ފުރަތަމަ ސަފްހާ | ޚަބަރު | ރިޔާސީ އިންތިޚާބަށްފަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ހަރަކާތްތެރިވާން ފަށައިފި.

ރިޔާސީ އިންތިޚާބަށްފަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ހަރަކާތްތެރިވާން ފަށައިފި.

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫ ހިމެނޭ ދާއިރާއަށް ކުރިމަތި ލައްވާނެކަން މިހާރުވެސް ގދ. ގެ މެމްބަރަކަށް ހުންނެވި ޒާހިރު އާދަމް ވަނީ އިއުލާންކުރައްވާފައި.

ރިޔާސީ އިންތިޚާބްގެ ފޯރިގަދަ ކެމްޕޭނަށް ފަހު ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލެއްވުމަށް ގަސްދު ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން މަސައްކަތް ފެށިގެން ކުރިޔަށް އެބަދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިގޮތުން ކުރިޔަށް އޮތް 5 އަހަރުގެ މުއްދަތަށް އިންތިޚާބްކުރާ ރައްޔިތުންގެ މަޖިލިހަށް ކުރިމަތި ލައްވާނެކަން މިހާރުވެސް ގދ. ގެ އެއް މެމްބަރެއްގެ ގޮތުގައި ހުންނެވި އަލްފާޟިލް ޒާހިރު އާދަމް ވަނީ އިއުލާން ކުރައްވާފައެވެ. އަދި ހަމަ އެއާއެކު ޑރ. ހަސަން ސައީދުގެ ފަރާތުން ގައްދޫ ރޯސްމާގެ އަބްދުﷲ އަމީން ވެސް ވަނީ ގައްދޫ ހިމެނޭ ޒޯނަށް ކުރިމަތި ލައްވަން ގަސްދު ކުރައްވާ ކަން ހާމަކޮށްފައެވެ. މިވަގުތު އޭނާ ގެންދަވަނީ އާންމުންނަށް ތައާރަފް ވެލުމުގެ ގޮތުން ގައްދޫގައި ހަރަކާތްތެރި ވަމުންނެވެ.

މިކެންޑިޑޭޓުންގެ އިތުރުން މަޖިލަށް ކުރިމަތި ލައްވާނެ ކަމަށް ވާހަކަ ދެކެވޭ ބައެއް ބޭފުޅުންނަކީ ގައްދޫ މާގަސްދޮށުގެ އަލްފާޟިލް މުހައްމަދު ޒާހިރާއި، ގައްދޫ ބަގީޗާގެ ރަޝީދާއި، ގައްދޫ ސީނިކް އިމްތިޔާޒް އާއި، ގައްދޫ ޖަހާ މުގުރިގޭ ރާޝިދު އަދި މުންނާރު ދޮށުގެ މުހައްމަދު ނިޒާމް އެވެ. އެހެންނަމަވެސް މިކެންޑިޑޭޓުން އިންތިޚާބްގައި ވާދަކުރައްވާނެ ކަމެއް އަދި މުޅިން ޔަގީންވެފައެއް ނުވެއެވެ.

ރިޔާސީ ފޯރިގަދަ އިންތިޚާބަށްފަހު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބްވެސް ވެގެންދާނީ  އެހާމެ  ވާދަވެރި އަދި ފޯރިގަދަ އިންތިޚާބެއް ކަމަށް ބެލެވެއެވެ. މިފަހަރުގެ އިންތިޚާބްގައި ވެސް ރައްޔިތުންގެ ވޯޓް ގަތުމަށް ބައެއް ކެންޑިޑޭޓުން މަސައްކަތް ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެންކަމުން މިކަމަށްޓަކައި މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ދުރާލާ ފެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

   

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  08 December, 2008 11:23:41
avatar
ރައްޔިތުންގެ މަޖްލީހަށް ހޮވާ މެމްބަރަކީ އޭނާގެ އަމިއްލަ ފައިސާއިން ތަރައްޤީއަށް ކަންތައްތަކެއްކުރުމަށް ހޮވާ މީހެއްނޫން ދޯ؟ އޭނަ ހޮވަނީ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަށް. އެހެންވީމާ މެމްބަރުކަމަށް މިފަދަ މީހަކު ހޮވުން މުހިންމު ކަންނޭގެ ދޯ!
ބަރާބަރު ސަކަރާތް
0
  07 December, 2008 11:22:19
avatar
އަޅުގަޑުމެން ޒުވާނުން ނަށް އިސްކަންދޭންވީ. ނަމަވެސް ވިސްނާލާންވީ ކަމަކީ، އެޒުވާނުންނަކީ، ގައްދޫގެ ރަތްޔިތުންނަށް އިޙުލާސްތެރި އަކަށް ވެވިދާނެތޯ. ލީޑު ކުރެވިދާނެތޯ؟ ގައްދޫގެ ހާލަތު އެގޭތޯ؟...
ބަރާބަރު ސަކަރާތް
0
  02 December, 2008 07:19:40
avatar
އަޅުގަނޑު ބުނެލަން ބޭނުންވަނީ ގައްދޫ ރައްޔިތުންނެވެ.ގައްދޫ ހިމެނޭ ޒޯނަށް ކުރިމަތިލާން ގަސްދު ކޮށް ރައްޔިތުންގެސަޕޯޓްހޯދަންމަސައްކަތް ކުރަމުންގެންދާމީހުންގެތެރެއިން ގައްދޫގެ ތަރައްޤިއަށް މާލީގޮތުން އެހީވެވިދާނެ ފަދަތަނަވަސްކަންހުރީ ކޮންކެންޑިޑޭޓެއްގެކިބާގަތޯ ވެސް ވޯޓްދޭއިރުބަލާލަންޖެހޭނެ.
ބަރާބަރު ސަކަރާތް
0
  27 November, 2008 10:16:54
avatar
އަޅުގަނޑު ބުނެލަން ބޭނުންވަނީ ގައްދޫ ރައްޔިތުންނެވެ. ހޭއަރައިތިބެ ވިސްނައިގެން އެންމެ ޤާބިލް މީހަކު ހޯދާށެވެ. މީގެކުރިންވެސް އެތަކެއް ވައުދުތަކެއްވެފަ މަޖިލީހުން ލިބުނު ލާރި ކައިކެން އެތައްބަޔަކު ގޮސްފިއެވެ. ދެން ގައްދޫ ރައްޔިތުން އެދަޅަތަކަށް ނުހެއްލޭށެވެ. ކޯލާދަޅަކަށާއި ކަޅުސައިތައްޓަކަށް ނުހެއްލޭށެވެ. އެޒަމާން މިހާރު ފާއިތުވެ ގޮސްފިއެވެ. ގައްދޫ ޒާހިރުވަނީ ގައްދޫގެ ލޮބުވެތި ރައްޔިތުން މިހާ ދަށުދަރަޖައަކަށް ވައްޓާލައިފައެވެ. ދެން މިކަހަލަ ކޯލާދަޅަކަށް ނުހެއްލި ތިމާމެންގެ ކުރިމަގު އުޖާލާކުރާނެ އަދި ގައްދޫ ރައްޔިތުންގެ އިހުސާސްތައް ދެނެގަންނަ ގައްދޫ ޒުވާން ބޭފުޅަކު ހޯއްދަވާށެވެ.
ބަރާބަރު ސަކަރާތް
0
  24 November, 2008 01:51:47
avatar
ތީހުސް މަޖިލިސްގެ މެމްބަރު ކަމަށް ކުރިމަތިލާން އުޅޭ މީހުން؟؟... ދުވަސްކޮޅަކުން ރާއްޖޭގެ ރައީސް ކަމަށް ވެސް މިމީހުން ކުރިމަތިލާނެ ކަންނޭގެ....ހީހީ ހަލާކު.......
ބަރާބަރު ސަކަރާތް
0
  23 November, 2008 10:01:42
avatar
މަޖިލީހައް ކުރިމަތިލައްވާ ބޭފޫޅުންނައް ދަންނަވަން ބޭނުންވަނީ ގޮޑިހާސިލް ކުރެވުނީމަ އެހިސާބުން އެނިމުނީ އެއް ނޫނޭ، ރައްޔިތުންގެ ހައްގުގަ ވާކާލާތު ކުރައްވަން ޖެހޭނެޔޭ ، އެމީހުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރައްވަން ޖެހޭނެޔޭ، އަދި އެމީހަކު ވާންޖެހޭނެޔޭ މަޖްލީހުގެ ޖަލްސާތަކައް ހާޒިރު ވެވޭ ފަދަ މީހަކައް،ތައްލީމީ ފެންވަރާ ދޭތެރޭ ވެސް ވިސްނާލަން ޖެހޭނެ. ރައްޔިތުން ވޯޓް ދޭއިރު މިފަދަ ކަންތައްތައް ވިސްނާލުން މުހިންމު އަދި ފާއިތުވެގޮސްފައިވާ ތަނުން އިބުރަތް ހާސިލް ކުރުންވެސް
މުހިއްމު. ކުރިއައް އޮތްތަނުގައި ގައްދޫ އައް ބޮޑެތި ތަރައްގީ ތައް އައިސް ގައްދޫ އަކީ މިސަރަހައްދުގެ އެންމެފެންވަރު ރަގަޅު އެއްރަށައް ހުރިހާކަމަކުން ވާނޭކަމައް އުއްމީދުކުރަން. އަދި މި ބޭބޭފޫޅުންނައް ގައްދޫ ތަރައްގީގެ މަގުގައި އާއުސްމިންތަކަކައް ގެންދިޔުމައް ގޮވާލަން / ފަޒްނާ
ބަރާބަރު ސަކަރާތް
0
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
0