ފުރަތަމަ ސަފްހާ | ޚަބަރު | ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބަޔަކު ހައްޔަރުކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font

މިހާދިސާގައި ސިވިލް ސަރވެންޓުންގެ ތިންމީހަކު ހައްޔަރުކޮށްފައިވޭ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ސިވިލް ސަރވެންޓުންގެ ތިންމީހަކު ރޭ ދަންވަރު 01 ޖަހާކަންހާއިރު  ފުލުހުން ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރު ކުރިމީހުންގެ ތެރޭގައި ގައްދޫ އޮފީހުގައި މަސައްކަތް ކުރާ 2 މުވައްޒަފަކާއި ގައްދޫ އަތޮޅުމަދަރުސާގެ މުވައްޒަފަކު ހިމެނެއެވެ.

މިމައްސަލަ ފެށިފައިވަނީ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި އިންމީހަކު ނުރުހުން ދައްކައި ތަނަށް ގެއްލުން ދިނުމަށްފަހު ގަދަކަމުން ޕޮލިސް ސްޓޭޝަނުން ނުކުމެގެން ދިޔުމުން ފަހަތުން ގޮސް ފުލުހުން އޭނާ ހައްޔަރު ކުރުމުން އޭނާގެ އާއިލާގެ މީހުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުން ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި ކަމަށްވެއެވެ. މިހާދިސާގައި މިމީހުން ވަނީ ފުލުހުންނާއި ދިމާލަށް ވަރަށް ހަޑިހުތުރު ކޮށް މުއާމަލާތް ކޮށްފައި ކަމަށްވެސް ޚަބަރު ލިބިފައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިމީހާ އެތަނުން ނުކުމެގެންގޮސް އޭނާގެ އާއިލާގެ މީހުންގެ އެހީތެރިކަމާއިއެކު ފުލުހުންގެ ކިބައިން ސަލާމަތްވެފައިވީނަމަވެސް ރޭފަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ އަލުން ގެންގޮސްފައިވާ ކަމަށް މައުލޫމާތުލިބިފައި ވެއެވެ.  

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0