ފުރަތަމަ ސަފްހާ | ޚަބަރު | ރޯޝަނީ ދިރުން ގެ ނަމުގައި ޑީއާރުޕީ ގެ ޖަގަހައެއް ގައްދޫގައި ހުޅުވައިފި

ރޯޝަނީ ދިރުން ގެ ނަމުގައި ޑީއާރުޕީ ގެ ޖަގަހައެއް ގައްދޫގައި ހުޅުވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

ޑީއާރުޕީ އަށް ތާއިދުކުރާ އަންހެނުން ގެ އިސްނެންގެވުމުގެ މަތިން މިޖަގަހަ ހުޅުވީ ގައްދޫ ރަށްދެބައިގޭގައެވެ.

މިމަހުގެ 20 ވަނަދުވަހު DRP ގެ ރިޔާސީ ކެންޑިޑޭޓަށް ދެވަނަބުރުގައި އިތުރު ވޯޓް ހޯދުމުގައި ގދ. ގައްދޫ އޯކިޑު އަވަށުގައި އަންހެނުން އިސްނަންގަވައިގެން "ރޯޝަނީ ދިރުން" ގެ ނަމުގައި ޖަގަހައެއް ހުޅުވައިފިއެވެ. މިޖަގަހަ ހުޅުވުމުގައި ގައްދޫގެ ވަރަށްގިނަ އަންހެނުން ބައިވެރިވެ އެބޭފުޅުންގެ ހިތުގައި DRP އަށް އޮތް ތާއިދު އޮތްމިންވަރާއި ތާއީދު ހާމަކުރެއްވިއެވެ. އަދި ދެވަނަބުރުގައި އިތުރަށް ވޯޓް ހޯދުމަށް ކޮންމެފަދަ ގުރުބާނީއެއް ވުމަށްވެސް ތައްޔާރަށް ތިބިކަމަށް ހާމަކުރެއްވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (13 ލިބިއްޖެ):

  27 October, 2008 12:27:46
avatar
ހަމަހިލާ މިފަހަރު މައުމޫނު ހޮވިދީގެން ނުވާނެ. އަޅުގަނޑުމެނެގެ ދަރިންގެ ޙައްޤުގައި. އަޅުގަނޑުމެން ކާބަފައިންގެ ހިއްވަރުން ހިއްވަރުނެރެ ﷲ ގެ އިރާދަފުޅުން މިފަހަރު މައުމޫނުގެ ވަކިތަކުން މިގައުމު ސަލާމައިކުރާނަން. ގައްދޫގެ ލޮބުވެތި ދަރިންނޭ ހިއްވަރާއެކު މާދަމާ ނުކުމެ ބަދަލަށް ވޯޓްލާ. މައުމޫނުގެ ވަސް މިގައުމުން ފިލުވާލާ. އަޅުގަނޑުމެން މިތިބީ ގައްދޫ ލޮބުވެތި ރައްޔިތުންނާ އެކު. ގައްދޫގެ ރައްޔިތުންނަކީ ތާރީޚު ހެކިދޭ ހިއްވަރު ގަދަބައެއް. ގައްދޫ އިން މައުމޫނު ފަދަ މީހަކަށް މިފުރުޞަތުގައި އަޢުލަބިއްޔަތު ލިބުމަކީ ދެކުނު ބަޢާވާތުގައި ބަލިވުން ފަދަ ކަމެއް. ފުރުޞަތު ނުގެއްލެނީސް ހިއްވަރާއެކު ނުކުމޭ. ކޮންމެ މީހަކު ވެސް އިތުރު މީހަކަށް ވިސްނާދީގެން ބަދަލަށް ވޯޓް ބައިގިނަކުރޭ. ﷲ އިރާދަފުޅުން ކާމިޔާބު އޮތީ ވަރަށް ކައިރީގައި. 40 ގަޑިއިރު ފާއިތުވާއިރު އަޅުގަނޑުމެން ތިބޭނީ ކާމިޔާބީގެ އުފާފާޅުކުރުމުގައި. ޑރ. ޖަމީލު
ބަރާބަރު ސަކަރާތް
0
  27 October, 2008 11:19:11
avatar
ސާބަހޭ! އަތުގުޅާލާ އެންމެހާ ގައްދޫރައްޔިތުންއެކީ ބަދަލަކަށް އެދޭ! އަޅެ ވަރަށް ހެއްވާ ވާހަކައެއް ބުނަންތަ؟ ތިޔައިގެ ތެރެއިން ކިތަށް މީހުންބާ މައުމޫނުގެ ސަޕޯޓަރުންގެ ފަރާތުން އަޑުއެހީ މައުމޫނުގައޭ ވެރިޔެއް ވައްތަރު ޖަހަނީ. އަޅެ އަޖައިބެއްފަހެ ނުވާނެތަ؟ 30 އަހަރުވެރިކަމުގައި ހުންނައިރު ގެރިއެއްނަމަވެސް ވެރިއެއްވައްތަރު ޖަހާނެ ނޫންތަ؟ އަހަރެމެން މައުމޫނަކަށް ފުރުސަތުދޭކަށް ބޭނުމެއްނުވޭ ކީކޭ؟
ބަރާބަރު ސަކަރާތް
-1
  27 October, 2008 08:15:03
avatar
ހދ. ކުޅުދުއްފުށީގައި އޮތް ޑީއާރުޕީ ޖަލްސައެއްގައި މައުމޫނު ބުނީ ރައީސް ކަމަށް ގާބިލު އެތައްހާސް މީހުން ދިވެހިރާއްޖޭގައި އެބަތިއްބޭ. ވީއިރު މީނަ 30 އަހަރު ވެރިކަންކޮށްފާ އަނެއް 5 އަހަރަށް ކުރިމަތިމިލަނީ ހަމަ އަމިއްލަ އެދުމުން ނޫން ދެންކޮންކަމެއް އޮވެގެނތޯ؟ އެހެން މީހަކަށް ފުރުޞަތު ނުދީ މިހާދުވަހަށް ވެރިކަމުގައި މިހުންނަނީ އިޚްލާސްތެރިކަން ބޮޑުކަމުންތޯ؟ ވިސްނަވާލައްވާ! ގައުމު ކުރިއަށް އޮތް 5 އަހަރަށް ބައްޓަންކުރެވޭނީ ތިޔަބޭފުޅުން މާދަމާ ވޯޓްދެއްވާ ގޮތަކުން. 30 އަހަރު އަމިއްލަ އާއިލީ މީހުންގެ އެދުންތަކަށް ވެރިކަން ހިންގުމަށްފަހު ކުރިއަށް އޮތް 5 އަހަރު ރައްޔިތުންނަށް ހެވާއި ލާބަޔަށް މަސައްކަތް ކުރާނެ ކަމަށް ބައްލަވަނީތޯ؟ އުމުރު ދުވަހު ކުރަމުން އައި ކަންތައް މިހާރު ބަދަލުކޮށްލެވޭނެތޯ އެހާ ފަސޭހައިން. ގަބޫލުކުރެވޭތޯ އެކަން؟ އެހެން ނުވާނެކަން މައުމޫނު އިހައްދުވަހު އަލް ޖަޒީރާ ޓީވީގައި އިއްތިރާފްވެފައިވޭ. މައުމޫނު ބުނެފައިވަނީ މިގައުމު މިހާރުވަނީ އެންމެ ރަނގަޅަށްކަމަށް އިތުރު އިސްލާހެއް ގެންނާން ނުޖެހޭކަމަށް. ވީއިރު އަދިވެސް ވޯޓް ދެއްވާނީ މައުމޫނަށްތޯ؟ ނުވަތަ ބަދަލަކަށްތޯ؟
ބަރާބަރު ސަކަރާތް
0
  27 October, 2008 08:04:51
avatar
ދަންނަވަންތޯ ވާހަކައެއް. ހުވަދޫ ބަޣާވާތުގައި ގައުމަށްޓަކައި ގައްދޫގެ ދަރިން ކުރި ގައުމީ ޖިހާދު އެއީ ތާރީޚުގައި ލިޔެވިގެން ގޮސްފައިވާ ކަމެއް. އެކަމަކު ނިކަން ވިސްނަވާ ދިވެހި ސަރުކާރުން އެކަމައްޓަކައި ގައްދޫއަށް އެއްވެސް މިންވަރަކަށް އިސްކަމެއް ދެއްވިބާ؟ އޭގެ ބަދަލުގައި މީގެ 20 އަހަރު ކުރިން ގައްދޫ އޮތް ގޮތަށް މިހާރުވެސް ތިއޮތީ؟ ބައްލަވާ ތިނަދޫ ގައްދޫ މީހުންގެ ޖާނާއި މާލަށް ގެންލުންދިން މީހުންނަށް ކޮށްދީފައިހުރި ކަންތައް. ގައްދޫގެ ޒުވާން ދަރިންނޭ ތިޔަދަރިން ނަކީ ކުރީގެ ކާބަފައިން ފަދައިން ގައުމައްޓަކައި ޖިހާދުކުރާ ބަޔަކަށް ވުމަށް އަޒުމްކަނޑައަޅުއްވާ. މިއަދު ޖިހާދު ކުރަން މިޖެހެނީ މާދަމާގެ ވޯޓުލުމުގައި މިހާރުގެ އަނިޔާވެރި އަމިއްލަ އެދުން ބޮޑު ވެރިޔާ އެތަނުން ދުރުކޮށްގެން. ހިއްވަރާއެކު މަސައްކަތްކުރައްވާ!
ބަރާބަރު ސަކަރާތް
0
  26 October, 2008 03:08:18
avatar
މި ކޮމެންޓް ތަކުން ވަރަށް އެބަ ހިތްވަރު ލިބޭ. އެބަ އިނގޭ ގައްދޫގެ ޒުވާނުންނަށް ވާކަލަ މީހުންގެ ވިންދު ހުރިގޮތް.
ބަރާބަރު ސަކަރާތް
0
  26 October, 2008 12:58:53
avatar
އަޅުގަޑު މެންގެ މައިންލައްވާ ތިވެރިކަން ދަމަހައްޓަން މަސައްކަތް ނުކުރުވާ ! އާދޭސްކޮށްފައި ބުނަން މިތަނަށް ބަޔަކު އިތުރަށް އަލަކުން ގެންނާނޭ ލާދީނެއް ނެތް ؟

* ގައްދޫ އަހުމަދު*
ބަރާބަރު ސަކަރާތް
0
  25 October, 2008 10:07:48
avatar
މައުމޫނަށް ތާއިދު ކުރާމީހުންނާ ސުވާލުކޮށްލަން ބޭނުންވަނީ ކޮބާހޭ ެެމީހުންގެ މަގުސަދަކީ. މިއޮށް ހުރިޙަދުވަހު ކީންހޭ ގަންދުއަށްކުރީ. ގައުމުގެ ކުރިމަގަށް ވިސްނާށޭ، ގައުމު އޮތީ ދަރާވިކިފައެ./.......... ވަގުތީ ގޮތުން ތިލިބޭ ފަިދާއަށް ނުވިސްނާށެ. ގައުމށް ކުރިއެރުން ލިބޭނީ ބަދަލެއއް އައިސްގެން. ކިބިގަސްދޮށުގޭ މައުމޫނެ އތުން ރާއްޖޖެ ސްލާމަތްކުރާށޤ
ބަރާބަރު ސަކަރާތް
0
  23 October, 2008 08:01:27
avatar
ހަމަ ގައިމުވެސް އަޅުގަނޑު މައުމޫން އަކައް ވޯޓެއް ނުދޭނަން. އެބޭފޫލާ ދީނޭ، ގަދަފަސް އަހަރޭ ކިޔާކައް ލަދެއް ނުގަނޭދޯ އޭ އަޅުގަނޑު ހިތައްއަރަނީ. އަހަރެމެންގެ ގައުމަކީ މިނިވަން ގައުމެކޭ ބުނާކައް އަޅުގަނޑު ލަދެއް ނުގަނޭ. އެކަމަކު ސައްތައިން ސައްތަ މިސްލިމް ގައުމެކޭ ބުނަން އަޅުގަނޑު ލަދުގަނޭ. ކާކުބާ މިކަމުގެ ޒިންމާ ނަގާނީ؟ ފަޒްނާ
ބަރާބަރު ސަކަރާތް
0
  23 October, 2008 02:14:26
avatar
ގައްދޫގެ ޙަލަތާއިމެދު މާތްކަލާނގެއަށް ވަކީލްކުރަން. ހާދަހާއޭ ހަދާން ބަލީވެސް. އިހައްދުވަހު ކުރިހާ މުޒާހަރާތަކަކީ ތިރައްޔިތުން ކީއްކުރަންކުރި ކަމެއް. އެޔަށްވުރެ ރަގަޅުވާނެ އަމިއްލަޔަށް ގުއިލާފަ އޭގައި ދަނޑިބުރިއަކުން ތެޅިޔަސް. ހަމަގައިމުވެސް ތިކިބުރިއްޔާ ވަސްދުވާނެ.
ބަރާބަރު ސަކަރާތް
0
  23 October, 2008 01:23:51
avatar
ފޫޅުމާގޭ އަހުމަދު ސައީދަކީ އަޅުގަޑުމެން ގައްދޫގެ ހުރިހާ އެނަމެންވެސް ވަރަށް ގަދަރުކުރާ މީހެއް ނަމަވެސް އެބޭފުޅާ މިއަދު އެދައްކަމުންގެންދާ މަންޒަރު ތަކަކީ ގައްދޫގެ މުސްތަގުބަލަށް ގެއްލުންހުރި ކަމެއް.ނަމަވެސް ކީއްކުރާނީ މީހާ ވަކިވަރަކަށް ވުރެން އަމިއްލަ އެދުންބޮޑުވެއްޖިއްޔާ ވާނެ ހުރިހާ ކަމެއް މިހާރު އެދަނީ ފެންނަމުން،ގައްދޫގެ ވެރިކަމުގައި އުޅުއްވި ދުވަސްވަރު ކުރެއްވި ކަންތައްތައް އެފެންނަނީ،އަޅުގަޑު މިދައްކަނީ ސިއްޙީ މަރުކަޒު އަޅަންވެގެން ނަގާފަ ހުރި ވެލިފުންޏައް އެރިމަ ރަށުއޮފީހުގެ ގުދަނަށްލީ ވާހަކައެއްނޫން މިދައްކަނީ އަޅުގަޑުމެންގެ ދަރިންގެ ދަރީންގެ މުސްތަގުބަލް ހާލާކުކޮށްލުމަށްޓަކައި އަތުކުރި އޮޅާފައިވާ މިންވަރު، އަޅުގަޑު ދަންނަވާލަން ބޭނުންވަނީ ގައްދޫ ތިބި މަމޮޅު ކިޔާ ހިރުހާމީހުނަށް (ޝަމީމު، އިމާދު،ނައީމު،މޯޝީ،އަހުމަދު ސައީދު.......)އަދި އަޅުގަޑުމެން މިދުނީޔޭގަ އެބަތިބީމުއޭ އަޅުގަޑުމެން އަޅުގަޑުމެންގެ އަމިއްލަ އުފަންރަށް ތިބޭބޭ ފުޅުންގެ އަމިއްލަ އެދުމުގެ ޝިކާރާގައި ޖެހިގެންދާތަން ބަލާކަށް ނުތިބޭނަމޭ،ކަލޭމެންގެ އަތުން ގައްދު ސަލާމަތްކުރުމަށްޓަކައި ވެވެން އޮތް ކޮންމެ ޤުރުބާނީއެއްވާން މިތިބީ ތައްޔާރައް ކަން ހަދާން ބަހައްޓައިގެން އުޅުއްވާށޭ!ވައްސަލާމް.. މުއާޒު--
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 13 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0