނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މިސެންޓަރ ވަކިބިމެއްގައި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް ކާށި ތެޔޮ ބޭނުންކޮށްގެން "ވަރޖިން ކޮކޮނަޓް އޮއިލް" އުފެއްދުމަށް ސައިޓެއް ހެދުމާއި، ގޯތިތެރޭގައި ހައްދާ ގަސްތަކާއި ބެހޭ ޑެމޮންސްޓްރޭޝަން ސައިޓް ހެދުމާއި، ގަމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާތަނެއް ހެދުންވެސް މިއަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިގްރޫޕްގެ 3 ވަނަ ބައްދަލަވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

 

އެޑް ކުރޭ : Add to your del.icio.us del.icio.us | Digg this story Digg

ކޮމެންޓްސް (1 ލިބިއްޖެ):

ޔަޒްދާދް   03 August, 2008 02:38:45
avatar
ތި "ވާޖިން ކޮކްނަޓް އޮއިލް" ހެދިދާނެ.އެކަމަކު އެއަށް ރާއްޖޭގަ ނުވަތަ ދުނިޔެގެ ބާޒާރުގައި ކިހަވަރެއްގެ މާކެޓެއް އެބައޮތް ތޯ؟؟؟؟؟؟؟؟؟؟
އެތަން ހަދަންދާ ބިންކޮޅު ވެސް ކޮންމެސް ބޭނުމެއް ކުރެވޭ ގޮތަކަށް ދޫކުރެވޭ ތޯ ވިސްނަން ވެސް ޖެހޭ ނެ ދޯ؟؟؟؟؟؟؟؟؟؟؟؟؟؟؟
0

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
5.00