ފުރަތަމަ ސަފްހާ | ޚަބަރު | ޑީއަރޕީ ޒައީމްގެ ދަތުރުފުޅާއި ދިމާކޮށް ޑރ. ފާތިން ހަމީދު ގައްދުއަށް ވަޑައިގެންފި

ޑީއަރޕީ ޒައީމްގެ ދަތުރުފުޅާއި ދިމާކޮށް ޑރ. ފާތިން ހަމީދު ގައްދުއަށް ވަޑައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font

މިދަތުރުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ޑރ. ފާތިން އާއި އެކު ބައްދަލުވުމެއް ބާއްވާފައި.

ޑީއަރޕީގެ ޒައީމް މއ. ކިނބިގަސްދޮށުގެ އަލްއުސްތާޒް މައުމޫނު އަބުދުލް ގައްޔޫމް ގދ. ގައްދުއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ފުޅާއި ދިމާކޮށް ޑރ. ފާތިން ހަމީދު އިއްޔެ ހަވީރު ގައްދުއަށް ވަޑައިގެންފިއެވެ. ޑީއަރޕީގެ ޒައީމް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ގައްދުއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޑރ. ފާތިން ހަމީދު ގައްދުއަށް ވަޑައިގެންނެވުމާއި އެކު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ޖެޓީ ސަރަހައްދުގައި އޭނާ އާއި އެކު ބައްދަލުވުމެއް ބާއްވައިފައެވެ. މިބައްދަލުވުމުގައި އެފަރާތުގެ ޚިޔާލު ޑރ. ފާތިން ހަމީދާއި ހިއްސާކޮށްލެއްވި ކަމަށް އެނގިފައި ވެއެވެ. މީގެ ތެރޭގައި ރަށުގެ ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައި ވަނިކޮށް އެންމެ ފަހުގެ މަރުހަލާގައި އެކަން ކެންސަލް ކޮށްފައިވާތީވެ އެކަމުގެ ޝަކުވާވެސް ޑރ ފާތިން އަށް ހުށަހެޅިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދަތުރުފުޅާއި ދިމާކޮށް ރައްޔިތުންގެ ޝުއޫރުތައް ރަމްޒުކޮށްދޭ ގިނަގުނަ ބޯޑްތަކެއްވެސް އެސަރަހައްދުގައި ހަރުކޮށްފައި ވެއެވެ. މީގެ ތެރޭގައި ނަރުދަމާގެ ނިޒާމް ގެ މައްސަލަ ރަމްޒުކޮށްދޭ ބޯޑެއްވެސް ހިމެނެއެވެ. 

ޑރ. ފާތިން ހަމީދުގެ ދަތުރުފުޅުގައި ގައްދޫ އަސަރީގެ ސައީދާ އާއި އެގޭ ޒުބެއިދާ ބައިވެރިވެލެއްވިއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (24 ލިބިއްޖެ):

  25 August, 2008 08:46:02
avatar
ޕާޓޭ ގްރޫޕުގެ މީހުނަށް މައުމޫނު ކަމުގޮސްދާނެ، އެއީ ހަކުރުކޮޅު މާދަންވެސް އަތުޖެހޭފަށުގައި ބަހައްޓައިގެން ތިބެވިދާނެކަމަށް އެމީހުނަށް ޔަގީންވާނެ. ކޮންމެ މީހަކުވެސް މައުމޫނުގެ ސިޔާތަށާ ހޯދާދީފައިވާ ކާމިޔާބީއަށް ފަޚުރުވެރިވާއިރު ސައްތައިން ސައްތަ އިސްލާމް ޤައުމެއްގައި އިސްލާމްދީން ހިމާޔަތްކުރުމަށް، ކުރިއެރުވުމަށް، އުނގަންނައިދިނުމަށް ކޮށްދެވިފައިވާ އެއްކަން ނިކަން ކެރިހުރެ ބުނެބަލަ... 30 އަހަރު ދުވަހުގެތެރޭގައި ހާދަކަމެއް ކޮށްދެވިފައި އެބަހުއްޓޭދޯ؟ ރަށެއްގައި މިސްކިތެއް ބިނާކުރެވިފައިހުއްޓަސް އަމިއްލަ ފަރުދެއްގެ މަސައްކަތް.. ދެންއޮތީ ހަކުރުގެ ވަބާ. މިކަމުގައިވެސް ބަސްބުނާމީހާ ގޯސްވާނީ ތެދުމަޢުލޫމާތުދޭމީހާ ގޯސްވެފައިއޮތީވެސް، އެކަން ވަންހަނާކުރެވިފައެއްނޯވޭ.. ދެން ރެޑްހޭންޑުކޮށް އަތުލާމީހާވެސް ސްޕީޑްލޯންޗުން ތިނަދުއަށް ޑަބަލް ބެޑެއްގައި ނިންދަވާފައި އަނެއްދުވަހު ހެނދުނު ކުކުޅުކާންދިނުމަށްފަހު ދިޔަލޯންޗުން އަނބުރާ ރަށަށް އައިސް ރިޕޯޓްކުރިމީހާ އެނދުމަތިކޮށްލާވަރުކުރެވޭ ހާލަތަށް ޤައުމު ގޮސްފައިވާއިރު މިވެސް ތަރައްޤީ.. ތަރައްޤީއަކީ މާލެ ދުރުންފެންނައިރު މަނަވަރެއްހެން ފެންނަންއޮތުންވިއްޔާ ތަރައްޤީއޮތީ އައިއްސަ. ގައްދޫގެ ދަރިއެއްގެ ހައިޞިއްޔަތުން ހެޔޮބަދަލަކަށް އެދޭ ހާލު މިފަހަރު އެހެންމީހަކަށް ފުރުސަތުދެމާ ....(ހށނ)
ބަރާބަރު ސަކަރާތް
0
  24 August, 2008 09:46:19
avatar
ގައްދޫ ބޮޑުޒާހިރު ގައްދުއަށް ކޮއްދިން ކަންތައްތައް ގައްދޫ އެއްވެސް އަމިއްލަ ފަރުދަކު ގައްދުއަށް ކޮއްދީ ފައިއަދިއްކުނެއް . އެއްވެސް އަމިއްލަފަރުދަކަށް ގައްދޫބޮޑު ޒާހިރު އަށް ހޯދުނު ވޯޓެއް ނޮހޯދޭނެ.
ބަރާބަރު ސަކަރާތް
0
  23 August, 2008 05:56:38
avatar
ބައްލަވާ އިސްލާމްދީންކުރި އަރާފައިވާ މިންވަރަކީ ޤައްދޫގެ މެޖިސްޓޭޓަކަށް އަންހެނަކު ހޮއްވެވިކަން ދެއްތޯ؟ އިސްލާމް ދީން ދަމަހައްޓަން މައުމޫނު މަސައްކަތް ކުރެއްވިޔޭ ބުނުއްވާ އިރު ތިބާ ސުކޫލުގައި އުޅުނު އިރު ތިބާ ކިޔެވި އިސްލާމް ފޮތުގެ ހާލަތު ވަޒަން ކުރެވޭތޯ! މައުމޫނު އަކީ ދީނީ އިލްމުވެރިއެއް އެކަމަކު އިސްލާމް ދީން ދަމަހައްޓަން އޭނަ ކުރަންޖެހޭ މަސައްކަތް ވޭތުވެދިޔަ 30 އަހަރު ނުކުރެވި ވާއިރު އަލުން އުފެދުނު ފެހި ޤާނޫނު އަސާސީ އަކުން އެކަން ވެދާނެތޯ!
ބަރާބަރު ސަކަރާތް
0
  23 August, 2008 03:39:55
avatar
މައުމޫންއަބްދުލްގައްޔޫމް މިގައުމުގެ ވެރިކަމަށް ނުހޮވިއްޖިޔާ މިގައުމުން އިސްލާމްދީން ފުހެވިގެން ހިގައިދާނެކަމުގެ ބިރުއެބައޮތް އެއީ ޒައީމަކީ މިވަގުތު މިދުނިޔޭގައި އިސްލާމްދީން ކޮނޑު އަޅުއްވައިގެން ހުންނެވި ޒައީމް މިވޭތުވެދިޔަ 30 އަހަރު ދުވަހުތެރޭގައި މިގައުމުގައި އިސްލާމްދީން ކުރިއަރާފައިވާ މިންވަރު ފެނިލައްވައެއްނޫންތޯ އެހެންވީމާ ރަށުގެހާލަތު ކޮންމެ ގޮތަކަށް އޮތަސް މައްސަލައެއް ނެތް
ބަރާބަރު ސަކަރާތް
0
  23 August, 2008 08:42:33
avatar
ޒާހިރު ކުރި ދެމެހެއްޓެނިވި އާރުލާ ކަމެއް ނެތް..ފޮތްލިސްޓު ދީ ،ތަށިމުށި ޖެހުނީމަ ވަރަށް ބޮޑު ކަމެއްދޯ އެކުރެވުނީ....އޭގެ ބަދަލު ގައި ވޯޓުދޭން ބުނި ކަމީ ހިތުގައި އިޚުލާސްތެރި ކަމެއް ނެތް ކަން ދައްކުވާދިން ކަމެއް....ރައްޔިތުންގެ ހައްގުގައި މަޖިލިސް ގައި ބަހެއް ބުނެވުނީ ނޫން...ރަށުގެ ފައިދާ އަށް މިނިސްޓަރަކާ ކަމުދާ ސުވާލެއް ކޮށްލެވުނީ އެއްނޫން...މީތޯ އަތުގައި މިލިޔަނުން ފައިސާ ހުރި ކަމަށް ބުނި ޒާހިރަށް ކޮށްދެވުނު ކަމަކީ.....ގައްދޫ މަހުޖަނުންނާ ހެދި ގައްދޫ އަށްލިބުނު އެއްޗެއް ނެތް...މާފު ކުރައްވާ......އަހުފަމް-
ބަރާބަރު ސަކަރާތް
0
  22 August, 2008 11:48:15
avatar
އޯ..ފޮތްލިސްޓްދޯ..ދެން ސަޖިދަ ޖަހަންވީ އެއްނު....އަނބިމީހާ އާއި ދަރިންވެސް ޒާހިރަށް ވިއްކަންވީއެއްނޫން..
ބަރާބަރު ސަކަރާތް
0
  22 August, 2008 10:32:11
avatar
ކީކޭ ދޯ ބުނާނީ، ހަސަންމަނިކުގެ ކަތީބު ކަމުގަ ތިޔަ ސައީދާ އަކަށާއި ޒުބައިދާއަކަށް ބަޔަކު ސަޖިދަ ޖެހި، އަހަރެމެން ޒުވާނުން ނުދަންނަށް ތިބުނާ ބަޔެއް، އެމީހުން ވޯޓު ހޯދަން އަޔަސް އަހަރެމެންގެ ވިސްނުން އެމީހުނަށް ވިކިގެން ނުދާނެ، ތިބުނާ ބަޔަކަށް މިއަދުތަ ގައްދޫ އަކީ އޮއިތަނެއްކަން އެގުނީ.
ޒާހިރު އާދަމް ފޮތްލިސްޓް ދިނީ އޭނަގެ އެދުމެއް އޮވެގެން ކަމަށް ވެދާނެ، އެކަމަކު އަހަރުމެންގެ ކަމެއްދޯ ވޯޓުދޭއިރު ބެލުން. ތިމާގެ ޒިންމާ ފުރިހަމަޔަށް އަދާކުރުން. އަމިއްލަ އެދުން ނެތީކާކުގެ ބާއޭ މަގޭ ހިތަށް އަރާ. ކޮބާތަ ވާހޫ ޒާހިރު، ކޮބާކަނބުލޯ ރަޝީދު، ވޯޓަށް އުޅުނު އިރު ވަރަށް ވަރުދެއްކި ޒާހިރުއާދަމް ކޮންމެވެސް ކަމެއް ގައްދޫ ރައްޔިތުންނަށް ކޮށްދީފަ ހުރީ. އިންސާފުގެ ނަޒަރަކުން ވިސްނާފަ މީހުނަށް ފާޑުކިޔާ.
ބަރާބަރު ސަކަރާތް
0
  22 August, 2008 09:02:31
avatar
ސެންޓަރު ޞަމަދުމެން އަދި އަސަރީގޭ ޒުބައިދާމެން މައުމޫނުގެ ކެމްޕެއިނާ ދިމާކޮށް އަޔަކަސް ގައްދޫ ރައްޔިތުންގެ އަޒުމަކަށް ގުޑުމެއް ނާރާނެ.
ބަރާބަރު ސަކަރާތް
0
  22 August, 2008 07:16:51
avatar
ދިވެހި ރާއްޖެ މިހާރު މިދާ ޑައިރެކްޟަނަށްދާ ކަމަށް ވަންޏާ ކުރިއަށް އޮތްތަނުގައި މި ކުޑަކުޑަ ބިންތިރި ދިވެހި ރާއްޖް އޮންނާނީ ގޯލާނުގެ އުސް ބިންތަކަށް ވުރެވެސް އުހުގައިއޭރު ހާދަ ދޮންވާނެއޭދޯ ދިވެހިން.
ބަރާބަރު ސަކަރާތް
0
  22 August, 2008 05:59:22
avatar
ގައްދޫއަށް ނިސްބަތްވާ ވަރަށް ހޭލުންތެރި ރައްޔިތުން އެބަތިބި.. އެކަމަކު އެއީ ޒާހިރުގެ ކޭމްޕަކު ނޫން...އެންމެނަކީ އޭނައަށް ހެއްލޭވަރުގެ މީހުންނެއްނޫން...ޒާހިރަށްވުރެ ޕޮޓެންޝަލް އެތަށް ޒުވާނުންނެއް ގައްދޫގެ ދަރިންގެ ގޮތުގައި އެބަތިބިކަން ގައްދޫގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ ހަގީގަތެއް...
ބަރާބަރު ސަކަރާތް
0
1 2 3 next ޖުމްލަ: 24 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.20