ނިއުސް ލެޓަރ
އީމެއިލް:
ގާނޫނުއަސާސީ ތަސްދީގު ކުރުމާއި ގުޅިގެން އެކަމުގެ އުފަލުގައި ގައްދޫގައި ބޮޑިބަތް ކެއުމެއް ބާއްވައިފި | ޚަބަރު | ފުރަތަމަ ސަފްހާ

ގާނޫނުއަސާސީ ތަސްދީގު ކުރުމާއި ގުޅިގެން އެކަމުގެ އުފަލުގައި ގައްދޫގައި ބޮޑިބަތް ކެއުމެއް ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބޮނޑިބަތް ކެއުމުގެ ހަފްލާގެ ތެރެއިން.

މިހަފްލާ އޮތީ ގައްދޫ ބަދަރު ޕާކު ސަރަހައްދުގައި.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 7 އޮގަސްޓް 2008 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ޤައްޔޫ ތަސްދީގު ކުރެއްވުމާއި ގުޅިގެން މުޅިރާއްޖެ ދަނީ އެކަމާމެދު އުފާފާޅުކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ރަށްތަކުގައި ތަފާތު ހަފްލާތައް ބާއްވަމުންދާއިރު މިއުފަލުގައި ބައިވެރިނުވާ އެއްވެސް ދިވެހި ރައްޔަތަކު ނުވެއެވެ. 

 ގައްދޫގެ ބައެއް ރައްޔިތުން މިއުފަލުގައި ބައިވެރިވުމުގެ ގޮތުން އިއްޔެރޭ ގައްދޫ އަތިރިމަތީ ޕާކް ސަރަހައްދުގައި ވަނީ ބޮޑިބަތް ކެއުމުގެ ހަފްލާއެއްބާއްވާފައެވެ. މި ހަފްލާ އިންތިޒާމް ކުރައްވާފައިވަނީ ގައްދޫ ލޮނަދޫ ގޭގެފަރާތުންނެވެ. ގައްދޫ ލޮނުދޫގެއަކީ ރައްޔިތުންގެ މަޖިލިހުގެ ގދ.މެމްބަރ ޒާހިރު އާދަމްގެ ގެއެވެ. 

މިހަފްލާ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިއެއްފަރާތްކަމުގައިވާ ގައްދޫ ރޯޝަނީ ހައުސް އަބުދުއްﷲ ރަޝީދު ވިދާޅުވީ މި ހަފްލާއަކީ ޤާނޫނު އަސާސީ ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން މި އުފާވެރި ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ގައްދޫ ލޮނަދޫގެ އިން އިންތިޒާމް ކުރެއްވި ހަފްލާއެއްކަމަށެވެ. "އަޅުގަނޑުމެންބޭނުން ގައްދޫގެ ހުރިހާ ރައްޔަތުން މިހަފްލާގައި ބައިވެރިކުރަން. ނަމަވެސް އެކަން އަޅުގަނޑުމެންނަށް ދަތިކަމަކަށްވީ. ނަމަވެސް ރައްޔަތުންގެ ތެރެއިން 200 މީހުންނަށް އަޅުގަނޑުމެން ދަވްވަތުދިނީ. މިއީ އެއްގޮތަކަށްވެސް ސިޔާސީ ކުލަ ޖެހިގެން ހިގާފައިވާ ކަމެއްނޫން." އޭނާ ވިދާޅުވިއެވެ.

 މިހަފްލާ ޝަރަފްވެރިކޮށް ދެއްވާފައިވަނީ ގައްދޫ ބަހާރުގޭ އަޙުމަދު ފަހުމީ އެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދަކީ ދިވެހިންގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ މުސްކުޅިމީހާވެސް އުފާކުރާނެ ދުވަހެއްކަމަށާއި މިގޮތުން ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމާއި ގުޅިގެން މުޅިދިވެހި އުންމަތަށް ވެރިވެފައިވާ އުފަލުގެ މައްޗަށް އޭނާ ތަފްސީލީ ނަޒަރަކުން ބައްލަވައިލެއްވިއެވެ. 7/8/2008 ދުވަހުގެ ރޭ 20:45 ގައި ފެށުނު މިހަފްލާ ނިމިފައިވަނީ 21:45 ގައެވެ. 

ކޮމެންޓްސް (2 ލިބިއްޖެ):

  10 August, 2008 01:46:03
avatar
ތިޔަ ފަދަ ހަފްލާތައް ބާއްވާ ހެދުމަކީ ރަނގަޅުކަމެއް. އެކަމަކު ގާނޫނޫ އަސާސީ އާއި މެދު ހޭލުންތެރިކުރުވުން އެއީ ވެސް މުހިންމު ކަމެއް. އިންތިޚާބު ކައިރިވަމުން އަންނައިރު މިއީ މިހާރުން މިހާރަށް ވެސް ކުރަންޖެހޭ ކަމެއް.
  17 August, 2008 11:58:32
avatar
ތީ މުލިންވެސް ލޮލުގަ އަޅުވާ އަދުނު!!!!!!!!!!!!!!!!!!!!!!!!!
ތިހން ބޮޑިބަތް ކެއަސް ރަނގަޅު އެކަމަކު މިފަހަރު ސިޔާސީ ކަޕު ގެމަތިން ހަދާން ނައްތާ ނުލާތި!!!!!!!!!!!!!!!!!!!!!!!!!
މީ އަހަރުމެންގެ ފަހަރު !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
3.75