ގައްދޫ ޒާހިރު ޑީއަރޕީން ވަކިވެވަޑައިގެންފި
ޒާހިރު ޑީއަރޕީގައި ހުންނެވި ދުވަސްވަރުގައި ރައްޔިތުންގެ ފަރާތުން ނުރުހުމުގެ ޝުއޫރުތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވޭ.
ރައްޔިތުންގެ މަޖިލީހުގެ ގދ. މެމްބަރު އަލްފާޟިލް ޒާހިރު އާދަމް (ގައްދޫ ޒާހިރު) ޑީއަރޕީން ވަކިވެވަޑައިގަންނަވައިފިއެވެ. ޒާހިރު ޕާޓީން ވަކިވެވަޑައިގެންނެވިކަން ޑީއަރޕީގެ އިސްތަރުޖަމާން އިބްރާހިމް ޝާފިއުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ޒާހިރު އާދަމަކީ ޑީއަރޕީ އުފެދުނީއްސުރެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅެއްކަމުގައި ވީނަމަވެސް ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ހުންނެވީ ޕާޓީއާއި ދުރުގައެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވިއެވެ. ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވި ސަބަބެއް އޭނާ ހާމަކުރައްވާފައެއްނުވެއެވެ.
ޒާހިރު ޑީއަރޕީގައި ހުންނެވިދުވަސްވަރު ގައްދޫ ގައި ކުރިއަށްގެންދިޔަ ޑީއަރޕީގެ ހަރަކާތްތަކުގައި ގައްދޫގެ ގިނަ ރައްޔިތުންތަކެއްގެ ނުރުހުމާއި، ހިތްހަމަނުޖެހުމުގެ ޝުއޫރުތަކާއި އޭނާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.



އެހެން ނޫނީ އެއީ ކޮންމެވެސް ގޭމެއް. އަހަރުމެން ގައްދޫ މީހުންނަށް މިފަހަރުވެސް ވިސްނޭނީ ވަގުތި ފާއިތުވާ ފަހުން ކަންނޭގޭ!!ކުރިން ހަމަ ތިޒާހިރު މެންބަރުކަމަށް ހޮވާފަ ޒޯންފުޓްބޯޅަ މުބާރާތަށް ދާން އެހި އަށް އެދުނީމަ ދެންނެވީ ނެތޯ އެހީއެއް ވެވޭކަށް!!ދެން އެތަނުން މީހަކުކުރި ސުވާލަކަށް ޖަވާބު ދެމުން އޭނަ ބުނީ މަމެންބަރުކަމަށް ހޮވުނީ ކަލޭމެންގެ ވޯޓަކުން ނޫނޭ މަގޭ ފައިސާއިންނޭ!!އެވަރުމީހެއް ތީ އެކަން ވިސްނާތި މިވަގުތު ގައްދޫ ގަ ތިބިޒުވާނުން!!!!!!!!!!!!!!!
ކޮމެންޓްސް ފުނުއްވާ