ދަންޖެހެން އުޅުނުކަމަށް ޝައްކު ކުރެވުނު މީހަކު ސަލާމަތްވެއްޖެ
ދަންޖެހެން ވެގެން މަސައްކަތް ކޮށްފައިވަނީ ގދ.ރަތަފަންދޫ އަށް އުފަން 30 އަހަރުގެ ޒުވާނެއް
ގދ. ގައްދުއަށް އައިސްގެން އުޅޭ ގދ. ރަތަފަންދޫ މީހަކު އިއްޔެ މެންދުރު ބާރަޖާކަންހާއިރުގައި ދަންޖެހެން މަސައްކަތް ކޮށް ސަލާމަތް ވެފައިވާ ކަމަށް ގައްދޫ އޮންލައިނަށް ޚަބަރު ލިބިއްޖެއެވެ.
ގައްދޫ މާކަނާގެ އިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިގާފައިވަނީ އެގޭގެ ވެރިފަރާތްކަމުގައިވާ މުހަންމަދު މަނިކުފާނު (މުހުދުބޭ) ގދ ރަތަފަންދޫއިން މީހަކާއި އިދެގެން ލިބިފައިވާ ކުއްޖަކުކަމުގައިވާ އަލީޒާހިރު 30 ގައްދޫ އަށް އައިސް އޭނާ ޑުރަގު ބޭނުންކުރާކަމަށް ޝައްކުކުރެވޭތީ އޭނާގެ ބައްޕަ އެކަމާ ހިތްހަމަނުޖެހިގެން އަލީޒާހިރު އާއި ދިމާއަށް ހަޅޭލެވުމުން އެކަމާއި ދެރެވެގެންކަމަށެވެ.
އަލީޒާހިރުގެ ދޮންމަންމަ (އައިސާދިޔެ) މައުލޫމާތު ދިންގޮތުގައި މިހާދިސާ ހިނގުމުގެ ކުރިން އަލީ ޒާހިރުގެ ބައްޕަ އޭނާ ދެކެ ރުޅިއައިސްގެން އުޅޭދުވަހެއްކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާ މިއަދު އުޅެނީ ބޯއަބުރާތީ ކަމަށާއި، އަދި އެހެން ބުނުމަށްފަހު ބެޑުޝީޓަކާއި ހޫނުފެންތައްޓެއް ދޭންބުނި ކަމަށެވެ. ދެން މިތަކެތި ހިފައިގެން ފާޚާނާގެތެރެއަށްވަދެ ލަސްވުމުން އޭނާގެ ދޮންމަންމަ ގޮސް ފާޚާނާގެ ދޮރުގައި ތަޅާހެދުމުންވެސް ދޮރު ނުހުޅުވުމުން އެގޭގެ ހުސައިނު ކިޔާ ކުއްޖަކު ކޯރާޑީއެއް ހިފައިގެންގޮސް ދޮރުގެ ތަންޑު ހަލާކުކޮށްފައި ވަންއިރު އަލީޒާހިރު އޮތީ ކޮޓަރިތެރެއަށް ވެއްޓިފައި ކަމަށެވެ.
ކޮޓަރިތެރެއަށް ވެއްޓިފައި އޮތްއިރު އޭނާގެ އެއްފައި އޮތީ ފާޚާނާތަށި ތެރެއަށްވަދެފައިކަމަށާއި އޭނާގެ ބައްޕައާއި ހުސައިނު އާއި ދެމީހުންވެގެން ގޮސް އޭނާ ނެގިއިރު ނިތްކުރިންނާއި ފައިން ތަނެއް މަށައިގެން ގޮސްފައިހުރިކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މިހާދިސާ ހިނގުމާއި އެކު އިތުރު ފަރުވާ ދިނުމަށްޓަކައި އަލީ ޒާހިރުވަނީ ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. މަރުކަޒުން އޭނާ ބެއްލެވުމަށްފަހު މެށިފާހުރި ތަންތަނުގައި ބޭސް އެޅުމަށްފަހު މިހާރުވަނީ މަރުކަޒުން ދޫކޮށްލެވިފައެވެ. އޭނާ މަރުކަޒަށް ގެންދިޔައީ ފުލުހުންގެ ތިންމީހަކާއި އެކީގައި ކަމަށްވެއެވެ.



ކޮމެންޓްސް ފުނުއްވާ