ފުރަތަމަ ސަފްހާ | ޚަބަރު | އެމްޑީޕީގެ ބައްދަލުވުމެއް ގައްދޫ ގައި ހުންނަ އެޕާޓީގެ އޮފީހުގައި ރޭ ބާއްވައިފި

އެމްޑީޕީގެ ބައްދަލުވުމެއް ގައްދޫ ގައި ހުންނަ އެޕާޓީގެ އޮފީހުގައި ރޭ ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image

މިބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދުއަށް އިތުރު ތާއީދު ހޯއްދެވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) އަށް ދެވަނަބުރުގައި އިތުރަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގައްދޫ އެމްޑީޕީ ހަރުގޭގައި ބައްދަލުވުމެއް ރޭ ބާއްވާފިއެވެ. މިބައްދަލުވުމަށް ގައްދޫގައި އެމްޑީޕީ އަށް ތާއިދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. މިބައްދަލުވުމުގައި މުހަންމަދު ނަޝީދު އަށް އިތުރު ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިންވެސް ރޭވިފައިވާ ޕްލޭނުގެ ދަށުން އިތުރު ހިއްވަރަކާއެކު މަސައްކަތް ކޮށްދެއްވުމަށް ރިޔާސަތުން ރައްޔަތުންނަށް ގޮވާލެއްވިއެވެ. މިފަހަރުގެ މިނެގޭ ވޯޓަކީ އެބައެއްގެ މުސްތަގުބަލާއި ގުޅިފައިވާ ކަމަކަށްވާތީ ވަރަށް ވިސްނުންތެރިކަމާއެކު ގޮތެއްނިންމުމަށް ރައްޔަތުންނަށް ދެންނެވުނެވެ. އަޅުގަޑުމެން މިތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަހަތުގައި. އަންނި އަށް އިތުރު ވޯޓް ހޯދާދިނުމުގައި އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން. ބައްދަލުވުމަށް ހާޒިރުވި އަންހެނަކު ހާމަކުރެއްވިއެވެ. އަދިމީގެ އިތުރުން އަންނި އަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގައްދޫގައި އިތުރު ތިން ޖަގަހަވެސް ވަނީ ހުޅުވާފައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  05 November, 2008 03:29:16
avatar
މިއަދު މިއޮތީ ވަރަށް ގިނަބަޔެއްގެ އުންމީދުތައް ޙާޞިލްވުމަށް ދޮރެއް ހުޅުވިފައި... ގައްދޫގެ ގިނަރައްޔިތުން އެމީހުންގެ ސާބިތުކަން ދައްކައިފި. ދެން ގައްދޫގެ ރައްޔިތުންނަށް ދަންނަވަންއޮތީ އަޅުގަނޑުމެން ހިނގާށޭ ވަރަށް އެކުވެރިކަމާއެކު ހުރިހާ ރަނގަޅުކަމަކަށް އެއްބާރުލުންދެމާހިނގާށޭ އަޅުގަނޑު ހާދަ ދެކެންބޭނުންވާ ދުވަހެކޭ އެއީ. އަނެއް ދިވެހިރާއްޖެއަކަށް ދެވޭނީވެސް އެއްބާރުލުންދީގެނޭ، އަދި އާސަރުކާރުންވެސް ކުރާނުރަނގަޅު ކަންތައް ފާހަގަކޮށް އިސްލާޙް ކުރުމަށް ގޮވާށޭ. އެއީ ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް ހުދޫދެއްގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެންޖެހޭ ހައްގުތަށް ވާނެޔޭ. އަޅުގަނޑުމެންވީ ކޮންމެބަޔަކު ކުރިކަމުގައިވިޔަސް ރަނގަޅުކަންތަކަށް ހިތްވަރުދޭށޭ... މިގޮތަށް ކަންތައްކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވެއްޖެނަމަ މިދިވެހިރާއްޖޭގެ މުސްތަޤްބަލް އުޖާލާކަންމަތީ ފެނިގެންދާނެޔޭ... އަދިވެސް އެއްފަހަރު ގައްދުއަށާ ގައްދޫގެ އުޚްތުންނަށް ބާއްޖަވެރި ކުރިމަގަކަށް އެދެން (ހށނ)
ބަރާބަރު ސަކަރާތް
0
  27 October, 2008 11:05:48
avatar
ފުރަތަމަ ކޮމެންޓްކުރި ޒުވާނާޔަށް.. ގަދަ ކަލެޔަކީ ހަމަ ރަނގަޅަށްވެސް ވަރަށް ނުވިސްނޭ މީހެއް. މިހާރު އަހަރުމެންކުރިމަތިން މިފެންނަނީ ބުދަށް އަޅުކަން ކުރަމުންދާ މަންޒަރެއް ނޫންތަ؟ މައިންބަފައިންގެ ކުރިމަތީ ދަރިން އޮރިޔާންހާލު ހަރާންޒިނޭކުރާތަނެއް ނޫންތަ؟ މަގުމަތިން މިފެންނަނީ ކަކުލުހުޅުން ވާގިނެތިފައިތިބި ޒުވާނުންތަކެއް ނޫންތަ؟ ކެޕިޓަލް މާލޭގެ ހާލަތަކީ ގެއިން ނުކުމެގެން ހެޔޮހާލު އަނބުރާ ގެޔަށް ދެވޭނެކަމުގެ ޔަގީންކަމެއް ނޯވޭ. ވީމާ ތިޒުވާނާއަށް ބުނެލަން އޮތީ މައުމޫނު ތަސްމީނުގޮވައިގެން އާ އުސްމިންތަކަކަށް އެރުމުގެ ބަދަލުގައި ކަކުލުހުޅުން ވާގިނެތިފައިތިބި އެތައްހާސް ޒުވާނުންގޮވައިގެން އާއުސްމިންތަކަކަށް އަރަންވީ ނޫންހޭ .... މަށަށްހީވަނީ މައުމޫނަށްވުރެ ތިޒުވާނާ ވެރިކަމަށް އެރިޔަސް މިއަށްވުރެ ރަނގަޅުވާނެހެން (ހށނ)
ބަރާބަރު ސަކަރާތް
0
  26 October, 2008 09:32:35
avatar
އެއްބައިވަންތަކަމެއް ނެތްތަނެއް ދުވަހަކުވެސް ކުރިނައަރާނެ. ؟ ވަތަން އެދެނީ ބަދަލަކަށް
ބަރާބަރު ސަކަރާތް
0
  26 October, 2008 09:25:26
avatar
މައުމޫނު ގެންނަން އުޅޭ އިސްލާހީބަދަލް ނުގެނައިޔާ އަހަރެމެންނައް މާރަނގަޅު. ކަންތައްތައް ނުކޮއްދެޔޭ ނުބުނަމޭ އެކަމަކު ކަމެއް މިކޮއްދެނީ އާއިލާ މީހުނައް ބައި އަޅާފަ ބާކީހުރެއްޖިއްޔާ، ނެތިއްޖެއްޔާ އެނިމުނީ އެހިސާބުން. އަހަރެމެން ގައުމައް ލިބޭ ލާރިން އަހަރެމެން ގައުމު ތަރައްގީ ކުރަން ޖެހޭ މިންވަރާ ބަލާފަ އަހަރެން ބުނާނީ މިކީ ތަރައްގީ އެއްނޫނޭ. ކަންތައްތައް ނުވަނީ ފައިސާނެތީމަ ނޫންކަން މިހާރު އެބައިގޭނޫންތޯ ހަމަކުރަން ބޭނުން ނޫވީ ސަރުކާރުން. މިއަދުގެ ސަރުކާރުގަ އުޅޭ ބައެއްމީހުންނައް ސަރުކާރުން ހާއްސަ އިނާޔަތްތައް ދެއްވިޔަސް ރާއްޖޭގައި އުޅޭ ނިކަމެތި ފަގީރުންނައް އެއިނާޔަތް ތައް ނުލިބެޔޭ އިނގޭތޯ. / ފަޒްނާ
ބަރާބަރު ސަކަރާތް
0
  25 October, 2008 11:08:02
avatar
ބަލަ ގައްދޫ މީހުން ނޫންތަ މައުމޫނު ނަރުދަމާ ނިޒާމެއް ނެހެދިއޭ ކިޔާފަ މުޒާހަރާކުރީ ވެސް. ހާދަމޮޔައޭ ދޯ!
ބަރާބަރު ސަކަރާތް
0
  25 October, 2008 11:16:52
avatar
އަހަރުމެން އިނގިރޭސީންގެ އައްމައްޗަށް ދާން ބޭނުމިއްޔާ އެމްޑީޕީއަށް ވޯތް ދެއްވާ. އިސްލާހީ ހެޔޮ ބަދަލެއް މިޤައުމަށް ބޭނުންމިއްޔާ ޑިއާރުޕީއަށް ވޯޓް ދެއްވާ.
މައުމޫން ކޮށްދިން އެއްވެސް ކަމެއްނެތޭ ކޮންމެ މީހަކު ބުނަމުންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާލުމުން ހީވަނީ ވަރަށްރަގަޅަށް އެކަންތައް ސާބިތުވާނެހެން.
ރަގަޅު އަހަރުމެން ބޭނުމެއް ނޫން މިރާއްޖޭގައި ބުދުފައްޅިއެއް އަޅާ ރާބޮއި މިނޫންވެސް މީހުންގެ މައްޗަށް މިޤައުމު ދޫކޮށްލާކަށް.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
0