ފުރަތަމަ ސަފްހާ | ޚަބަރު | ޑީއާރުޕީގެ އިތުރު ޖަގަހައެއް މިއަދު ހުޅުވައިފި

ޑީއާރުޕީގެ އިތުރު ޖަގަހައެއް މިއަދު ހުޅުވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ޖަގަހަހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

މިޖަގަހަ ހުޅުވުނީ ގައްދޫ ނިވައިދޮށުގެ ގައެވެ.

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބުދުލް ޤައްޔޫމަށް ފުރަތަމަބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބު ފާހަގަކޮށް ދެވަނަބުރުގައި އިތުރު ތާއީދު ހޯއްދެވުމުގެ ގޮތުން ގދ.ގައްދޫ އުތުރުކޮޅު އަންހެނުން އިސްނަގައިގެން "އަންހެނުންގެ ދިރުން"ގެ ނަމުގައި އިތުރު ޖަގަހައެއް ހުޅުވައިފި އެވެ. މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑީއާރުޕީ އަށް ތާއީދުކުރާ ވަރަށް ގިނަ އަންހެނުން ބައިވެރިވެ މައުމޫން އަބުދުލްޤައްޔޫމަށް ތާއީދުކޮށް ލަވަހައްދަވައިގެން އެލަވަކިޔުން އޮތެވެ. އަޅުގަނޑުމެން މިތިބީ މިރޫހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ޑީއާރުޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަންހެންބޭފުޅަކު ހާމަކުރެއްވިއެވެ.މިޖަގަހަ ހުޅުއްވާދެއްވީ ގައްދޫ އަތިރީގެ ފާތުމަތު ދީދީ އެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  29 October, 2008 05:26:50
avatar
އޮންނާނީ އަންނި ހޮވާފަ.......... ދެން އޮތް މަރުހަލާ އަކީ ހިޔާނާތްތެރިންގެ ހިޔާނާތުގެ ފަތިފުށް ރަށްޔިތުންނަށް އަންގައި ދިނުން. ރައީސް އަންނިއަށް ގޮވާލަނީ މިމީހުން ޝަރީއަތުގެ ކުރިމަށްޗަށް ގެނެސް ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމކުރުމަށް........ ދެންވެސް ހުރިހާމުސްކުޅިން ގެނެސްގެން ޑާންސް ކުރުވާ.
ބަރާބަރު ސަކަރާތް
0
  28 October, 2008 09:54:58
avatar
ތަންކޮޅެއް މުސްކުޅި ފުރައިގެ މީހުންނައް ހީވާކަހަލަ މައުމޫން ނެތީއްޔާ އިސްލާމްދީން ރާއްޖެއިން ފޮހެވިގެން ހިނގައިދާނެޔޭ. ހުދު އެބޭފުޅާ ވިދާޅުވާ ގޮތްވެސް މެ މީ. އެކަމަކު ދަންނަވަންތޯ އަޅުގނޑުމެންގެ ގައުމީ ޓީވީ އިން ދައްކާ ޑްރާމާ ތާކާއި ލަވަތައް ބަލަން އަޅުގނޑުމެން ލަދުގަނޭ އަޅުގަނޑުމެންގެ މައިންބަފައިން ތިމާގެ މީހުން ކުރިމަތީ. ދެފަރާތައް ފޫކޮޅު ތަޅުވާލީމާ އެތެރެއިން ލައިގެން ހުންނަ ޓައިޓް ނޫނީ އެ ނެތިއްޔާ ދެން ހުންނަ އެއްޗެއް ފެންނަވަރުގެ ކުޑަކުޑަ އެތިކޮޅު ލައިގެންތިބެ ޑާންސް ކުރާ މަންޒަރު މިފެންނަނީ. މިކަހަލަ އިސްލާމް ދީނެއް އަޅުގަނޑުމެން ބޭނުމެއް ނޫން. / ފަޒްނާ
ބަރާބަރު ސަކަރާތް
0
  27 October, 2008 11:23:03
avatar
ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ކިތައް ރަށުގައިތޯ ބަނދަރުހެދީ ކިތައް ރަށުގައިތޯ ސްކޫލު، ސިއްހީމަރުކަޒު، އަދި މިފަދ ބޮޑެތި ޚަރަދުތައް ހިނގާ ކަންތައްކޮށްފައި ހުރީ. ދެން ބައްލަވާ އޭގެ ކުރިން ދިޔަ 26 ވަރަކަށް އަހަރުގައި ޖުމްލަ ހަދާފައި ވަނީ ކިތައް ބަދަރުތޯ؟ ބޮޑެތި ޚަރަދުތައް ހިނގާ ޢުމްރާނީ ތަރައްޤިގެ ޕްރޮޖެކްޓްތައް ހިންގާފައި ވަނީ ކިހާވަރަކަށްތޯ ބައްލަވާ! ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މި 4 އަހަރުގައި ކުރީގެ 26 އަހަރު ކޮށްފައިވާ ބޮޑެތި ކަންތައްތަކަށްވުރެ 3 ނުވަތަ 4 ގުނަ ކަންތައް ކޮށްފައިއޭވަނީ. ވިސްނަވާ! ކިހިނެތްތޯ މިހާރު ކުއްލިއަކަށް އެހުރިހާ ފައިސައެއް ހޯދީ! މިހާރު ލިބޭކަމަށްވާނަމަ ކުރިންވެސް ލިބޭނެ އިނގޭތީ އެފައިސާ. މިހާކުޑަދުވަސްކޮޅަކުން މިހާގިނަ ކަންތައް ކުރީ ކީއްވެތޯ؟ ވިސްނަވާ! ބަޔަކު ރައްޔިތުންގެ ޙައްގުގައި ނުކުމެ އަޑުއުފުލީމަ ނޫންތޯ؟ ވިސްނަވާ ގައްދޫގެ ރައްޔިތުން ބިންހިއްކުމުގެ ކަންތަކުގައި ހިއްވަރު ލިބުނީ ކީއްވެތޯ؟ ވިސްނަވާ! ގައްދޫގެ ރައްޔިތުންނަށް އެހިއްވަރު ނުލިބުނު ނަމަ ރައްޔިތުން ނުކުމެ ޝުއޫރު ފާޅުނުކުރި ނަމަ ގައްދޫ ބިންހިއްކާނީ މިހާރު އޮތްވަރަށްތޯ؟ ތިޔަބޭފުޅުން ވިސްނަވާ! މިއީ ނުކުމެ މުޒާހަރާކުރަންޖެހޭ ކަމަކީ. އެއީކީ ހަމަނުޖެހުމެއްތޯ؟ ވިސްނަވާ! ގައްދޫ ނަރުދަމާ ނިޒާމް ގާއިމުނުކޮށްގެން މުޒާހިރާ ކުރީ ކީއްވެތޯ؟ ވިސްނަވާ! އުޅެންޖެހޭ ޙާލާމެދު ވިސްނޭތީ އެހެންނޫންތޯ؟ ވީއިރު އަދިވެސް ވޯޓްދޭންވީ މައުމޫނަށްތޯ؟ ހަމަޔަގީން ގައްދޫގެ ރައްޔިތުން ވޯޓް ދޭންވީ މިހިތިކަން ފިލުވާލެވޭނެ ބްދަލަކަށް. އަންނިއަށް ވޯޓް ދެއްވާ! އެބޭފުޅާގެ ފަހަތުގައި ދީނީ ބޭފުޅުން އެބަތިއްބެވި. އެކިދާއިރާގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން އެބަތިއްބެވި. ދެން ވީއިރު މިފަދަ ފުރުޞަތެއް އަޅުގަނޑުމެން ނަގާލައިގެންވާނެތޯ؟ "ވަޠަން އެދޭ ގޮތަށްދަމާހެ ހެޔޮ ހިތުނ މިޖާނުދޭން، ވަޠަންގެ އާޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން" ގައްދޫ ތަރައްގީއަށް އެދޭ ދަރިއެއް
ބަރާބަރު ސަކަރާތް
0
  27 October, 2008 11:09:07
avatar
އާދެން މައުމޫނަށް ވޯޓްދޭންވީ ދޯ! އެކަނިކުރިމަތިލާއިރުވެސް ދައުލަތުގެ ރައުސްމާލު ކެމްޕެއިނަށް ހުސްކުރާމީހަކަށް މިފަހަރު ވާނެވަރު ވިސްނާލަމާ. )ހށނ(
ބަރާބަރު ސަކަރާތް
0
  27 October, 2008 10:38:39
avatar
ޒުވާނުން ބަދަލު ބޭނުންވަނީ ސަބަބެއް ނެތި އެއް ނޫން. 2006 ވަނަ އަހަރު ސަރުކރާއި އިނދިކޮޅު މެމްބަރުން ބަޖެޓް ފާސްކުރުމުގެ ޖަލްސާއަށް ހުށަހެޅި ސްކޫލުގެ ކުދިންނަށް ބޭނުންވާ ފޮތް ސަރުކާރުން ދިނުމަށާއި، އެގްޒާމްފީ ސަރުކާރުން ދެއްކުމަށާއި، ހުރިހާ ރައްޔިތުން ހެލްތް އިންޝުރެންސް ސްކީމެއްގައި ބައިވެރިކުރުމަށް. ކީކޭތޯ ސަރުކާރު ތަމްސީލުކރާ މެމްބަރުން ބުނީ. ތިކަމެއް ނުވާނެޔޭ. ކިހިނެއްހޭ ހުރިހާ ކުދިންނަށް ތިޚަރަދު ކުރާނީ. ކިހިނެއްހޭ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދޭނީ. އެހެނކިޔާފައި އެކަމެއް ފާހެއް ނުކުރިއޭ. ދެން ފެނިގެން ދިޔައީ 2008 ވަނަ އހަރު ސަރުކާރުން ހެޔޮއެދިގެން ކޮށްދޭކަމެއްގެ ގޮތުގައި ސްކޫލުކުދިންނަށް ފޮތާއި އެކްޒާމްފީ ދެއްކތަން. މީގެ 1 އަހަރުކުރިން ފައިސާނެތިގެން ނުވާނެކަމަށް ބުނި ކަންތައް މިހާރު ކިހިނެތްތޯ މިކުރަނީ. ދެން މިހާރު ސަރުކާރުން ކިޔަނީ ހުރިހާ ރައްޔިތުން ހެލްތް އިންޝުރެންސް ސްކީމުގައި ބައިވެރިކުރާނަމޭ. މިކަންވެސް ނުވާނެކަމަށް ބުނެފައި މިހާރު ކިހިނެތްތޯ މިކަންކުރނީ. އެހެންވީމާ ތިބޭފުޅުންނަށް އެނގިއްޖެ ދެއްތޯ ކަންކަންނުވަނީ ވާންނެތިގެންނޫންކަން. ހަމަނުކުރަނީކަން. އަދި އެނގިވަޑައިގަންނަވާތޯ. މިދެންނެވި ކަންތައްތަކަކީ އާގާނޫނުއަސާސީގައި ކޮންމެހެން ކުރަންޖެހޭނެ ކަންތައްތަކެއްކަމަށް އިނދިކޮޅު މެމްބަރުން ވަކާލާތުކޮށްގެން ލިޔެފާސްކޮށްފައިވޭ. މިފަދަ ސަރުކާރެއްތީ ބޭނުންވަނީ. ނުވަތަ މިކަންތައް އިސްލާޙުކުރުމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ސަރުކާރެއްތޯ؟ ފުންކޮށްވިސްނަވާ!
ބަރާބަރު ސަކަރާތް
0
  25 October, 2008 11:12:43
avatar
އިދިކޮޅު ފަރާއްތަކުން ބޭނުންނުވާނެ މިކަހަލ މަންޒަރުތައް ބަލާކަށް، އަޑުހަކާވެސް. ބަދަލެއް ބޭނުންވިޔަސް ބޭނުންވަނީ ހެޔޮއިސްލާހީ ބަދަލެއްކަން އެންމެންވެސް ޤަބޫލުކުރާނެ. ގައްދޫގެ ގިނަ ޒުވާނުން ތިބީ ބަދަލެއް ބޭނުންވެފައި ކަމުގައިވިޔަސް މިލިބެންއުޅޭ ބަދަލަކަށް ހަމަޔަޤިނުންވެސް ހިއްނުވޭ ބޭނުންވާނެހެން.
ބަރާބަރު ސަކަރާތް
0
  24 October, 2008 11:18:11
avatar
ރަނގަޅު. ނަމުގައި ޖަގަހަ ހުޅުވިދާނެ. ނަމަވެސް މީކީއްކުރަން ހުޅުވާ ޖަގަހަ ތަކެއް ބާވައޭ ހިތައް އަރާ. މިތަން ހުޅުވުމަށްފަހު ކުރާ އެއްވެސް ކަމެއްނޯވޭ. ތަންހުންނަނީ ފަޅަށް. މީމީހުންނަށް މާބޮޑު ސަޕޯރޓް އޮތްކަމަށް ދައްކަން ބޭނުންކުރާ ވިޒުއަލް ކެމްޕޭނެއް. ބައްލަވާލައްވާ. ރަށުގެ ހުރިހާ މުސްކުޅިން އެތާއެތިބީ. ކޮބާބާ މުސްތަގްބަލަކީ. ހަމަޔަގީނުންވެސް އެނގޭ އެއްޗަކީ ގައްދޫގެ ޒުވާނުންގެ ތަރުހީބު ނުލިބި މިމީހުން ބޭނުންވާ މަގުސަދުތަކެއް ހާސިލް ނުވާނޭ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00