ނިއުސް ލެޓަރ
އީމެއިލް:
ގައްދޫ ފެހިކުރުމާއިބެހޭ ޕްލޭނެއް އެކުލަވާލައިފި | ޚަބަރު | ފުރަތަމަ ސަފްހާ

ގައްދޫ ފެހިކުރުމާއިބެހޭ ޕްލޭނެއް އެކުލަވާލައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދޫ ފެހިކުރުމާއިބެހޭ ޕްލޭން

ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޕްލޭން ތައްޔާރުކޮށްފައިވަނީ ބޭރުގެ ކޮންސަލްޓެންޓެއް.

ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ގައްދޫ ގްރީނިން ޕްލޭން ނުވަތަ ގައްދޫ ފެހިކުރުމާއި ބެހޭ ޕްލޭނެއް އެކުލަވާލައްވައިފިއެވެ. މިޕްލޭން ތައްޔާރުކުރައްވާފައިވަނީ ކަމުގެ ތަޖްރިބާ ކާރު ބޭފުޅެއްކަމުގައިވާ ޑރ. މަސަބަތްލާ ސުރަޔާ ޕްރަކާޝް އެވެ.

ގައްދޫ ފެހި ކުރުމާއިބެހޭ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑުބޭނުމަކީ ހުޅަނގުމޫސުމުގެ ގަދަވައިން ގެދޮރުސަލާމަތް ކުރުމާއި، ރަށުގެ ތެރެއަށްކުރާ ލޮނުގެ އަސަރު ވީހާވެސް ބޮޑަށް ކުޑަކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އެހީވުމާއި، އަދި ރަށުގެ މަލަމަތި ރީތިކުރުމެވެ. މީގެ އިތުރުން މޭވާލިބޭގަހާއި ލަކުޑީގެ ގޮތުގައި ބޭނުންކުރެވޭގަސްތައް ހެއްދުންވެސް މިމަގްސަދުގެ ތެރޭގައި ހިމެނެއެވެ.

މި ޕްލޭންގައި ހިމެނޭ ބަފަރ ޒޯން ސަރަހައްދުގައި ކައިރިކައިރީގައި ފިތިރޯނު ގަސް ހެއްދުމަށް ޕްލޭންކުރެވިފައިވާއިރު، އެންވަޔަރމެންޓަލް ޕްރޮޓެކްޝަން ޒޯންގައި ހައްދާގޮތަށް ހަމަޖެހިފައިވަނީ ތަފާތު ރުކުގެ ބާވަތްތަކެވެ. މީގެ އިތުރުން މިޕްލޭންގައި ހިމެނޭ ގްރީން ޒޯނުގައި ތަފާތު ލަކުޑީގެ ބާވަތްތަކާއި، މޭގަސް އަދި މާމެލާމެލީގެ ގަސްތައް ހެއްދުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރަށް ގޭގޭގައި ތަފާތު އާމްދަނީލިބޭނޭ ތަފާތު މޭވާފަސްތައް ހެއްދުމަށްވެސް ޕްލޭންކުރެވިފައިވެއެވެ.

މިޕްލޭނުގެ ދަށުން 15 މީޓަރަށްވުރެ ފުޅާމަގުތަކުގެ މެދުގައި ތަފާތު ހިޔާދޭގަސްތައްހެއްދުމަށް ޕްލޭންކޮށްފައިވެއެވެ. މިގޮތުން ބޮޑެތިމަގުތަކުގެ މެދުގައި ގަސްތައްއިންދުމުގެ ސަބަބުން ދުއްވާތަކެތިންއާންމުންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ގައްދޫ ފެހިކުރުމުގެ މިމަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ސްކީމެއް ވެސް ވަނީ އެކަށައަޅުއްވާފައެވެ. 

މިޕްލޭނުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި ގަސްތައް ހައްދާނިމޭ އިރު ގައްދޫ އޮންނާނީ ވަރަށްވެސް ފެހި ރީތި ރަށެއްގެ ގޮތުގައެވެ.

ގައްދޫ ގްރީނިން ޕްލޭން ބައްލަވާލައްވާ!

 

 

ކޮމެންޓްސް (5 ލިބިއްޖެ):

  19 August, 2008 09:52:38
avatar
ތީވަރަށް ފައިދާ ހުރި ޕްރޮޖެކްޓެއް! އެކަމަކު ޒުވާނުންގެ އެއްބާރުލުން ތިކަމުގައި ވަރަށް ބޮޑަށް ބޭނުންވާނެ...ރަށުގައި އުޅޭ ގިނަ ޒުވާނުންގެ އަމަލު ހުންނަ ގޮތުން ރަށުގެ ނަލަކަމަށް ވަރަށް ނޭދެވޭ އަސަރު ފޯރާކަން ލިބޭ ހަބަރު ތަކުން ދޭހަވޭ! ތި ޕްލޭން ކާމިޔާބުވުމަކީ ރަށަށް ނިސްބައްވާ ކޮންމެ މީހެއްގެ ވެސް އެދުމަކަށް ވާނެ ކަމަށް އުންމީދުކުރަން!
  19 August, 2008 09:22:44
avatar
އަޅުގަނޑު ދަންނަވާނީ މީ އާންމުކޮށް ނުލިބޭނެ ރަނގަޅު ފުރުސަތެކޭ. އެހެންވީމާ މިފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިއްޕަވައިގެން އެންމެންވެގެން ގައްދޫ ފެހިކުރަމާ ހިނގާށޭ. މިކަމުގައި ގައްދޫގެ ހުރިހާ ޒުވާނުންނާއި މުޅިޖުމްލަ ގޮތެއްގައި އެންމެހާ ފަރުދުންގެ ބައިވެރިވުން ބޭނުންވާނެ. މީ ހަމަ އަޅުގަނޑުމެން އެންމެންގެ ރަށް. މި ރަށަށް ލިބޭ ކޮންމެ ކުރިއެރުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. އެހެންވީމާ އެންމެން އަތުކުރި އިޅާލައިގެން މިފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރަމާ. މިޕްލޭންގެ ދަށުން ގަސްތައް ހެދިފައި ހުންނައިރު ގައްދޫ އޮންނާނީ ރާއްޖޭގައި އަދިމިހާތަނަކަށްނެތް ވަރަށް ރީތި ރަށެއްގެގޮތުގައި..
  20 August, 2008 03:35:19
avatar
ތިޔައީ ރަނުގެ ފުރުސަތެއް. އަޅުގަނޑުމެން ނުކުރި ރީތިކަމެއް ކުރަން އަންނާނީ ކޮންބައެއްތޯ؟ އަޅުގަނޑުމެން ކިތަންމެ ދުރުގައި ތިއްބަސް އަޅުގަނޑުމެން އަބަދުވެސް ރަށްދެކެ ލޯބިވޭ. ތިމަޝްރޫއަށް އަވަހަށް އަތުކުރި އޮޅާލަމާ ހިނގާ!
  22 August, 2008 09:33:30
avatar
ފެހި ކުރުމުގެ ބަދަލުގައި ،ގިނަ އަދަދެއްގެ ގަސްތައް ގައްދޫގެ ނާތަހުޒީބު، އުޅުމެއް ނެތް ބަޔަކު ބިމާހަމަކުރި ދުވަސްތައް ހަދުމަ އެބއހުރިތޯ....ދެން ކިހިނެއްތޯ ގައްދޫ ފެހި ކުރާނީ..ގަސްތައް ކެޑި މީހުނާމެދު އެކަށީގެންވާ ފިޔަވަޅު އެޅިފައެއް ނުވޭ...މީ ގައްދޫގެ ޒުވާނުން ގެ އަމަލު ތައް ހުރި ގޮތަކީ.....ފެހިކުރުމަކީ ބޭނުންތެރި ކަން އިންތިހާ އަށް ބޮޑު ކަމެއް...ނަމަވެސް ގަހެއް ހެދި ބޮޑުވުމަށް އެތަށް އަހަރެއް ނަގާއިރު ،ބޮޑުވަޅިން ކަނޑާލުމަށް ބޭނުންވަނީ ކުޑަވަގުތު ކޮޅެއް..ވީއިރު ވިސްނާ ،ނޭގޭ ބަޔަކު ތިބި ތަނެންގައި ތިއީ ކުރެވޭނެ ،ކުރުން ހެޔޮވާވަރުގެ ކަމެއްނޫން.....--އ.ފަހީމް-
  09 September, 2008 06:05:54
avatar
ޑްރަގުގެ ވަބާގައި ޖެހި ހަލާކްވެފައިވާ ރަށެއް ފެހިކުރުމުގެ މާބޮޑުބޭނުމެއް އޮތްހެނެއް ހިއެއްނުވޭ. އެއަށްވުރެމާރަގަޅުވާނެކަންނޭގެ ޑްރަގުން ތިރަށް ސަލާމަތްކުރުމަށް މަސައްކަތެއް ފެއްޓިއްޔާ.

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
2.67