ފުރަތަމަ ސަފްހާ | ޚަބަރު | ޑީއާރުޕީ އަށް ތާއީދު ކުރާ އަންހެނުންގެ ހިގާލުމެއް ގައްދޫގެ ބޮޑެތިމަގުތަކުގައި ބާއްވާއިފި

ޑީއާރުޕީ އަށް ތާއީދު ކުރާ އަންހެނުންގެ ހިގާލުމެއް ގައްދޫގެ ބޮޑެތިމަގުތަކުގައި ބާއްވާއިފި

ފޮންޓް ސައިޒް: Decrease font Enlarge font
image މިހިގާލުމުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

މިހިގާލުމަކީ ގައްދޫގެ އަންހެނުން އިސްނަގައިގެން މިހާތަނަށް ބޭއްވުނު އެންމެބޮޑު ހިގާލުންކަމަށް ޑީއާރުޕީގެ ގައްދޫ އޮފީހުން ހާމަކުރެއްވިއެވެ

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް އަށް ތާއީދު ކުރުމުގެ ގޮތުން ގދ. ގައްދޫގައި އަންހެނުންގެ ހިގާލުމެއް ބާއްވާއިފިއެވެ. މިހިގާލުމުގައި ބައިވެރިވި އަންހެނުން ޑީއާރުޕީގެ ޒައީމަށް ތާއީދު ކުރުމުގެ ގޮތުން މައުމޫނުގެ ޕޯސްޓަރު ހިފައިގެން އެމަނިކުފާނަށް ތާއީދުކުރުމުގެ ޝުއޫރު ފާޅުކުރަމުން ރަށުގެ ބޮޑެތިމަގުތަކުގައި ހިގާފައިވެއެވެ. އަންހެނުންގެ މިހިގާލުމުން ރަމްޒުކޮށްދެނީ ގައްދޫގައިވެސް މައުމޫނަށް ތާއިދު ކުރާ މީހުންވެސް ތިބިކަމެވެ. އެމްޑީޕީން ހީކުރާގޮތަކަށްނޫން މިރަށުގެ ހާލަތު މިއޮތީ. އިރާދަކުރެއްވިއްޔާ އެއަށްވުރެ މާބޮޑު ތާއީދު މައުމޫނަށް މިރަށުން ލިބޭނެ. މިއީ ހަމައެކަނި އަންހެނުންގެ ތާއީދު އޮތްމިންވަރު. ފިރިހެނުން އަދި މިއަށްވުރެން އިތުރުވާނެ. މިހިގާލުމުގައި އިސްކޮށް ހަރަކާތްތެރިވި އަންހެނަކު ހާމަކުރެއްވިއެވެ. މިހިގާލުމަށް ޑީއާރުޕީގެ ގައްދޫ އޮފީހުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. މިއީ އަންހެނުން އިސްނަގައިގެން ގައްދޫގައި ބޭއްވުނު މިފަދަ އެންމެބޮޑު ބައްދަލުވުން ކަމުގައި ޑީއާރުޕީގެ ގައްދޫ އޮފީހުން ސިފަކުރެއްވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (14 ލިބިއްޖެ):

  06 November, 2008 11:10:44
avatar
ދެން ތިއޮތީ ބަދަލު ގެވިފައި. ހުރިހާ މީހުން ބަލަންތިބޭ. ޑިސްޓްރިބުޝަން ފޮއްޓާއި ކެއުން ބުއިމާއި ބޭސްފަރުވާ ސަލާން ޖަހަން ނުޖެހޭ މިންވަރު ބަލާ. މިކުރީ ގައުމެއްގެ ވެރިކަން ބަދަލު ކުންފުންޏެއްގެ ވެރިކަމެއް ނޫން. ހާދަ އެއްޗެއް ނުވިސްނުނޭ ދޯ. ބަދަލަށް މަރުހަބާ ކިޔަން. ބަލަން ތިބެމާ ވާނެ ގޮތް....އިސްލާހް
ބަރާބަރު ސަކަރާތް
0
  04 November, 2008 03:01:49
avatar
މައުމޫނަކީ ރަގަޅުތަޖުރިބާހުރި ވެރިއެއް..ކޮށްދެއްވި ޚިދުމަތަށް ޝުކުރިއްޔާ...އެކަމަކު ގައްދޫގެ މައްސަލަތަށް ވަރަށްގިނަ..ޒުވާނުންގެ އައިޑިއަލޮޖީ ބަދަލުވާން އެބަޖެހޭ ...ސިޔާސީ މައިދާނުގައި ޗެކް އެންޑް ބެލެންސް ނެތިއްޔާ ރައްޔިތުންނަށްކުރާނެ ފައިދާއެއްނެތް...އަނެއްކާވެސް މިހޯދި ކާމިޔާބީ ގެއްލިގެން ގޮސް ޑިމޮކްރަސީ ބަޔަކުފޭރިގެންފާނެ..
ރައްޔިތުންގެ ވަކީލަކަށް އިންތިޚާބުކުރައްވާ ފަރާތަކީ އެމަސްއޫލިއްޔަތު އަދާކުރެވޭ ބޭފުޅަކަށް ހައްދަވައިފިއްޔާ ގައްދޫގެ ދަރިން ކިޔަވާނީ ގައްދޫގައި ތިހުރި ސްކޫލުގައި...ނަމަވެސް ހިތާމަޔަކީ މިހުރިހާ ރަގަޅު ނުރަނގަޅު ވާހަކަ ދައްކަވާފައި ، މީހެއްގެ އަތުގައި ހުރި ފައިސާ ރީތިވެގެން ގައްދޫގެ މަދު ރައްޔިތުން ތަކެއް މިފަހަރުވެސް ވޯޓް ހޯދަން އުޅޭކަން.. މިއީ އަމިއްލަ ރަށުގެ ޚާއިނުން ... ބަތަލުންނަކީ ތިމާގެ ގައުމުގެ ކުރިމަގުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ފަރާތަކަށް ވޯޓްދޭމީހުން... ގައްދޫގެ ރައްޔިތުންނަށް ކާމިޔާބާއި ނަސްރު ދެއްވުން އެދި ދުއާކުރަމެވެ.
ބަރާބަރު ސަކަރާތް
0
  27 October, 2008 01:02:41
avatar
މިފަހަރު މައުމޫން ހޮވަން ވޯޓް ދޭ މީހުންނަކީ ރަށާއި ގައުމަށް ޣައްދާރުވާ މީހުންކަމަށް އަހަރުމެން ގަބޫލް ކުރަން. ހަނދާންކުރާތި ކަލޭމެން ރަށުކައުންސިލާއި އަތޮޅު ކައުންސިލަށް އަދި ރައްޔިތުންގެ މަޖިލިހަށް ކެމްޕޭންކޮށް ވޯޓްހޯދުމަށް ކަލޭމެން އަހަރެމެން ކައިރިއަށް ނާންނާތި!
ބަރާބަރު ސަކަރާތް
-1
  27 October, 2008 12:44:21
avatar
ވެރިކަމަށް މައުމޫނު މިފަހަރު އިންތިޚާބް ނުވެގެން އަދި އުޅޭއިރު މީނަ މިހާރު ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް މިހާރު މައުލޫމާތު ދެމުން އެދަނީ ރާއްޖޭގައި މާބޮޑު މައްސަލައެއް ނެތޭ. ތިމަންނަ ދެން ވެރިކަމަށް އަޔަސް އިތުރަށް ރަނގަޅު ކުރަންޖެހޭ މާބޮޑުކަމެއް ނެތޭ. އެހެންވީއިރު މީނަގެ މަކަރުވެރި މަގްސަދުތައް ވެސް މިހާރުވެސް ފެންނަމުން މިދަނީ. ކުދިންނޭ. މިފަހަރު މިފުރުސަތު ގެއްލިގެން ދިޔަ ނުދެއްޗޭ. އެހެންނޫނީ ގިނަދުވަސް ތަކެއް ވަންދެން އަހަރެމެން ގިސްލާ ރޯންޖެހޭނޭ. ގައުމު މިދަނީ އިނދަ ޖެހެމުންނޭ. އެހެންވީމާ ގައުމު ސަލާމަތްކުރުމަށްޓަކައި މިފަހަރު ބަދަލަކަށް ވޯޓް ދޭށޭ. -ގައްދޫ މީހާ-
ބަރާބަރު ސަކަރާތް
0
  27 October, 2008 10:52:07
avatar
ދެން ލަލަލަ އަށް ސާބަސް، ތިމާގެ ދަރިންނަށްޓަކާ އަދާކުރަންޖެހޭ ޒިންމާ، ފަރުދީ ޒިންމާތައް އެބަހުރި. ކޮންމެ މީހަކުވެސް އަގަ ޗޭކޮށްލާފައި މަސްތުވާތަކެތި ބޭނުންކުރަނީ، ޒިނޭކުރަނީ ނުބައި އަމަލުތައް ކުރަނީ ނޭނގިހޭ ބުނާނެ. މީ މައުމޫނުގެ އަޑަށް ނުވަތަ މައުމޫނުގެ ސަޕޯޓަރުންގެ އަޑަށް ވެދާނެ. ހުރިހާކަމެއްއެނގިހުރެ މައުމޫނު ރިބާކަނީ، ބުދުބަހައްޓައިގެން މީހުންލައްވާ އެއަށް ސަޖިދަ ޖައްސުވަނީ އެހެންވީއިރު ކީއްވެ. ތިހެން ވާހަކަ ދައްކާއިރު ވަރަށް ކުޑަކޮށް ވިސްނާލަބަ، ދީނަކީ އިސްލާމްދީނޭ އުޅެންވާނީ އިސްލާމްދީނަށޭ އެއީއޭ ޙައްޤު ގޮތަކީ ކީރިތި ޤުރުއާނުގަ އެބައޮތޭ އިނގޭތޯ. ވީއިރު ރަސޫލުން ފޮނުއްވުމުގެ ބޭނުމަކީ ކޮބައިތޯ. ގަމާރު ކާފައިތިއްބަސް ދެޓްސް ޓޯމަޗް ދޯ...(ހގ)
ބަރާބަރު ސަކަރާތް
0
  27 October, 2008 09:13:37
avatar
ދަރިން ތަރުބިއްޔަތު ކުރުމުގެ ވާހަކަބާއްވަމާ، ވަރަށް މަދު ފަހަރެއްގަ ނޫނީ މާހައުލުން ފެންނަ ކަންތައްތަކައް ކުދިން ހެއްލިނުދިޔުމަކީ ވާނެކަމެއްނޫން ހާއްސަކޮއް އާއިލާ ޜޫޅިފަ ތިބޭ ކުދިން. ހުދު އަހަރެންވެސް އައްނި އަކައް ތާއީދެއް ނުކުރަން. އެކަމަކު އަހަރެން ބުނާނީ ކުއްކުރާމީހުންނައް ހައްގާ ހަމަހަމަ އިންސާފްވެރި އުސޫލަކުން އަދަބު ނުދެވޭ މާހައުލެއްގަ ކުއްކުރުން ގިނަވާނެޔޭ. ކީއެވެބާ ޒިނޭކުރާމީހުންނައް ހައްގު އަދަބު ނުދެނީ، ކީއްވެބާ އެއްޖިންސުގެ ގުޅުން ހިންގާ މީހުންނައް ހައްގު އަދަބު ނުދެނީ، ކީއްވެބާ މީހުންމަރާ މީހުންނައް ހައްގު އަދަބު ނުދެނީ، ކީއްވެބާ ރާބޯމީހުންނައް ހައްގު އަދަބު ނުދެނީ، ހުދު މައުމޫނުގެ ގާތްބޭފުޅުންނަކީ މިހުރިހާ ލާދީނީ އަމަލުތައް ހިންގާމީހުން މިހެންވެ ރާއްޖޭގައި އަދުލުއިންސާފް ގާއިމް ނުކުރެވެނީ / ފަޒްނާ
ބަރާބަރު ސަކަރާތް
-1
  27 October, 2008 04:45:57
avatar
ތިއީ ވަކި އޭންގަލަކުން ވިސްނަން ފެށީމަ ހަމަ ކޮންމެ މީހަކަށްމެ ހަމަ ދެއްކޭނެ ވާހަކަތަކެއް. ކަލޭމެން މިއަދު ބުނާނީ ތިމަންނަމެންގެ ހައްޤުތަކަކީ ކޮބައިހޭ؟ އެކަމަކު ތިމާ ތިމާގެ ގައުމަށްޓަކައި ތިމާގެ ދީނަށްޓަކައި ތިމާގެ ދަރިންނަށްޓަކައި އަދާ ކުރަންޖެހޭ ޒިއްމާއެއް ވާކަން ކަލޭމެން ނަކަށްނޭގެ؟ ކަލޭމެންގެ ދަރިން ރަނގަލަށް ތަރު ބިއްޔަތު ކުރުމަކީ ކަލޭމެންގެ ޒިއްމާއެއް. އެމެރިކާއަކީ ނިސްބަތުން ކުށްކުރުން ގިނަ ނަމަވެސް މުސް ޕޮޕިއުލޭޝަން ހަލުވި ކަމާއި އެކު ފެތުރެމުން ދާ ޤައުމެެއް ކަމަށް އެތާގައި ދިރި އުލޭ މުސްލިމުން ތިމަންނަމެން ނަށް ފަސޭހައިން މަސްތުވާ ތަކެތި ލިބެޔޭ ނުވަތަ އެއްޖިންސުގެ ކައިވެނި ޤާނޫނީ ގޮތުން އޮތީ ހުއްދަ ކޮށްފައޭ ބުނެ އެކަން ކޮށްފައި ﷲގެ ހަޟްރަތަށް ކުށްތަންވާ ދުވަހުން ތިމަންނަ ކުރި ކަންތައް މައުމޫނަށް އަދަބު ދޭށޭ ތޯ ދަންނަވާނީ!!! ދެން އޮތް ވާހަކައަކީ ޒިނޭގެ މައްސަލަ އެއްމެ ބޮޑު އެއްރަށް ގައްދޫ ތިއީ.. އެކަމަކީ އެއީވެސް ބުނަންވީ ވެސް މައުމޫން ފިރިހެނުން ނާއި އަންހެނުން ލައްވާ ކުރުވާ ކަންތައް ދެއްތޯ؟ ތިމާގެ ވާޖިބު ތިމާ އަދާ ނުކޮށް ތިމާ އާފިލު ކަމަށް ހެއްލިގެން ދިޔަޔަސް މަޤުދައްކާނެ މީހަކު ނުވާނެ އިގޭތޯ! އަހަރުމެން ދެކެން ބޭނުންވާ އިސްލާހު ގެނެވޭނެ ފެންވަރު ބޭފުޅުން އަހަރުމެންނަށް އިގޭ! ސޮފްޓް ޑްރަގުސް މިތާގައި ވިއްކައިގެން ސަލާމަތް ކުރާކަށް ނޫން އަހަރުމެން ބޭނުންވަނީ.. ގޮން ޖެހުންތަކާއި އެކު އިސްލާހަށް އަހަރުމެން އެދެނީ. އިސްލާހަކީ ކެނެރީގެ ނަޝީދު ކަމަކަށް އަހަރެމެން ޤަބޫލު ނުކުރަން.. ދެން ލަލަލަ
ބަރާބަރު ސަކަރާތް
0
  26 October, 2008 07:52:52
avatar
މި ބުނަނީ ކުއްކުރާމީހުންނައް އަދަބުނުދޭށެކޭ ނޫން އިގޭތޯ. މިގައުމުގައި މަސްތުވާތަކެތީގެ ވަބާ މިހާބޮޑައް ފެތުރުން މީކާކުގެ ޒިންމާއެއްބާ؟ ކާކުބާ މިކަން ހައްލުކޮއްދޭން ހުރީ؟ ކާކުބާ މިތަކެތި އެތެރެކުރެވޭނޭ މަގު ބަންދުކުރަން ހުރީ. ވިސްނާލުން ބުއެދިވެރިދޯ އެއްޗެކޭ ބުނާއިރު/ ފަޒްނާ
ބަރާބަރު ސަކަރާތް
0
  26 October, 2008 04:28:09
avatar
ދަންނަވަންތޯ ފަޒުނާ ..ކުށް ކުރާ މީހުންނަށް ހައްޤު އަދަބު ދިނުމަކީ އެއީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް! މުހައްމަދު ނަޝީދު އަކީ އެކްޓިވިސްޓެއް ..އޭނަ މަސަތްކަތް ކުރީވެސް އިސްލާހައް ..އެކަމަކު ދަނަނަވަންތޯ ގައްދޫ ފަދަ ޑްރަގާ ޅައުކުރުގާ ޒިނޭ ގެ ކުރާ މީހުންނާއި މީހުން މަރާ މީހުންގެ ހައްޤުގެ ދިފާއުގައި ނުކުތް މީހެއް އެއީ ..ގަބޫލު ކުރިޔަސް ނުކުރިޔަސް ޤައްދޫގެ ޒުވާން އާބާދީގެ %90 ޑްރަޤް ބޭނުން ކުރޭ ! އެމީހުންގެ އަންނިއަށް ސަޕޯޓް ކުރަނީ ކީއްވެކަން ވިސްނާލެއްވިންތޯ.
ގައްދޫގެ މީހުން ރަށުން ނުކިޔަވަނީ ތައުލީމީ ފެންވަރު ދަށްވެގެންނޫން.. މީގެ އަހަރުތަކެއް ކުރިން ގައްދޫ ސުކުޫލަކީ އަތޅުގެ ހުރިހާ ރަށްރަށުގެ މީހުްންގެ ކަޅި ހުއްޓުނު އަމާޒު.. މިހާރު އެހެން ނުވަނީ ގައްދޫ ރައްޔިތުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން،، މާލޭގެ ގޮނަ ސުކޫލޫލުަތަކުގައި މަތީ މަޤާމުތަކުގައި އެބަތިބި ގައްދޫ ޓީޗަރުން.. އެއީ ގައްދޫ ސުކޫލުގައި ކިޔަވާދެއްވި ބޭފުޅުން... ތިކަމަމެންގެ ވެސް ދެއްތޯ؟ އެއީ މައުމޫނު ސަރރުކާރެއް ނޫން އެހެން ސަރުކާރެއް ވިޔަސް ގައްދޫގެ ތިޖޫރި ކަތީބުގެ ގޭގައި ބަހައްޓާނަމަ ވާނީ ހަމަ ތިހެން ..އެފަދަ މީހަކު އިސްލާހަށް ވޯޓްދޭން ބުނާއިރު މިޤައުމު ހަލާކު ކުރަނީ ކޮންބައެއް ކަން އަހަރުމެން މތިބީ ބަލަންށ
ބަރާބަރު ސަކަރާތް
0
  26 October, 2008 03:00:33
avatar
ކީކޯ ދޯ ބުނާނީ! ހުރިހާ ކަމެއް ލޮލު ކުރިމަތިން ފެންނަން އޮތް އިރުވެސް މިކަބަލުން ހަމަ މި ބޭނުންވަނީ މި ޙާލަތު ދަމަހައްޓަންބާ. ތިބޭފުޅުން މައުމޫނަށް ދެއްވާ ކޮންމެ ވޯޓކީ މި ގައުމުގައި ކޮރަޕްޝަންގެ އިތުރު ދޮރުތައް ހުޅުވުމަށް ދެވޭ ފުރުސަތެއް. މަސްތުވާތަކެއްޗާއި، ބަދު އަޚްލާގީ މައްސަލަ ތަށް އިތުރުވުމަށް އެޅޭ އިތުރު ފިޔަވަޅެއް. ވީއިރު ހުރިހާ ބޭފުޅުންވެސް މާތްރަސްކަލާނގެ ތި ބޭފުޅުންނަށް ދެއްވި ބުއްދީގެ ބޭނުންކޮށްގެން މިފަހަރު ވަތަން އެދޭގޮތަށް ބަދަލަކަށް ވޯޓް ދެމާ. - ޟާމިރު
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 14 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00