ފުރަތަމަ ސަފްހާ | ޚަބަރު | ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު މިއަދު ގައްދޫ އަށް ވަޑައިގެންފި

ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު މިއަދު ގައްދޫ އަށް ވަޑައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font
image މިދަތުރުފުޅުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު އަށް މަރުހަބާ ދެންނެވުމަށް ޑީއާރުޕީ އަށް ތާއީދުކުރާ ގިނައަދަދެއްގެ މީހުން ބައިވެރިވި

ފިނޭންސް މިނިސްޓަރ އަލްފާޞިލް އަބުދުﷲ ޖިހާދު ގައްދު އަށް ވަޑައިގެން ޑީއާރުޕީގެ ގައްދޫގެ އިސްފަރާތްތަކާއި ބައްދަލު ކުރެއްވިއެވެ. އަދިމިބައްދަލުވުމުން ނިމިވަޑައިގެން ޕީއޭގެ މެންބަރުންނާއި ޕީއޭގެ އޮފީހުގައި ބައްދަލު ކުރެއްވިއެވެ. ޑީއާރުޕީގެ ބައްދަލުވުން ތައާރަފު ކުރެއްވީ ގައްދޫ ފޫޅުމާގެ އަހުމަދު ސައީދުއެވެ. ތައާރަފުގައި އަހުމަދު ސައީދު ދެއްކެވި ވާހަކަފުޅުގައި ފިނޭންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ޖިހާދު ވަޑައިގެން ފިނޭންސް މިނިސްޓްރީއާއި ދިމާއަށް އިގިލި ދިއްކުރެވަމުންދާ ވަގުތެއްގައި، އެކަމުގެ ހަގީގަތް ރައްޔަތުންނަށް ހާމަކޮށްދެއްވުމަށް ޖިހާދުގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ. ޖިހާދުގެ ވާހަކަފުޅުގައި މިހާރު ފިނޭންސް މިނިސްޓްރީ އާއި އަދި ބެންކާއި ބެހޭގޮތުން ބަޔަކުމީހުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަކަތަކެއްނޫންކަން ހާމަކުރެއްވިއެވެ. އެއީ އެމީހުން ހަމަހަދާއިގެން ދައްކާވާހަކަތަކެއް. ރާއްޖޭގެ އިގުތިސާދު އަންނަނީ ރަނގަޅުވަމުން. އަޅުގަނޑަކީ ފިނޭންސް މިނިސްޓަރީގައި ފަނަރައަހަރު އުޅެފައިވާމީހަކަށް ވީހިދު އަޅުގަނޑަށްވުރެ ބޮޑަށް އެދާއިރާގައި އެއްޗެއްބުނަން އެގޭނެ ދެވަނަ މީހަކު ރާއްޖޭގައި މިވަގުތު ނުހުންނާނެއެވެ. ބެންކުތަކުގައި ފައިސާ އެބަހުރި. އެއީވެސް ރައްޔަތުންގެ ތެރޭގައި ނުތަނަވަސްކަން ފަތުރަންވެގެން ބަޔަކުމީހުން ފަތުރާ އަޑެއް. އިރާދަކުރެއވިއްޔާ ރާއްޖޭގެ އިގުތިސާދު ރަނގަޅު. އެކަމަކުވެސް މުޅިދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ. އެހެން އެކަން އޮތަސް އަދި އެކަމުގެ އަސަރު ރާއްޖެއަކަށް ނުކުރޭ. މިއީ މިއަދު އަޅުގަނޑު ދަންނަވާ ހަގީގަތެއް. ޖިހާދުވިދާޅުވިއެވެ. ޖިހާދު އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެތަކެއް ޕޮރްޖެކްޓް ހިގަމުންދާކަމަށެވެ. ދުވަހަކުވެސް ބިލަކަށް ފައިސާނުދައްކައިގެން އެކަމުގެ ޝަކުވާއެއް ލިބިފައިނުވާކަމަށެވެ. މިކަންތައްތައް އާއުސްމިންތަކަކަށް ގެންދިއުމަށްޓަކައި ތިބޭފުޅުން ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ތާއީދުކޮށް ވޯޓްދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަބުދުﷲ ޖިހާދު ގައްދޫ އިން ފުރާވަޑައިގަތީ ހަވީރު ހަގަޑި ފަނަރާގައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (4 ލިބިއްޖެ):

  01 November, 2008 10:35:15
avatar
އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވުން (ބިރުވެތިވުން) ޙައްޤުގޮތުގައި އެއިލާހަށް ތަޤްވާވެރިވާށެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުވެ ނުދާށެވެ."
ބަރާބަރު ސަކަރާތް
0
  29 October, 2008 10:18:24
avatar
ތިހުރިހާ ތޮފިތައް ހޫނުފެނުން ދޮވެފަ އަވަހައް ބޮޑުފޮއްޓައްލާ ތަޅުލާ !!!!!! ގައްދޫ ރަޢިއްޔަތުން އިއްތިހާދައް ކުރި ތާއީދައް ފައްފަށުން ޝުކުރިއްޔާ .............................................
ބަރާބަރު ސަކަރާތް
0
  28 October, 2008 01:21:11
avatar
ނައީމް އާއި މޯސީ ކަތީބް ކަމަށް ފައިނެގިޔަސް ތިއީ ބޮޑުވަރު. އަމިއްލަ އެދުމާއި ހެދު ގައުމުގެ ކުރިމަގު ތިވިއްކާލަނީ. ދިވެހިގައުމު ހަލާކުވެގެނ މިދަނީ ކިނބިގަސްދޮށުގޭ މައުމޫނާއި ހެދި، ދެން އަހަރުމެންނަށް އިތުރަކަށް މަޗަކަށް ނޭރޭނެ، އާއުސްމިނެއް ބޭނުމެއް ނޫން، ބޭޏުންވަނީ ބަދަލެއް
ބަރާބަރު ސަކަރާތް
0
  26 October, 2008 09:23:38
avatar
ވަތަން އެދެނީ މުހަންމަދު ނަޝީދު އަށް


ގައްދޫ އަހުމަދު
ބަރާބަރު ސަކަރާތް
0
ޖުމްލަ: 4 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 4

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
2.00