ފުރަތަމަ ސަފްހާ | ޚަބަރު | ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font

މިމަގާމަށް ނަންފުޅުހުށަހަޅުއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މ.ޑޯންޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަން ކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 288 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި އެމާއްދާގެ (ނ) ގައިވާ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު ޢައްޔަން ކުރާނީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި، އެމީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެ، ވޯޓު ދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެ ނަން ފާސްވެގެންނެވެ. 

އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައި ކަމަށް ރައީސްއޮފީހުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
0