ފުރަތަމަ ސަފްހާ | ޚަބަރު | އީދުކުޅިވަރަށް ގައްދޫވަނީ ވަރަށްބޮޑަށް ތައްޔާރުވެފައި

އީދުކުޅިވަރަށް ގައްދޫވަނީ ވަރަށްބޮޑަށް ތައްޔާރުވެފައި

ފޮންޓް ސައިޒް: Decrease font Enlarge font
image ކުރީގެ ފޮތޯއެއް

މިއީދުކުޅިވަރުގެތެރެއިން ފަލިރޭސް އަދި ބޮއްކުރާރޭސް ބާއްވަނީ ގައްދޫ އަސަރީކުލަބުގެ ފަރާތުންނެވެ

އީދުކުޅިވަރު ގައްދޫގެ ފަސްގަޑުން މިފަހަކަށް އައިސް ނުފެންނަ ކުޅިވަރުތައް މިފަހަރު ގައްދޫއިން ފެނިގެންދާނެ ކަމަށް އީދުކުޅިވަރު އިންތިޒާމްކުރާ ބައެއްފަރާތްތަކުންހާމަކުރައްވައިފިއެވެ. މިފަހަރު މިބާއްވާ ކުޅިވަރުތަކުގެ ތެރޭގައި ޚާއްސަގޮތެއްގައި ފާހަގަކުރެވެނީ މީގެ ޒަމާންތަކެއްގެ ކުރީން ދިވެހީންމެދުގައި މަޝްހޫރު ކުޅިވަރެއްކަމުގައިވާ ފަލިރޭސް އަދި ބޮއްކުރާރޭސް ގައްދޫއިން ފެނިގެން ދިއުމެވެ. މިއީ ދިވެހިންގެ މެދުގައި ވަރަށް ފޯރިއާއި ޖޯޝް އެކުލެވިގެން ލޭކައްކުވައިދޭ ވަރަށް ހުނަރުވެރި ފައްނީ ކުޅިވަރެކެވެ. މިގޮތުން މިފަހަރު ގައްދޫ އަސަރީ ކުލަބުގެފަރާތުން ރިޔަލު ބޮއްކުރާ ދުއްވުމާއި ފަލިރޭސް މިބާއްވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން ދެފަރާތަށްވެސް އިނާމުލިބޭގޮތަށެވެ. މިއިން ކޮންމެބަޔަކުން އެއްވަނައަށް އަންނަޓީމަކަށް 7500 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ. ބޮއްކުރާ ދުއްވުމުގެ ރޭހުން އެއްވަނައަށްއަންނަ ޓީމަކަށް 15000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައިވެއެވެ. މިދެންނެވިދެކުޅިވަރުގެ އިތުރުން ފުޓްބޯލް މުބާރާތެއްވެސް މިއީދުގައި ކުރިޔަށް ދާނެކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދިމަގުމަތީގެ ތަފާތު އެތަކެއްކުޅިވަރު ރޭވިފައިވާކަމަށާއި މިއީދުކުޅިވަރުގައި މާލޭގެ މަޝްހޫރު ފިލްމީތަރީންވެސް ބައިވެރިވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0