ޕީއޭ އިން ގައްދޫ މާގަސްދޮށުގެ ގައި އަންހެނުންގެ ޖަގަހައިގެ ނަމުގައި ޖަގަހަ އެއް ހުޅުވައިފި
މިޖަގަހަ ހުޅުވުމުގައި ޕީއޭ އަށް ތާއިދުކުރާ ފަރާތްތަކާ އެކު ޑީއާރުޕީ އަށް ތާއިދުކުރާ ގިނައަދަދެއްގެ މީހުން ބައިވެރިވި
ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު އަށް ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބު ފާހަގަކޮށް ދެވަނަބުރުގައި އިތުރު ތާއީދު ހޯއްދަވާއިދެއްވުމުގެ ގޮތުން ޕީއޭ ގެ ފަރާތުން ގައްދޫ މާގަސްދޮށުގޭ ގައި "އަންހެނުންގެ ޖަގަހަ" ނަމުގައި އަންހެނުން އިސްނަގައިގެން ޖަގަހައެއް ހުޅުވައިފިއެވެ. މިޖަހަގަ ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވީ ނީލާ އަހުމަދު އަދި ފާތުމަތު ޝަރުމީލާ ކަމަށް ގައްދޫ ގައި ހުންނަ ޕީއޭ އޮފީހުން މައުލޫމާތު ދެއްވިއެވެ. މިޖަގަހަ ހުޅުވައިދެއްވީ ގައްދޫ ރަންފަސް އަނީސާ އަލިމަނިކު އެވެ. އޭގެފަހުގައި ގިނަފަރާތްތަކުން މިބައްދަލުވުމުގައިވަނީ މައުމޫނަށް ތާއީދުކޮށް ވާހަކަދައްކަވައިފައެވެ. ކޮންމެބޭފުޅެއްގެ ވާހަކާއިގައި ކުރިޔަށް އޮތް ފަސްއަހަރަށް އާއުސްމިންތަކަށް ރާއްޖެ ގެންދިޔުމަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް އިޚުތިޔާރު ކުރުމަށް ރައްޔަތުންނަށް ގޮވާލެއްވިއެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ފުރިހަމަ ސާބިތުކަންމަތީގައި. ބަޔަކުދައްކާ ވާހަކައަކުން އަޅުގަނޑުމެންގެ އަގީދާއެއް ބަދަލެއް ނުކުރެވޭނެ. މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އަންހެންބޭފުޅުން ހާމަކުރެއްވިއެވެ.
ރޭޓިންގ އެއް ދިނުމަށް



ސާބިތުކަން މައްތޭ އަހަނެ މިތޯ ބަދަލަކަޓެ
* މީބޫ އަހަނެ ކަލާ !!!!!!!!
30 އަހަރެ ދީފީމާ މީބޫ އަހަނެ ކަލާ !!!!!!!!
ގައްދޫ އަހުމަދު
ކޮމެންޓްސް ފުނުއްވާ