ފުރަތަމަ ސަފްހާ | ޚަބަރު | މިހާތަނަށް ގައްދޫގައި ބޭއްވުނު އެންމެ ފުރިހަމަ ޚިތާނުކުރުމުގެ ހަފްލާނިމިއްޖެ

މިހާތަނަށް ގައްދޫގައި ބޭއްވުނު އެންމެ ފުރިހަމަ ޚިތާނުކުރުމުގެ ހަފްލާނިމިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ޚިތާނުކުރުމުގެ ހަފްލާގެތެރެއިން

މިހަފްލާއަކީ ގައްދޫ ޒަމާނީވިލާ އަލީމުރުތަޟާގެ އިސްނެންގެވުމުގެ މަތީން ގައްދޫގައި ބޭއްވުނު ހަފްލާއެއް.

ގައްދޫގައި ވަރަށްކުލަގަދަކޮށް ޚިތާނުކުރުމުގެ ހަފްލާއެއްބާއްވައިފިއެވެ. މިހަފްލާއަކީ މިހާތަނަށް ރަށުފެންވަރުގައި ބޭއްވުނު އެންމެބޮޑު އަދި އެންމެ ފުރިހަމަ ހަފްލާއެވެ.

ގައްދޫ ޒަމާނީވިލާ އަލީމުރުތަޟާގެ ވީޑިއޯ ސްޓޫޑިއޯއިން ބޭއްވި މިޚިތާނުކުރުމުގެ ހަފްލާއަށް މާލޭގެ މަޝްހޫރު ބޭންޑެއްގެ އިތުރުން ވަރަށްގިނަ މަޝްހޫރު ފިލްމީ ފަންނާނުންބައިވެރިވިއެވެ. މިފަންނާނުންގެ ތެރޭގައި ފިލްމު "ހިތިއަނިޔާ"ގެ ހުރިހާކާސްޓުން ހިމެނެއެވެ. މިހަފްލާގައި މިފަންނާނުންގެ ލަވަޔާއި ޑާންސްގެ އިތުރުން މިއުޒިކްބޭންޑުގެ ލައިވް މިއުޒިކް ކުޅެފައިވެއެވެ.

ފަސްރޭވަންދެންކުރިޔަށްދިޔަ މިޝޯބެލުމަށްޓަކައި ގައްދޫގެ ވަރަށް ގިނަ ރައްޔިތުން ހާޒިރުވިއެވެ. މިއުޒިކްބޭންޑުގެ 14 މެންބަރުންނާއި ފިލްމު ހިތިއަނިޔާގެ 10 ކުރޫންނާއެކު ޖުމްލަ 24 ފަންނާނުން މިފަހަރު ގައްދޫގައި މިބޭއްވުނު ޚިތާނުކުރުމުގެ ހަފްލާގައި ބައިވެރިވެފައިވެއެވެ.

ޚަބަރުލިބިފައިވާގޮތުގައި މިއުޒިކުބޭންޑު ފުރިކަމުގައިވިޔަސް ފިލްމު ހިތިއަނިޔާގެ ހުރިހާ ޝޫޓިންގނެއް ނިމުމުންނޫނީ ފިލްމު ކުރޫން ގައްދޫ އަކުން ނުދާނެއެވެ. ގައްދޫގެ ބައެއްފަންނާނުންބައިވެރިވާ މިފިލްމު އެއްކޮށް ނިންމާލަންހަމަޖެހިފައިވަނީ ގައްދޫގައިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
މިލިޔުމަށް ޓެގެއް ނެތް
ރޭޓިންގ އެއް ދިނުމަށް
0