ގއ. ކަނޑުހުޅުދޫ ސްކޫލާއި އެއަތޮޅު ކޮލަމާފުށީ މަރިޔާދުގެ އަންދާލައިފި
ގއ. ކަނޑުހުޅުދޫ ސްކޫލާއި އެއަތޮޅު ކޮލަމާފުށީ މަރިޔާދުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.
ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށްތަކަށް ފުލުހުން ގޮސް ބެލިބެލުމުން ގއ. ކަނޑުހުޅުދޫ ސްކޫލްގެ 3 ކްލާސްރޫމާއި ލައިބްރަރީ ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައި ކަމަށާއި، މިތަންތަނުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވަނީ ރޭފަތިހު 03:30 ގައި ކަމަށް އެފަރާތުން ހާމަކުރައްވައެވެ.
ގއ. ކޮލަމާފުށީ ބަނދަރުމަތީގައި ހަދާފައިވާ މަރިޔާދުގެވެސްވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށާއި އެހެންނަމަވެސް މިދެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވާކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހާމަކުރައްވައެވެ.
މިދެ ހާދިސާ ވެސް އެފަރާތުން މިހާރު ގެންދަވަނީ ތަޙްޤީޤްކުރައްވަމުންނެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް (1 ލިބިއްޖެ):
ކޮމެންޓްސް ފުނުއްވާ