ގައްދޫ ރަށްވެހިގޭގައި ހެދި ކޮޓަރިތަކުގައި ގަވާއިދާއި ޚިލާފް ކަންތަކުގެ ގޮތުގައި އެންޓިކޮރަޕްޝަން ބޯޑުން ފާހަނގަކޮށްފައިވާ ނުކުތާތައް
ތިރީގައި މިދަންނަވަނީ ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ރަށްވެހިގޭގައި އަލަށް ހެދިދެ ކޮޓަރި ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ފާހަނގަކޮށް މީގެ ފަހުން މިކަހަލަ ކަންތައްތައް އިސްލާހްކުރެއްވުމަށް އެންޓިކޮރަޕްޝަން ބޯޑުން ގައްދޫ އޮފީހަށް ފުނުވާފައިވާ ސިޓީގައިހިމެނޭ ބައެއް މުހިއްމު ކަންތައްތަކެވެ.
1. ގައްދޫގައި ދެކޮޓަރި ހެދުމުގެ މަސައްކަތަށް އެސްޓިމޭޓް ހޯއްދެވުމަށް ގައްދޫ އޮފީހުން މަސައްކަތުގެ މައުލޫމާތު ދެއްވުމަށް ތައްޔާރުކޮށްފައިވާ ލިޔުމުގައި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދު ބާބުގެ 8 ގެ 8.16 ގައިވާ ގޮތުގެ މަތިން އެމަސައްކަތް ކުރުވާނެ ފަރާތެއް ހޮއްވެވުމުގައި ޕޮއިންޓްދެއްވާނެ އުސޫލެއް ބަޔާންކުރައްވާފައެއް ނުވެއެވެ.
2. ރަށްވެހިގޭގައި ދެކޮޓަރި ހެދުމަށް ޝޭޑީވިލާ އިބްރާހިމް ޝަރީފް އެސްޓިމޭޓް ހުށަހެޅިއިރު ފައިސާ އާއިބެހޭ ގަވާއިދުގެ ބާބު 8 ގެ 8.01 ގެ ކ. ގައިވާ ގޮތުގެ މަތިން އިބްރާހިމް ޝަރީފަކީ ރކ. ކޮމިޓީގެ މެމްބަރެއްކަން ހާމަކޮށްފައެއް ނުވެއެވެ.
3. ރކ. ކޮމިޓީން އަމިއްލަ ތަކެތީގައި ދެކޮޓަރި ހެދުމަށް ރކ. ކޮމިޓީން 21 ޖުލައި 2007 ގައި ގައްދޫ ޝޭޑީވިލާ އިބްރާހީމް ޝަރީފާއި އެކު އެއްބަސްވެފައިވާ ލިޔުމުގައި ފައިސާ އާއިބެހޭ ގަވާއިދު ބާބު 8 ގެ 8.22 ގައިވާ ފަދައިން އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ ޖޫރިމާނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތެއް ހިމަނުއްވާފައެއް ނުވެއެވެ.
އެންޓިކޮރަޕްޝަން ބޯޑުން ގައްދޫ އޮފީހަށް ފޮނުއްވި އެންގެވުން ބައްލަވާލައްވާ!



ކޮމެންޓްސް ފުނުއްވާ