ފުރަތަމަ ސަފްހާ | ޚަބަރު | ޑީއަރޕީ ޒައީމްގެ ދަތުރުފުޅު: ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް ޖަހާފައިވާ ބޯޑުތަކެއް ހަލާކުކޮށްލައިފި

ޑީއަރޕީ ޒައީމްގެ ދަތުރުފުޅު: ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް ޖަހާފައިވާ ބޯޑުތަކެއް ހަލާކުކޮށްލައިފި

ފޮންޓް ސައިޒް: Decrease font Enlarge font

ޑީއަރޕީގެ ޒައީމް މއ. ކިނބިގަސްދޮށުގެ މައުމޫނު އަބުދުލް ގައްޔޫމް ގައްދުއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ފުޅާއި ދިމާކޮށް ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ގައްދޫ އަސަރީގޭގައި ޖަހާފައި ތިބި ބޯޑުތަކެއް ބަޔަކު ހަލާކުކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ރަށުގެ މަސްރަހުވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ. މިބޯޑުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ ސަރުކާރުން ކޮށްދޭން ބުނެފައި ނުކޮށްދީ ހުރި ބައެއް ކަންތައް ތަކާއި އަދި އެފަރާތް ތަކުގެ ޝުއޫރު ތައް ކަމަށް ވެއެވެ. އަދި ބޯޑު ތަކުގައި އެއްވެސް ކަހަލަ ބޭއަދަބީ އިބާރާތް ތަކެއް ބޭނުންކޮށްފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިބޯޑްތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް ގައްދޫގެ ނަރުދަމާ ނިޒާމްގެ މައްސަލަ ރަމްޒުކޮށްދޭ ގޮތަށް ހަދާފައިވާ ބޯޑްތަކެއް ފާހަގަކޮށްލެވެއެވެ.

ޚަބަރު ލިބޭ ގޮތުގައި މިބޯޑްތައް ހަލާކުކޮށްލައިފައިވަނީ ޒުވާނުންގެ ބަޔަކަށް 15000 ރުފިޔާ ދޭނެކަމަށް ބުނެގެންނެވެ. އެކަމަކު އަދި މިހާތަނަކަށް އެއިން އެއްވެސް ލާރިއެއް އެފަރާތްތަކަށް ލިބިފައިނުވާ ކަމަށްވެއެވެ. 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (11 ލިބިއްޖެ):

  23 October, 2008 04:35:09
avatar
މިސައިޓަށް ވަދެވުނު ފުރަތަމަ ފަހަރުވެސް މިސައިޓް ހިންގާ ފަރާތްތައް ވިކި ހުސްވެފައިވާމިންވަރު ހާމަވެގެން ހިގައްޖެއެވެ. ހަވީރުނޫހުގެ ހޮބީއެކޭ މި ސައިޓްގެ ހޮބީއެކޭ ތަފާތެއްނެތެވެ. ސައިޓް ހިންގާ ފަރާތްތަކަށް ވަރަށް ސަލާމަށްފަހު ދަންނަވާލާނީ ތިޔަކުރެވޭ މަސައްކަތުގައި އޮށްޓަރެއްނެތްވާހަކައެވެ، އާދޭހެވެ، މަކަރާހީލަތަކީ އަދިދޮގުވެރިކަމަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. (ރީދޫ)
ބަރާބަރު ސަކަރާތް
0
  16 October, 2008 08:18:18
avatar
މިސައިޓް ހާދަ އަޕްޑޭޓެއް ނުވެޔެ ދޯ.ނަމެއްގަ އިންނަ އެއެޗެއްދޯ ތީ.
ބަރާބަރު ސަކަރާތް
0
  08 October, 2008 06:51:09
avatar
މައުމޫން ދެކޮޅަށް ނިކުމެގެން މިއަދު ދިވެހިރާއްޖެއަށް ކުރިމަގެއް ފެންނަން އޮތީ. ޒުވާނުންނަކީ ޤައުމުގެ ހުންގާނުގަ މާދަން ހިފަން ތިބި ބަޔެއް. ރަގަޅު ދެން. ދެން ވީ މައުމޫން ވެރިކަމުން ބާލުވަން
ބަރާބަރު ސަކަރާތް
0
  23 August, 2008 04:51:17
avatar
ތިބޯޑުތައް ހަލާކު ކުރުމުގައި ބޮޑަކަށް ހުރީ ކާކުތަ؟؟؟؟؟؟؟؟؟؟
އެއީ ހަމަޔަގީނުންވެސް ގައްދޫ ހަލާކުކުރަން ހުރި މީހެއް...
ގައްދޫ ޒުވާނުން ތިބީ ލާރިއަށް ގޮސް ހުސް ވެފަތަ؟؟؟ މިހާރު ރަށުގަ ތިބިމީހުން ވެއްޖެ ނުން ޒުވާނުންނަށް މިވަގުތަކީ ކިހާ މުހިންމު ވަގުތެއްކަން އަންގަދޭން ނޫނީ އަޅުވެތިކަމުގެ އަނެއް 5 އަހަރު.
ގައްދޫ ގެ ލާރި އޮތް މީހުން ތިދަނީ މުޅި ގައްދޫ ހަލާކު ކުރަމުން ކޮބާތަ އެމީހުންނާ އިދި ކޮޅައް ނުކުންނަން ޖެހޭ މީ ހުން އެމީހުން ވެސް މިފަހަރު ގަނެލީތަ!!!!!!!!!!!!!!!!!
ބަރާބަރު ސަކަރާތް
0
  23 August, 2008 11:23:12
avatar
ގައްދޫއަށް ރައީސް މައުމޫން ރޭގަ ވަޑައިގެންނެވި ކަމަށް މިއަދު އެމް.އެސް.ޑީ.ޕީގެ ފަރާތުން ސިޔާސީ ފެންޑާގަ ވާހަކަ ދައްކަމުން ހާމަކުރި. އަދި މިގޮތުން ދެތިން މީހަކު ނުކުމެ އިދިކޮޅު ޝުޢޫރު ފާޅުކުރިނަމަވެސް ރަށުގެ ރައްޔިތުން އެމަނިކުފާނަށް ސަނާކިޔާ ހެދިކަމަށާ. އެމަނިކުފާނަށް ގައްދޫ ރައްޔިތުންގެ ލޯބި އިންތިހާއަށް ރައްދު ކުރިކަމަށް ހާމަކުރި. އަޅުގަނޑަށް މިހިރީ ކުޑަކޮށް އޮޅިފަ މިހާރު. އަޅުގަނޑަށް އެނގިފައޮތްގޮތުން ރޭގަ މައުމޫން ވަޑައިގަތީ ތިނަދޫއަށް. ތިނަދޫ އިން ކީ މަރުޙަބާ ވރަށް ރަނގަޅަށް އަޑުއިވިގިން ދިޔަ.
ބަރާބަރު ސަކަރާތް
0
  23 August, 2008 08:48:28
avatar
ތީ ޑިމޮކްރަސީ ގެ ރޫހު މަރާލުން....ބޭއަދަބީ ބަހެއް ނެތް ގާނޫނީ ހުދޫދުގެ ތެރޭގައި ފާޅުކުރެވޭ ޝުއޫރު ތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް މައުމުން ވިދާޅުވާއިރު މި އަމަލަކީ އަދުގެ ރައިސް ވެސް ބަލައިގަންނާނެ އަމަލެއް ނޫންކަން ޔަގީން...ގައްދުގެ ދަރިން ރިވެތި ގޮތުގައި ޝުއޫރު ތައް ބަންޑުން ކޮށްލަން ޖެހޭނެ....ތިމާމެންގެ ވޯޓު ދޭނީ ތިމާގެ ވިސްނުމާ އެއްގޮތަށް...--އ،ފަހީމް.
ބަރާބަރު ސަކަރާތް
0
  22 August, 2008 11:55:54
avatar
ރައީސު މައުމޫނަކީ އަދި އަހަރުމެންގެވެސް ރައީސް ވީމާ އަހަރުމެންގެ ޝުއޫރު ފާޅުކުރުމަށް ފުރުސަތު ނުދިނުމަކީ ވަރަށް ދެރަކަމެކެވެ. ދާންދޫން މައުމޫނަށް ހާދަސަޅިކޮއް މަރުހަބާކިއެވެ. ވީމާހުރިހާ ރައްޔިތުންނަށްވެސް އެމީހުންގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އިދިކޮޅު މީހެއް ނުވަތަ އެއްކޮޅު މީހެއްތޯ ބެލުމުގެ ބޭނުމެއްނެތެވެ.
ބަރާބަރު ސަކަރާތް
0
  22 August, 2008 10:34:59
avatar
ކޮންމެ މީހަކީ ހަމަ ބުއްދި ހުރި މީހެއް ތިމާއަށް ލިބިފައިވާ ޒިންމާ ފުރިހަމައަށް އުފުލީމަ ނިމުނީ، ވަކި މީހެއްގެ ބޮލަން ކަންތައްތައް ބިންދާލުމުގެ އާދަ ދޫކޮށްލައްވާ،
ބަރާބަރު ސަކަރާތް
0
  22 August, 2008 09:56:16
avatar
ޤައްދޫގެ މަހުޖަނުންގެސަބަބުން ޤައްދޫގެ ޒުވާނުން އިދަޖެހެމުން ދާއިރު، ޒުވާނުން ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.ސިޔާސީ ބޭނުމުގައި ޤައުމުގެ ޅަދަރިން ފަސާދަ ކުރަމުން ދަނީ ފައިސާއިން ރައްޔިތުން ޤަނެލާނަމޭ ބުނާ ބީދައިން....
ބަރާބަރު ސަކަރާތް
0
  22 August, 2008 07:11:03
avatar
ގައްދޫން މައުމޫނަށް ނޫނެކޭބުނޭ އަޅުވެތިކަމުގެ 30 އަހަރަށް ފަހު
އަނެއް 5 އަހަރަކަށް . މައުމޫނަށް ފުރުސަތު ނުދެމާ.........................
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 11 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.67