އެމްޑީޕީގެ ރިޔާސީކެންޑިޑޭޓް މުހަންމަދު ނަޝީދު އަށް ތާއީދު ކުރުމުގެ ގޮތުން ގައްދޫގެ ބޮޑެތި މަގުތަކުގައި ހިގާލުމެއް ބާއްވައިފި
މިހިގާލުމުގައި އެޕާޓިއަށް ތާއީދުކުރާ ގިނައަދަދެއްގެ މީހުން ބައިވެރިވި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަށް ތާއީދުކޮށް އިތުރުތާއީދު ހޯއްދެވުމަށް ގައްދޫގެ ބޮޑެތި މަގުތަކުގައި މިއަދު ހިގާލުމެއް ބާއްވާއިފިއެވެ. މިހިގާލުމުގައި އަންހެނުންނާއި ފިރިހުނުން ބައިވެރިވިއެވެ. މިހިގާލުމުގައި ބައިވެރިވި މީހުން އެމީހުންގެ ޝުޢޫރު ފާޅުކުރުން އޮތެވެ. މިޝުޢޫރުތަކުގެ ތެރޭގައި އާއުސްމިންތަކަށް އަރަންބޭނުންނުވާކަމަށާއި މިފަހަރު ބޭނުންވަނީ ބަދަލަކަށް ކަން ހާމަކުރަމުން ދިޔެއެވެ. މިހިގާލުމުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނައަދަދެއްގެ މީހުން ބައިވެރިވިއެވެ. ވަރަށް އަމާންކަމާއެކު ހިގާލެވުނު މިރިލޭގައި އެއްވެސް ހަމަނުޖެހުމެއް ހިގާފައެއްނުވެއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ