ގައްދޫ ގައި ގްރޫޕް މާރާމާރީ އެއް ހިނގައިފި
މިހާދިސާގައި ފަޔަށް އަނިޔާވުމުގެ ސަބަބުން އެކަކުވަނީ ގައްދޫ ސިއްހީމަރުކަޒުގައި އެޑްމިޓް ކުރެވިފައި
ރޭދަންވަރުގެ ވަގުތެއްގައި ގައްދޫގައި ނުރައްކާތެރި ގްރޫޕް މާރާމާރީ އެއް ހިނގައިފި އެވެ. މިހާދިސާ ގައި ޒަޚަމްވި މީހަކު ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރެވި، ފަރުވާ ދެމުންގެންދާ ކަމަށާއި، މާރާމާރީ ހިންގުމަށްޓަކައި ލަކުޑިބުރިއާއި އަދި މިނޫންވެސް އެފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި އަދި މިހާދިސާގައި ގެއެއްގެ ކުޑަދޮރުގެ ބިއްލޫރި ތަޅާލައިފައިވާ ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ.
މި މާރާމާރީ ފެށިފައިވަނީ ޑްރަގާއި ގުޅުންހުރި މައްސަލައެއްގެ ސަބަބުން ކަމަށް ނުރަސްމީގޮތެއްގައި ސައިޓަށް މައުލޫމާތު ލިބިފައި ވެއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ