އަސަރީކުލަބުން އިންތިޒާމްކުރި ފަލިރޭހުގެ ފިރިހެނުންގެ އީވެންޓް ނިމިއްޖެ
މިއީވެންޓް ބައްލަވާލެއްވުމަށް ގައްދޫގެ ކުދިބޮޑު ވަރަށްގިނަބަޔަކު ޖެޓީސަރަހައްދަށް ހާޟިރުވި
ގައްދޫ އަސަރީކުލަބުން އިނތިޒާމްކުރި އީދުކުޅިވަރުގެ ތެރެއިން ފަލިރޭސް ފިރިހެނުންގެ އީވެންޓް މިއަދު 10:30 ގައި ނިމިއްޖެއެވެ. ފިރިހެނުންގެ އީވެންޓުގައި ވާދަކުރީ ފަސްޓީމެވެ. އެފަސްޓީމަކީ "ކެތެރީނާ 1 ކެތެރީނާ 2، ގަސްކަޑާ، ފަލިގުންބާ، ވެލާވަޑާ މިފަސްޓީމެވެ. މިއަދު މިބޭއްވި ފަލިރޭހުގައި ވާދަކުރި ފަސްޓީމުގެތެރއިން ފަސް ސިކުންތުގެ ތަފާތަކުން މޮޅުވީ ކެތެރީނާ 1 މިޓީމެވެ. ކެތެރީނާއަށް ރޭސް ނިންމާލެވުނީ އެއްމިނުޓް ފަންސާސް ދެސިކުންތުންނެވެ. ކެތެރީނާ އާއި އެންމެވާދަކުރި ގަސްކަޑާއަށް ރޭސް ނިންމާލެވުނީ އެއްމިނުޓް ފަންސާސް ހަތްސިކުންތުގައެވެ. ތިންވަނައަށް ދިޔައީ ކެތެރީނާ ތިނެއް،އަދި ހަތަރުވަނައަށް ފަލިގުންބާ،ފަސްވަނައަށް ވެލާވަޑާ. މިމުބާރާތުން އެއްވަނައަށްދިޔަ ކެތެރީނާއަށް 15000 ރިފިޔާ ލިބޭނެކަމަށާއި ދެވަނަޓީމަކަށް 1000 ރުފިޔާ ލިބޭނެކަމަށް މިމުބާރާތް އިނތިޒާމްކުރި އަސަރީކުލަބުން ވަނީ އިއުލާން ކޮށްފައެވެ. ގައްދޫގެ ގިނަބަޔަކު ކުޅިބަލަން ބަނދަރުސަރަހައްދަށް ހާޒިރުވިއެވެ. މިމުބާރާތަށް ގައްދޫ ޕޮލިސް ސްޓޭޝަނުން ވެދެއްވި އެހީތެރިކަމަށް އަސަރީކުލަބުގެ ފަރާތުން ޝުކުރުދެންނެވިއެވެ. ދުވާލުގެ ގަދަ އަވީގައި ގައްދޫގެ ގިނައަދަދެއްގެ ބަޔަކު ހާޟިރުވެ އެދެއްވިހޫނު ތަރުހީބަށްޓަކައި އެފަރާތްތަކަށްވެސް އަސަރީކުލަބުގެ ފަރާތުން ޝުކުރުދެންނެވިއެވެ. ގައްދޫ ކަތީބު އިސްމާއީލް ޝަމީމު ޝަރަފުވެރިކޮށްދެއްވި މިމުބާރާތުގެ މިއަދުގެ އީވެންޓް ނިމުނީ 10:30 ގައެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ